23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

އެންސީއޭއިން މާލޭގައި މިއުޒިކް ފެސްޓިވަލެއް ބާއްވަނީ

  • މިއުޒިކް ޝޯ ބާއްވަނީ އަންނަ މެއިމަހުގެ 11 އިން 12 އަށް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 16 އޭޕުރިލް 2018 | ހޯމަ 09:50 | |



މާލޭގައި ބޭއްވި މިއުޒިކް ޝޯއެއްގެ ތެރެއިން. ފައިލް -- ރާއްޖެއެމްވީ

އަންނަ މެއި މަހުގެ 11 އިން 12 އަށް ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އިން މިއުޒިކް ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކައިލުމުގެ ގޮތުން އެންސީއޭ އިން ބާއްވާ މިއުޒިކް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މިއުޒިކް ފެސްޓިވަލްގައި ބައިވެރިވުމަށް ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ބޭންޑްތަކާއި ސޯލޯ އާޓިސްޓުންނާއި މިއުޒިކް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންނާނުން ފޯމު ހުށަޅަން އެންސީއޭ އިން ވަނީ އެދިފައެވެ. އެ ފޯމު އެންސީއޭގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

އެންސީއޭ އިން ބުނި ގޮތުގައި އަންނަ މަހު ބާއްވާ ފެސްޓިވަލްގައި ދިވެހި އާޓިސްޓުންގެ ހުނަރު އެއް ތަނަކުން ދައްކާލެވި، އާޓިސްޓުންގެ މެދުގައި ގުޅުން ވެސް ބަދަހި ކުރެވޭނެއެވެ.

އެންސީއޭއަކީ ދިވެހި ފަންނުވެރިންގެ މަސައްކަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އެޑަމް

7 ދުވަަސް ކުރިން

އެކަމް އަދުރޭމެން ބުނާނެ ދުފާ އެއްޗެއްސޭ

0
0