19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ދުންޔާ މައުމޫން

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

  • ދުންޔާއަށް ސަރުކާރު ގޯސްވީ އަމިއްލަ އެދުން ބޮޑުވުމުންކަމަށް އަބްދުއްރަހީމް ތުހުމަތުކުރައްވާ
  • އެތުހުމަތުތަކަށް އެކަމަނާ އެކަށީގެންވާ ރައްދެއް ނުދެއްވާ
މިއުވާން މުހައްމަދު | Miuvaan

| 15 އޭޕުރިލް 2018 | އާދީއްތަ 15:08 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ދުންޔާ މައުމޫން ބޭރުގައި އުޅުއްވި އިރު ރައީސް މައުމޫނާއިއެކު -- ޓްވިޓަރ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫންގެ ސިޔާސީ ހަރަކާތްތަކާއި، އެކަމަނާ ކުރައްވާ ޓުވީޓްތަކަކީ މިހާރަކަށް އައިސް ވަރަށް ތަފާތު ގޮތަކަށް ރައްޔިތުން ބަލައިގަންނަ ކަންތައްތަކެކެވެ. ބައްޕާފުޅު އެކަށީގެންވާ ހެއްކެއް ނެތް މައްސަލައެއްގައި ޖަލުގައި ބަންދުކޮށްގެން އަމިއްލަފުޅު ބޮޑުބޭބެގެ ސަރުކާރުން ގެންގުޅޭއިރު އެކަން އެއީ ކަމުނުދާކަމެއްކަން ވިސްނިވަޑައިގަންނަވަން އެކަމަނާ މާގިނަ ދުވަސް ނެންގެވި ހިސާބުން އެކަމަނާގެ އިޚުލާސްތެރިކަމާއިއެކު މީހުން ސުވާލު އުފައްދަން ފެށިއެވެ. އެއްމާބަނޑު ބޭފުޅާ ޔުމްނާ މައުމޫން ބުރަކޮށް އިސްލާހީ މަސައްކަތުގައި އުޅުއްވާއިރު، ދުންޔާ މާ ދުރުދުރުން އުޅުއްވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. 

ދުންޔާއަށް ފާޑުކިޔާ ފަރާތްތަކުން އެކަމަނާގެ ޓުވީޓުތައް ވަކިން ބޮޑަށް ފާހަގަ ކުރައްވައެވެ. ބައްޕާފުޅާއި ކޮއްކޯފުޅު އަދި ޅިޔަނު ޖަލުގައި ބަންދުކޮށްފައިވާއިރު، އެކަމަނާގެ ޓުވީޓުތައް އަދިވެސް ވައްތަރީ އަރާވަޑައިގަންނަވާނެ ކޮޅެއް ނޭނގިގެން އުޅުއްވާ ބޭފުޅަކު ކުރައްވާ ޓުވީޓުތަކާއިކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. 

ސަރުކާރުން ކުރާ ކަންތައްތަކަށް އެހެން ބޭފުޅުންނެކޭ އެއްގޮތަށް ފާޅުގައި ފާޑުވިދާޅުވާން ދުންޔާއަށް ކެރިވަޑައިނުގަންނަވަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. "ދުންޔާއަށް ސަރުކާރު ގޯސްވީ އަމިއްލަ އެދުން ބޮޑުވުމުން" ކަމަށް ވިދާޅުވެ، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅަކާއި ގުޅޭ ޚަބަރެއް އޮންލައިން ނޫހަކުން ލިޔުނީމާ، އެޔަށް ދުންޔާ ދެއްވި ޖަވާބަކީ 'ތިންކިންގ ފޭސް' އިމޯޖީއެކެވެ. އަބްދުއްރަހީމް އެވިދާޅުވި އެއްޗެއް ވިސްނިވަޑައި ނުގެންނެވިނަމަ، ވިސްނިވަޑައި ނުގެންނެވި ސަބަބު ހާމަކޮށްދެއްވިނަމަ އަބްދުއްރަހީމް އެދެއްކެވި ވާހަކަފުޅުގައި ޤަބޫލުކުރަން ނުޖެހޭ ވާހަކައެއް އޮތްނަމަ، އެއީ ކޮން ވާހަކައެއްކަން އެނގޭނެއެވެ. 

ފަހަރުގައި މީހަކު ދައްކާހާ ވާހަކަޔަކަށް ޖަވާބު ދޭން ނުޖެހިދާނެއެވެ. އެހެން ނަމަވެސް، ދުންޔާ ކަހަލަ ޕަބްލިކް ފިގަރ އަކަށް އަމާޒުވާ އެފަދަ ވާހަކަތަކަށް އެކަށީގެންވާ ރައްދެއް ނުދެވޭނަމަ އެކަން ޤަބޫލުކުރާނެ މީހުން ތިބޭނެއެވެ.

ދެންވެސް އޮތީ ހަމަ ދުންޔާގެ ޓުވީޓުތަކުގެ އެހެން ވާހަކައެކެވެ. ރައީސް މައުމޫން، ދުންޔާގެ ބަހުންނަމަ 'ޤައުމުގެ ބައްޕަ'، މިނިވަންކުރަން ގޮވާލައްވާ ދޭތެރެ ދޭތެރެއިން ދުންޔާ ޓުވީޓު ކުރައްވައެވެ. އެކަމަކު ކޮންމެ ޓުވީޓެއްގައިކަހަލަ ގޮތަކަށް ދުންޔާ ޓުވީޓު ކުރައްވަނީ ބައިނަލްއަޤްވާމީ މުޖްތަމައުގެ އޮފިޝަލުންނާއި މީޑިއާތަކެވެ. އެއީ އުޞޫލެއްގެ ގޮތުން މައްސަލައެއް ނޫނެވެ. އެކަމަކު އެއިން ޓުވީޓެއްގައި ސަރުކާރު އޮފިޝަލެއް ޓެގް ކޮށްލެއްވިިއްޔާ ކީއްތޯއެވެ؟ އަބްދުއްރަހީމް ނުވަތަ ނިހާން ފަދަ ބޭފުޅަކު ޓުވީޓު ކޮށްލައްވަން ކެރިވަޑައިނުގަންނަވަނީ ކީއްވެތޯއެވެ؟ ގައިމު ޕްރިންސް ޒައިދު ރާދު އަލް ހުސައިން ނުވަތަ ސުޝްމާ ސްވަރާޖް ނުވަތަ މަންގަލަ ސަމަރަވީރަ ނުވަތަ ޕްޓްރީޝިއާ ސްކޮޓްލެންޑް ޓެގް ކުރައްވައިގެން ނިކުން ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ނިކުންނާނެއެވެ. ޕްރިންސް ޒައިދަށް ވަކި އިތުރަށް ކުރެވޭނީ ކީއްތޯއެވެ؟ އިންޑިއާއިން ނުވަތަ ލަންކާއިން ބުނާ ބަހެއް ދިވެހިން ނާހާއިރު، މަންގަލަ ސަމަރަވީރަ އަށް ނުވަތަ ސުޝްމާ ސުވަރާޖަށް ކުރެވޭނީ ކީއްތޯއެވެ؟ ދިވެހި ރާއްޖެއިން ކޮމަންވެލްތުން ވަކިވީމާ، ޕެޓްރީޝިއާ ސްކޮޓްލެންޑަށް ވަކި ކުރެވޭނީ ކީއްތޯއެވެ؟

އެހެންވީމާ އަބްދުއްރަހީމަށް އިމޯޖީއަކުން ޖަވާބު ނުދެއްވާ ދުންޔާ ވެސް ކެރިވަޑައިގެން ސިޔާސީ މައިދާނަށް ނިކުންނަވަން ޖެހެއެވެ. ޔުމްނާ މައުމޫންގެ އެހެރަ ހިތްވަރާއި ކެރުން ނެތިއްޔާ ދުންޔާ ގޭގައި މަޑުކޮށްލެއްވުން މާރަނގަޅުވާނެ ނޫންތޯއެވެ؟

ދުންޔާ މައުމޫން ވަޑައިގެން ކޮންމެވެސް ކޮމިޝަނެއްގެ ބޭފުޅުންނާއި ބައްދަލު ކުރެއްވި ވާހަކަ އެއް އިރެއްގައި ނޫހަކުން ފެނުނު ހަނދާނެއް ވެއެވެ. އެކަމަނާ އެހެން ބޭފުޅުންނާއި ގުޅިވަޑައިގެން ނުގެން އެކަނި އެމަސައްކަތް ކުރައްވަނީ ކޮން ނަތީޖާއެއް ނިކުމެދާނެ ކަމަށްތޯއެވެ؟ ކުރީގެ ޚާރިޖީ ވަޒީރުންނަށް ވުރެ، ދުންޔާގެ ޑިޕްލޮމެސީ ވަރުގަދައީތޯއެވެ؟ އެހެން ކަމަށްވާނަމަ އެކަމަނާގެ ޑިޕްލޮމެސީ ބޭނުން ކުރައްވައިގެން ރައީސް މައުމޫން މިހާރު ހުންނަވާނީ ގޭގައެއެވެ. ގުޅިފައިވާ ޕާޓީތަކުން އެކުރައްވާ މަސައްކަތާއި އެކަމަނާ ގުޅިވަޑައިނުގެން، ބޭރުގެ ޑިޕްލޮމެޓުން ޓެގްކުރައްވާ މޮޅެތި ޓުވީޓުތައް ކުރެއްވުމަކުން ވާނެ މޮޅެއް އެބައޮތްތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް