16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

މައުމޫން

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ޖެނުއަރީ 2017 | ހޮނިހިރު 05:55 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  3. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  4. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ
  8. ޓްރާންސްޕޯޓް އޮތޯރިޓީގައި މީދާ ކޮށިތަކެއް!


އައިޖީއެމް ހޮސްޕިޓަލް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ އައި.ސީ.ޔޫގައި ތިބޭ ބަލި މީހުންގެ ގާތަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމަތު ދެއްވަމުން އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަން އެންޑް މީޑިއާ އަޙްމަދު މައުސޫމް ވިދާޅުވީ އައި.ޖީ.އެމް.އެޗުން އެކުލަވާލި އައު އުޞޫލުގެ ދަށުން މިހާރު އައި.ސީ.ޔޫގައި ތިބޭ ބަލި މީހުންގެ ގާތަށް ޒިޔާރަތް ކުރެވޭނެ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަވީރު 5:00 އިން އިރުއޮއްސި 6:00 އާއި ހަމައަށެވެ.

ބަދަލާއެކު ބަލިމީހާ ކައިރިޔަށް ޒިޔާރަތް ކުރެވޭނީ ދުވަލަކު ގިނަވެގެން ދެމީހުންނަށް ކަމަށާއި އަދި ފަހަރަކު އެންމެ މީހަކަށް ކަމަށް މަޢުސޫމް ވިދާޅުވިއެވެ.

މީގެ ކުރިން އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރާ ގަޑިއަކީ ހެނދުނު 11:00 އިން 12:00 އަށް  އަދި ހަވީރު 5:00 އިން  6:00 އަށެވެ.

އައި.ޖީ.އެމް.އެޗުގައި މިދޔަ ހޮނިހިރު ދުވަހު  ވަނީ ޒަމާނީ ވަޞީލަތްތަކާއެކު އައު އައި.ސީ.ޔޫއެއް ތަރައްޤީކޮށް ޙިދުމަތް ދޭން ފަށާފައެވެ.

ކުރިން ހުރި އައިސީޔޫއަކީ 8 އެނދުހުރި ނަމަވެސް މި އައިސީޔޫގައި 15 އެނދު ހުންނާނެކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއްވައެވެ.

މި އައި.ސީ.ޔޫ ކައިރީގައި ބަލިމީހުންގެ އެހީތެރިން މަޑުކޮށްލާނެ ވެއިޓިން އޭރިޔާއެއް ވަނީ ހަދަފައެވެ.

 އަދި އައި.ސީ.ޔޫ އާއި އެން.އައި.ވީ ޔުނިޓަށް ވަދެނުކުމެވޭނެ ގޮތަށް ބަލިމީހާގެ އެހީތެރިޔާއަށް އިލެކްޓްރޯނިކް ފާހެއް ދޫކުރުމަށް  ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް