19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ސަލާހުގެ 40 ވަނަ ލަނޑާއެކު ލިވަޕޫލް ތިންވަނައިގައި ހަމަޖެހިލައިފި

  • ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-0 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 15 އޭޕުރިލް 2018 | އާދީއްތަ 17:37 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. ކްރައިސްޓްޗާޗް ހަމަލާ؛ މަރާލި މީހުންގެ ތެރޭގައި ނިއުޒިލޭންޑްގެ ގައުމީ ކީޕަރެއް
  3. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  4. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  5. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
  8. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި


މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖެހި ކުޅުންތެރިން -- ގެޓީ އިމޭޖާސް

އިނގިރޭސި ޕްރިމިއާ ލީގުގައި އޭއެފްސީ ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި މުހައްމަދު ސަލާހު މި ސީޒަނުގައި ޖެހި 40 ވަނަ ލަނޑާއެކު ލިވަޕޫލް ތާވަލުގެ ތިންވަނައިގައި ހަމަޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ބޯންމަތުގެ ދަނޑުގައި ކުޅުނު މެޗު ވެސް 4-0 އިން ކާމިޔާބުކުރީ ލިވަޕޫލްއެވެ. މި މެޗާއި ލިވަޕޫލް ކުރިމަތިލިއިރު އެ ޓީމު އަމިއްލަ ދަނޑުގައި އެންމެފަހުން ކުޅުނު 18 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީގެ މައްޗަށް ޗެމްޕިއަންސް ލީގުގައި ކުރި ހޯދި މެޗުގައި ކުޅުނު ލިވަޕޫލްގެ ޓީމުގައި ހިމެނުނު ޖޭމްސް މިލްނާގެ ބަދަލުގައި މި މެޗުގައި ފެނިގެންގޮސްފައިވަނީ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ.

ފުރަތަމަ ހާފު ފެށިގެން ލިވަޕޫލްގެ ފަރާތުން އެޓޭކިން ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ލިވަޕޫލްއިން ވަނީ މެޗުގެ ހަތް މިނެޓު ނުހިނގަނީސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ހެންޑަސަން ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ސެނެގޯލްގެ ފޯވާޑް މާނޭއެވެ. މި ލަނޑަށް ފަހު ވެސް ލިވަޕޫލްއިން ފުލުފުލުގައި ހަމަލާ އުފެއްދިއިރު ބޯންމައުތުގެ ގޯލު މި މެޗުގައި ބަލަހައްޓަމުން ދިޔަ އަސްމިރް ބެގޮވިޗް ވަނީ ގިނަ ސޭވްތަކެއްކޮށްފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް އެ ޓީމުން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ބޯންމައުތުގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ތަކުރާރުކޮށް ލިވަޕޫލްއިން އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ފޯވާޑް ސަލާހުއެވެ. ބޯންމައުތުން މެޗުގެ 76 ވަނަ މިނެޓުގައި ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ފިރްމީނޯއެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ސަލާހު ވެގެންގޮސްފައިވަނީ އެއް ސީޒަނެއްގެ ޕްރިމިއާ ލީގުގައި 30 ލަނޑު ޖެހި އެފްރިކާއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ އެއް ސީޒަނެއްގެ ޕްރިމިއާ ލީގުގައި 30 ލަނޑު ޖެހި އަށްވަނަ ކުޅުންތެރިޔާއަށް ސަލާހު ވަނީ ވެގެންގޮސްފައެވެ. އޭނާ ވެގެންގޮސްފައި ވަނީ ލިވަޕޫލްގެ ތާރީހުގައި ވެސް 40 ލަނޑު ސީޒަނެއްގައި ހަމަކުރި ތިންވަނަ ކުޅުންތެރިޔާއަށެވެ. މީގެއިތުރުން މި މެޗުގައި ޖެހި ލަނޑާއެކު މާނޭ ވެގެންގޮސްފައި ވަނީ 44 ލަނޑާއެކު ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ސެނެގޯލްއަށް ނިސްބަތްވާ ކުޅުންތެރިޔާއަށެވެ. ލިވަޕޫލްގެ ތިން ފޯވާޑުން ވަނީ މިހާތަނަށް މި ސީޒަނުގައި 82 ލަނޑު ޖަހާފައެވެ.

ކުޅުނު 34 މެޗުން ލިބުނު 70 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ލިވަޕޫލް އޮތްއިރު ބޯންމައުތު އޮތީ 38 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް