24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޓޮޓެންހަމް ބަލިކޮށް ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ސިޓީ ޖެހިލައިފި

  • ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވި 3-1 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 15 އޭޕުރިލް 2018 | އާދީއްތަ 18:11 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  8. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި


ސިޓީ އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން -- ގެޓީ އިމޭޖާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ލީގު ހޯދުމާއި ފިޔަވަޅަކާ ގާތަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވި 3-1 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ސިޓީގެ ދަނޑުގައި ކުޅުނު މެޗު ވެސް 4-1 އިން ކާމިޔާބު ކުރީ ސިޓީއެވެ. މި މެޗާއި ޓޮޓެންހަމްއިން ކުރިމަތިލިއިރު އެ ޓީމު އެންމެފަހުން ކުޅުނު 14 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. ހަމައެހެންމެ ސިޓީ މި މެޗާއި ކުރިމަތިލީ ޖެހިޖެހިގެން ތިން މެޗުން ބަލިވުމަށްފަހުއެވެ. ސަސްޕެންޝަނުގެ ސަބަބުން ފަނާންޑީނިއޯ މި މެޗުގައި ކުޅެފައިނުވާއިރު އޭނާގެ އިތުރުން ބަނާޑޯ ސިލްވާ އަދި ނިކޮލަސް އޮޓަމެންޑީ ވެސް ސިޓީގެ ޓީމުން ފެނިފައެއް ނުވެއެވެ. ޓޮޓެންހަމްގެ ޓީމުން ވެސް މި މެޗުގައި ތިން ބަދަލެއް ވަނީ ފެނިގެން ގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ޓޮޓެންހަމްއަށް ވުރެ ބޮޑަށް ސިޓީއިން ވަނީ ހަމަލާ އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި އެ ޓީމުގެ ސާނޭ ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ގޯލުގެ ދަނޑީގައި ޖެހުނުއިރު އެ ޓީމުން ވަނީ މެޗުގެ 22 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖީސަސްއެވެ. އޭގެ ދެ މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ގުންޑޮގަން ވަނީ ސިޓީގެ ލީޑު ފުޅާކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމްއިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަ ކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ކްރިސްޓިއަން އެރިކްސެންއެވެ.

ދެ ލަނޑު އެއް ލަނޑުން ސިޓީ ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމިގެން ދިޔައިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ގެބްރިއެލް ޖީސަސް އަދި ރަހީމް ސްޓާލިންއަށް ލިބުނު ފުރުސަތުތައް އެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ގޮތުގައި ބޭނުން ނުކުރެވުނު ނަމަވެސް ސްޓާލިން ވަނީ މެޗުގެ 72 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ސިޓީގެ ލީޑު ފުޅާކޮށްފައެވެ.

މި މެޗުން ސިޓީ މޮޅުވުމާއެކު އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ސްވަންސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެ ޓީމަށް ޕްރިމިއާ ލީގުގެ ތަށި ޔަގީންކުރެވޭނެއެވެ. ހަމައެހެންމެ މި މެޗަކީ 2015 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި ޓޮޓެންހަމް ކޮޅަށް ތިން ލަނޑު ވަން ފުރަތަމަ މެޗެވެ،

ސިޓީ އޮތީ ކުޅުނު 33 މެޗުން ލިބުނު 87 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އެ ޓީމާއި ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު 16 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ޓޮޓެންހަމް އޮތީ ކުޅުނު 33 މެޗުން ލިބުނު 67 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް