23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

ނޯވީޖިއަން ގަންނަން ބްރިޓިޝް އެއަރވޭސް ހިންގާ ކުންފުނިން ވިސްނަނީ

  • އައި.އޭ.ޖީ އިން މިހާރު ވަނީ ނޯވީޖިއަންގެ 4.6 އިންސައްތަ ގަނެފައި
މިއުވާން މުހައްމަދު | Miuvaan

| 15 އޭޕުރިލް 2018 | އާދީއްތަ 18:05 | |



ނޯވީޖިއަން އަކީ ޔޫރަޕްގެ 3 ވަނަ އަށް އެންމެ ބޮޑު ބަޖެޓް އެއަރލައިން -- ބީބީސީ

ޔޫރަޕްގެ 3 ވަނަ އަށް އެންމެ ބޮޑު ބަޖެޓް އެއަރލައިންކަމަށްވާ ނޯވީޖިއަން އެއަރ ޝަޓްލް ގަތުމަށް ވިސްނަމުންދާކަމަށް ބްރިޓިޝް އެއަރވޭސް ހިންގާ އިންޓަރނޭޝަނަލް އެއަރލައިންސް ގްރޫޕް (އައި.އޭ.ޖީ) އިން ބުނެފިއެވެ.

އައި.އޭ.ޖީ އިން ވަނީ ނޯވީޖިއަންގެ %4.6 މިހާރު ގަނެފައެވެ. 

އައި.އޭ.ޖީ އިން ނޯވީޖިއަންގައި އިންވެސްޓްކުރިކަން އެކުންފުނީގެ މެނޭޖްމަންޓަށް އެނގުނީވެސް އެވާހަކަ މީޑިއާގައި ހާމަކުރުމުންނެވެ. އެއާއި އެކު ނޯވީޖިއަންގެ ހިއްސާގެ އަގު 47 އިންސައްތަ އުފުލިގެން ދިޔައެވެ. އަދި އައި.އޭ.ޖީގެ ހިއްސާގެ އަގު 1.2 އިންސައްތަ ދަށަށް ދިޔައެވެ. 

ނޯވީޖިއަން އިން ބުނީ އެކުންފުންޏާއިއެކު އައި.އޭ.ޖީ އިން އަދި މަޝްވަރާނުކުރާކަމަށާއި، އެހެން ނަމަވެސް އެކުންފުނީގައި އިންވެސްޓްކުރުމަށް އައި.އޭ.ޖީ އިން ނިންމުމުން، ނޯވީޖިއަންގެ ވިޔަފާރި މޮޑެލް ކާމިޔާބުކަން ދޭހަވާކަމާށެވެ. އަދި އެކުންފުންޏަށް ވިޔަފާރި އިތުރަށް ފުޅާކުރެވޭނެކަން ދޭހަވާކަމަށްވެސް ނޯވީޖިއަން އިން ބުންޏެވެ. 

މިހާރުވެސް 7 އެއަރލައިން ހިންގާ އައި.އޭ.ޖީ އިން ބުނީ ނޯވީޖިއަންގެ ކުޑަ ހިއްސާއެއް ގަތީ އެކުންފުނި އެއްކޮށް ގަތުމަށް މަޝްވަރާކުރުމަށް މަގުފަހިކުރުމުގެ ގޮތުންކަމަށެވެ. އެހެން ނަމަވެސް ނޯވީޖިއަން ގަތުމާއިއެކު ނޯވޭގެ އެކުންފުޏާއިއެކު އަދި މަޝްވަރާކޮށްފައި ނުވާކަމަށް ސްޕެއިންގައި ރަޖިސްޓަރކޮށްފައިވާ އައި.އޭ.ޖީއިން ބުންޏެވެ. 

ނޯވީޖިއަން އަކީ ދިގުދަތުރުތަކަށް ޔޫރަޕްގައި ބަޖެޓް މޮޑެލް ކާމިޔާބުކަމާއިއެކު ތަޢާރަފްކޮށްފައިވާ ކުންފުންޏެކެވެ. އައި.އޭ.ޖީ އިން މިހާރުވެސް ލެވެލް ގެ ނަމުގައި ބަޖެޓް އެެއަރލައިންއެއް ހިންގިނަމަވެސް ބްރިޓިޝް އެއަރވޭސް އައި އަޔަރ ލިންގަސް އަދި އައިބީރިއާ ފަދަ އެކުންފުނީގެ ދަށުން ހިންގާ ބޮޑެތި އެއަރލައިންތައް ހިންގާ ކާމިޔާބު ކަމާއިއެކު ލެވެލް ހިންގިފައެއް ނުވެއެވެ. އެހެންކަމުން ނޯވީޖިއަން ގަނެފިނަމަ އެކަން ވެގެންދާނީ ބަޖެޓް އެއަރލައިންތަކުގެ ތެރޭގައި އައި.އޭ.ޖީއަށް ރަނގަޅަށް ފައި ހަރުކޮށްލަން ލިބޭ ފުރުސަތަކަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަންފެތުރޭތޯބަލާނެ

7 ދުވަަސް ކުރިން

ކޮންމެސްގޮތަކުންވެސް ހަންފެތުރޭތޯބަލާނެ

0
0