23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

ޖެނިފާ ލޮޕޭޒްގެ މޭކަޕް ލައިން މިމަހުގެ ފަހުކޮޅު

  • މޭކަޕް ލައިން ނެރެން ހަމަޖެހިފައި ވަނީ މިމަހުގެ 26 ގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 16 އޭޕުރިލް 2018 | ހޯމަ 10:35 | |ޖެނިފާ ލޮޕޭޒް -- ގެޓީ އިމޭޖާސް

މަޝްހޫރު ފަންނާނުން ބޭނުންކޮށްގެން އިސްތިހާރުކުރާ ޕްރޮޑަކްޓްތައް ވެސް މަޝްހޫރެވެ. އަދި މަޝްހޫރު ފަންނާނުން އަމިއްލައަށް ކުންފުނި ހަދައިގެން އުފައްދާ އެއްޗިއްސަށް ތަރުހީބު ލިބެއެވެ.

އެގޮތުން ލަވަކިޔުންތެރިޔާ ރިހާނާގެ ބިއުޓީ ޕްރޮޑަކްޓެއް ކަމަށްވާ ފެންޓީ ބިއުޓީ އާއި ވިކްޓޯރިއާ ބެކަމްގެ ކޮލަބަރޭޝަންއަކީ ފާހަގަ ކޮށްލެވޭ ބްރޭންޑްތަކެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ވަނީ ދާދި  ފަހުން އޭނާގެ އަމިއްލަ މޭކަޕް ބްރޭންޑެއް މިމަހުގެ ފަހުކޮޅު އާންމު ކުރާނެ ކަމަށް ބުނެފައެވެ. ޖޭލޯގެ އިންސްޓަގްރާމުގައި އެކަން ހާމަކޮށް ބުނެފައި ވަނީ އޭނާގެ މޭކަޕް ބްރޭންޑް "ޖެނިފާ ލޮޕޭޒް އިންގްލޮޓް" މިމަހުގެ 26 އިން ފެށިގެން ރަސްމީކޮށް ލޯންޗުކުރަން ނިންމާފައި ވާކަމަށެވެ.

އަބަދުވެސް "ޔުނީކް ލުކެއް" ހުންނަ ޖެނިފާ އޭނާގެ މޭކަޕްލައިން މި ނެރެނީ ޕޮލަންޑްގެ ކޮސްމެޓިކް ކުންފުނި އިންގްލޮޓާ ގުޅިގެންނެވެ. މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މޭކަޕްތަކަށް ޕްރީ އޯޑާ ކުރެވޭނެއެވެ. ވުމަންސް ވެއަރ ޑެއިލީ އަށް ޖޭލޯ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ ނަމުގައި މޭކަޕް ބްރޭންޑެއް އުފެއްދުން އެއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ވެފައި ހުރި ކަމެއް ކަމަށެވެ. އަދި އޭނާގެ މޭކަޕްލައިނަކީ ގުދުރަތީ ގޮތް ދައްކުވައިދޭ ގޮތަށް ތައްޔާރު ކޮށްފައިވާ މޭކަޕްތަކެއް ކަމަށެވެ. ބޭނުންކުރަނީ ކޮންކަހަލަ ޕްރޮޑަކްޓެއްތޯ އަބަދުވެސް މީހުން އަހާ ކަމަށާއި އޭނާގެ ނަމުގައި ނެރޭ މޭކަޕުން އޭގެ ޖަވާބު ލިބޭނެ ކަމަށް ޖޭލޯ ވަނީ ބުނެފައެވެ.

ޖޭލޯގެ މޭކަޕްލައިނެއް ފުރަތަމަ ފަހަރަށް ނެރޭއިރު ޚަބަރުތައް ބުނާ ގޮތުގައި "ޖެނިފާ ލޮޕޭޒް އިންގްލޮޓް" ގެ މޭކަޕްގެ އަގުތައް އުޅޭނީ 8 ޑޮލަރާއި 49 ޑޮލަރާ ދެމެދުގައެވެ.

 ޖޭލޯ ނެރޭ މޭކަޕްގެ ވައްތަރުތަކުގެ ތެރޭގައި ޕައުޑާ، ބްލަސް، ލިޕްސްޓިކް، ބްރޯންޒާ އަދި އައި ޝެޑޯޒް ފަދަ އުފެއްދުންތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް