10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
އިޝާ 19:14
މަޣްރިބް 17:57
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:43

ޢަރަބި ސަމިޓް

ޢަރަބި ސަމިޓް: ޤަތަރުގެ މައްސަލައާއި ސޫރިޔާއަށް ދިން ހަމަލާތަކުގެ ވާހަކަ ނުދައްކާ

  • ޤަތަރުގެ މައްސަލައަކީ މަޝްވަރާކުރަން ޖެހޭ ވަރުގެ ބޮޑު މައްސަލައެއް ނޫން، ސޫރިޔާއަށް ދިން ހަމަލާތަކުގެ މައްސަލަ އެޖެންޑާ ކޮށްފައެއް ނެތް
މިއުވާން މުހައްމަދު | Miuvaan

| 16 އޭޕުރިލް 2018 | ހޯމަ 09:10 | |

މަގުބޫލް

  1. ޕްރައިމަރީއާ ގުޅިގެން ހުށަހެޅި މެމްބަރޝިޕް ފޯމުތަކުގެ އަދަދު 30،000 އަށް އަރާ: އެމްޑީޕީ
  2. ޕެލިކަން ބޯޓް އަޑިއަށްގޮސް، ހަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެއްޖެ: ބޯޓްގެ ވެރިފަރާތް
  3. ޔާމީންގެ ތުހުމަތަށް ބީއެމްއެލްގެ ރައްދު: މުއާމަލާތް ހިންގީ ގާނޫނުތަކާ އެއްގޮތަށްކަން ޔަގީން
  4. ބޭކާރު ހަރަދު ބޭރަށް ދޫކޮށްނުލާ، ޖަޒީރާ ޗުއްޓީއެއް ހަދަމާ!
  5. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  6. ސާފު ތަނެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް އެއްމެ މުހިއްމު ކަމަކީ ފަރުދީ ޒިންމާ އަދާކުރުން: ރައީސް މައުމޫނު
  7. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު
  8. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ


ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ޢަރަބި ލީޑަރުން -- އަނަދޮލޫ

ގިނަ ދުވަސްތަކަކަށްފަހު ޢަރަބި ޤައުމުތަކުގެ ލީޑަރުން ބައްދަލުވެ، ސަޢޫދީ ޢަރަބިއްޔާގައި ބޭއްވި ޢަރަބި ސަމިޓްގައި ޤަތަރުގެ މައްސަލައާއި ބެހޭ ގޮތުންނާއި، ހަފްތާ ބަންދުގައި ސޫރިޔާއަށް ހުޅަނގުގެ ޤައުމުތަކުން ދިން ޙަމަލާތަކާއި ބެހޭ ގޮތުން ވާހަކަ ނުދައްކާ ނިންމާލައިފިއެވެ. 

ސަމިޓް އިންތިޒާމްކުރާ ފަރާތްތަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ ސޫރިޔާގައި ހިނގަމުންދާ ދާޚިލީ މައްސަލަތަކުގެ ވާހަކަ ސަމިޓްގައި ދެއްކުމަށް ކުރިންވެސް ނިންމާފައިވާކަމަށާއި، އެހެން ނަމަވެސް ހަމަލާތަކުގެ ވާހަކަ އެޖެންޑާކޮށްފައި ނުވާކަމަށެވެ. ސަޢުދީގެ ޚާރިޖީ ވަޒީރު ޢާދިލް އަލްޖުބައިރު ވިދާޅުވީ ސޫރިޔާގައި ދެމުންދާ ކެމިކަލް ހަމަލާތައް ކުށްވެރިކޮށް، އެހަމަލާތަކުގެ މައްސަލައި ބައިނަލްއަޤްވާމީ ފެންވަރެއްގައި ބެލުމަށް ޢަރަބި ވެރިން ގޮވާލެއްވިކަމަށެވެ. 

ހަފްތާ ބަންދުގައި ހުޅަނގުގެ ޤައުމުތަކުން ދިން ހަމަލާތަކާއި ގުޅިގެން ސަޢޫދީއާއި ޤަތަރާއި ބަޙްރައިން އިން ވަނީ ހުޅަނގުގެ ޤައުމުތަކުގެ ހަމަލާތަކަށް ތާޢީދުކޮށް ބަޔާންތައް ނެރެފައެވެ. އެހެން ނަމަވެސް މިސްރާއި އިރާޤާއި ލުބާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ދާޚިލީ ހަނގުރާމައިގެ ސަބަބުން 2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދު ހުންނަވަނީ ޢަރަބި ސަމިޓުން އެކަހެރިކޮށްފައެވެ. އެހެންކަމުން މިފަހަރުގެ ސަމިޓުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. 

މިފަހަރުގެ ސަމިޓަކީ މިދިޔަ އަހަރުގެ މެދުތެރޭގައި ގަލްފުގެ ޤައުމުތަކުން ޤަތަރާއިއެކު ގުޅުންތައް ކަނޑާލިފަހުން ބާއްވާ ފުރަތަމަ ސަމިޓެވެ. ސަމިޓުގައި ޤަތަރުގެ ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ޤަތަރުގެ މައްސަލައިގައި މަޝްވަރާކޮށްފައެއް ނުވެއެވެ. އެކަމާއި ބެހޭ ގޮތުން ސަޢޫދީގެ ޚާރިޖީ ވަޒީރު ޖުބައިރު ވިދާޅުވީ ޤަތަރުގެ މައްސަލަ އެޖެންޑާގައި ނުހިމެނީ އެއީ ބޮޑު މައްސަލައަކަށް ނުވާތީ ކަމަށާއި، އެއީ ވަރަށް ކުޑަކުޑަ މައްސަލައެއްކަމަށެވެ. 

ޢަރަބި ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ވާހަކަތައް މިފަހަރު އެޖެންޑާކޮށްފައި ނުވާތީ ޢަރަބި ސަމިޓަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ޢަރަބި ލީޑަރުންގެ މެދުގައި ޚިޔާލު ތަފާތުުވުންތައް އުފެދި، އެންމެފަހުން ޤައުމުތަކުން އެއްބަސްވާ ކަންތައް އެކަނި އެޖެންޑާއި ހިމަނާއި، ޚިޔާލުތަފާތުވާ ހުރިހާ ކަމެއް އެޖެންޑާއިން ނަގާ ހިސާބަށް ކަންތައް ގޯސްވެފައިވާކަން މުހައްލިލުން ފާހަގަކުރެއެވެ.

ޤަތަރާއި ސޫރިޔާގެ މައްސަލައިގައި ޢަރަބި ސަމިޓުގައި މަޝްވަރާ ނުކުރިނަމަވެސް، ފަލަސްތީން - އިސްރާއީލް މައްސަލައިގައި މަޝްވަރާތައް ކޮށްފައިވެއެވެ. ޚާއްސަކޮށް ނިމިދިޔަ އަހަރުގެ ފަހުކޮޅު، ޤުދުސްއަކީ ޔަހޫދީ ދައުލަތް އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުން އެއީ ބާޠިލް ނިންމުމެއްކަމަށް ޢަރަބި ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ. ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް ވިދާޅުވީ އިރުމަތީ ޤުދުސްއަކީ އެއްވެސް ސުވާލެއް ނެތި ފަލަސްތީނުގެ ބިމެއް ކަމަށެވެ. އެމެރިކާގެ ނިންމުމާއި ދެކޮޅު ހެދުމުގެ ގޮތުން މިފަހަރުގެ ސަމިޓަށް ދީފައިވާ ނަމަކީވެސް ޤުދުސް ސަމިޓެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް