23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

ސޯނަމް ކައިވެނި ކުރަނީ އިންޑިއާގައި

  • ސޯނަމް ކައިވެނި ކުރާނީ މުމްބާއީގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 16 އޭޕުރިލް 2018 | ހޯމަ 10:49 | |



ސޯނަމް އާއި އޭނާގެ ލޯބިވެރިޔާ އާނަންދު -- ޓްވިޓަރ

ބޮލީވުޑްގެ ތަރިންގެ ތެރެއިން ސޯނަމް ކަޕޫރާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ އާނަންދު އަހޫޖާ ކައިވެނި ކުރަން އުޅޭ ވާހަކަތައް ގަދަވެފައިވަނިކޮށް އެ ދެ މީހުން ކައިވެނިކުރާތަން ވެސް ކަށަވަރުވެއްޖެއެވެ.

މީގެ ކުރިން ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ސޯނަމް އާއި އާނަންދު ކައިވެނި ކުރާނީ ސްވިޒަލޭންޑުގެ ޖެނީވާގައެވެ. އެހެންނަމަވެސް ފިލްމު ފެއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސޯނަމް އާއި އާނަންދު ކައިވެނިކުރާނީ ޖެނީވާގައި ނޫން ކަމަށާއި އެ ދެ މީހުން ކައިވެނިކުރާނީ އިންޑިއާގެ މުމްބާއީގައި ކަމަށެވެ. އެނޫހުން ވަނީ އެކަން ކަށަވަރު ކޮށްފައެވެ.

ފިލްމު ފެއާގައި ވަނީ ސޯނަމްގެ އާއިލާ މީހަކާ ހަވާލާދީ އޭނާގެ ކައިވެނީގެ ދުވަސް ވެސް ރިޕޯޓްކޮށްފައެވެ. އެނޫހުން ސޯނަމްގެ އާއިލާގެ މީހަކާ ހަވާލާދީ ބުނެފައި ވަނީ ސޯނަމް އާއި އާނަންދު ކައިވެނި ކުރާނީ މުމްބާއީގައި އަންނަ މަހުގެ 6 އަދި 7 ގައި ކައިވެނީގެ ހަފްލާތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. މުމްބާއިގައި ކައިވެނީގެ ހަފްލާތައް ބޭއްވުމަށް ފަހު އާނަންދުގެ އުފަން ސްޓޭޓް ކަމަށްވާ ދިއްލީގައި ވެސް ކައިވެނީގެ އުފަލުގައި ހަފްލާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވަނީ އެނޫހުން ރިޕޯޓްކޮށްފައެވެ. އަނަންދު އަހޫޖާއަކީ ދިއްލީއަށް ނިސްބަތްވާ ވިޔަފާރިވެރިއެކެވެ.

މީގެ އިތުރުން ސޯނަމް ދަނީ އޭނާ މިހާރު ޝޫޓް ކުރަމުންދާ ފިލްމު ވީރޭ ދި ވެޑިންގެ ޝޫޓިންއާއިގެން ކުރިއަށް ދަމުން ކަމަށާއި ޝޫޓިން ނިންމާލެވޭނީ އަންނަ މަހުގެ 3 ގައި ކަމަށެވެ. އެހެން ކަމަށް ވާ ނަމަ ސޯނަމަށް ކައިވެންޏަށް ތައްޔާރުވާން ލިބޭނީ އެންމެ ތިންދުވަހެވެ.

އެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ސޯނަމްގެ ބައްޕަ އަނިލް ކަޕޫރު އަވަދި ނެތި އުޅެމުންދާ ކަމަށް ވެސް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް