19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

ޖޭމްސް ކޯމޭ

އަޚުލާގީ ގޮތުން ބަލާއިރު ރައީސްކަމަށް ޓްރަމްޕް ކުފޫ ހަމައެއް ނޫން: ކޯމޭ

  • ޓްރަމްޕްވަނީ ކޯމޭއަކީ އެތައް ދޮގެއް ހައްދާވާފައިވާ ބޭފުޅެއް ކަމަށް ތުހުމަތުކުރައްވާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 16 އޭޕުރިލް 2018 | ހޯމަ 09:36 | |

މަގުބޫލް

  1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
  3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
  4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
  5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
  7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
  8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


އެފްބީއައިގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކޯމޭ(ކ) އަދި ރައީސް -- ރޮއިޓަރސް

އަޚުލާގީ ގޮތުން ބަލާއިރު ޑޮނަލްޑް ޓްރަމްޕް ރައީސަކަމަށް ކުފޫ ހަމަނުވާ ކަމަށާއި އަންހެނުންނާ މެދު އަމަލުކުރަނީ "މަސްފޮއްޗަކާ ދޭތެރޭ އަމަލުކުރާހެން" ކަމަށް އެފްބީއައިގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކޯމޭ ވިދާޅުވެއްޖެއެވެ.

މިއީ އެފްބީއައިގެ ޑިރެކްޓަރުގެ މަގާމުން ކޯމޭ ވަކިކުރެއްވި ފަހުން މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަރވިއުއެވެ.

އޭބީސީއަށް ދެއްވި އިންޓަރވިއުގައި ކޯމޭ ވިދާޅުވީ ޓްރަމްޕްއަކީ "ތެދު އެއީ އެބޭފުޅަކަށް އަގެއް ހުރި އެއްޗެއް ކަމަށް ނުވާ ބޭފުޅެއް" ކަމަށެވެ.

އިންޓަވިއު ދެއްކުމުގެ ކުރިން ރައީސް ޓްރަމްޕް ވަނީ ބަހުގެ ހަމަލާ ދެއްވައި ކޯމޭއަކީ އެތައް ދޮގެއް ހައްދާވާފައިވާ ބޭފުޅެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ އެމަނިކުފާނު ސިއްހީގޮތުން ފިޓް ނޫންހެނެއް. އަޅުގަނޑަށް ހީވަނީ އެމަނިކުފާނަކީ އަޚުލާގީ ގޮތުން ރައީސް ކަމަށް ފިޓް ނޫން ބޭފުޅެއް ކަމަށް" އޭބީސީއިން އާދީއްދަ ދުވަހުގެ ރޭ ގެނެސް ދިން ޕްރޮގްރާމްގައި ކޯމޭ ވިދާޅުވިއެވެ.

އެމެރިކާ ސަރުކާރުން ބުނެފައި ވަނީ ކޯމޭ މަގާމުން ވަކިކުރެއްވީ އެންމެ ފަހުން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި، ރައީސް ޓްރަމްޕާ ވާދަކުރެއްވި ހިލަރީ ކްލިންޓަންގެ އީމެއިލް މައްސަލައިގެ ތަހްގީގު ގެންދެވި ގޮތުން ކަމަށެވެ. އެހެން ނަމަވެސް ޑިމޮކްރޭޓުން ބުނަމުން ދަނީ ޖޭމްސް ކޯމޭ މަގާމުން ވަކިކުރެއްވީ އެފްބީއައި އިން ތަހްގީގު ކުރަމުންދާ، ރައީސް ޓްރަމްޕާއި ރަޝިއާގެ ގުޅުމުގެ ތުހުމަތުގެ މައްސަލައިގައި ކަމަށެވެ.

ކޯމޭ މަގާމުން ވަކިކުރެއްވިކަން އެންގެވި ސިޓީފުޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، ކޯމޭއަށް، އެކަށީގެންވާ ގޮތެއްގައި މުައައްސަސާ ހިންގެވުމަށް ނުކުޅެދިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް