22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީއިން ކުރީ ޒިންމާދާރުކަމެއް ނެތް، މަލާމާތެއް: ޑރ. މަލިކް

 • ދުނިޔޭގެ ސިއްޙަތު ދުވަހުގެ ހަފްލާގައި ދުފުމުގެ އިންތިޒާމް ހަމަޖައްސާފައިވޭ
 • މިއީ ސިއްޙީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ބޭއިޚްތިރާމް ކުރުން
 • ދުފުމަކީ ހަށިގަނޑަށް ގިނަ ގެއްލުންތަކެއް ވާ ކަމެއް
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 15 އޭޕުރިލް 2018 | އާދީއްތަ 13:40 | |

މަގުބޫލް

 1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
 2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
 3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
 5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
 6. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
 7. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
 8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ސިއްޙަތު ދުވަހުގެ ރަސްމިއްޔާތުގައި ދުފުމުގެ އިންތިޒާމް ހަމަޖައްސާފައި -- ޓްވިޓަރ

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ދުފުމުގެ އިންތިޒާމް ހަމަޖައްސާފައި ހުރުމުން ޑރ. ޢަބްދުލް މަލިކު ހެލްތު މިނިސްޓްރީއަށް ފާޑު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަ ކުރުމަށް ހޮނިހިރު ދުވަހުގެ ހެނދުނު އދ.މަހިބަދޫގައި ހެލްތު މިނިސްޓްރީއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ދުފުމުގެ އިންތިޒާމް ހަމަޖައްސާފައި ހުރުމުން ޑރ. މަލިކް އެކަމަށް ފާޑުވިދާޅުވެފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. މަލިކް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން ހިންގި ހަރަކާތެއްގައި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ކެންސަރާއި ބެހޭ ދިރާސާ ކުރާ އޭޖެންސީއިން ކެންސަރަށް އެންމެ ބޮޑަށް މަގުފަހިކުރާ ބާވަތްތަކުގެ ތެރޭގައި ހިމަނާފައިވާ ދުފުމަށް ބޭނުންކުރާ ފޯއް ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ހުރުމަކީ ޒިންމާދާރުކަމެއް ނެތް، މަލާމާތެއް ކަމަށެވެ. ޑރ. މަލިކް އިތުރަށް ވިދާޅުވީ ހެލްތު މިނިސްޓްރީގެ މި އަމަލަކީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖެގައި ކޮންޓްރޯލްކޮށް، އެ ބަލިތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއި، ޚުދު ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގައި މަސައްކަތް ކުރާ ފަރާތްތައްކަށްވެސް ބޭއިޚްތިރާމް ކުރުން ކަމަށެވެ.  

އަދި މި އަމަލަކީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖެގައި ކޮންޓްރޯލްކުރުމަށް ހެލްތު މިނިސްޓްރީން މިހާރު ފަށާފައިވާ 25ބައި25 ކެމްޕެއިންގެ ޕޮލިސީ އާއި ދިމާނުވާ އަމަލެއްކަންވެސް ޑރ. މަލިކް ފާހަގަކުރެއްވިއެވެ.

ޑރ. މަލިކް އަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ކޯރ ފައުންޑަރ އަދި މޯލްޑިވްސް އެން.ސީ.ޑީ އެލަޔަންސްގެ އެއް ކޯ ފައުންޑަރ އަދި ޗެއާމަންއެވެ.

ދުފުމަކީ އޭގެ ސަބަބުން ގިނަ ބަލިތަކަށް އިންސާނާ ހުށަހަޅާ އަމަލެކެވެ. އެގޮތުން އެމެރިކާގެ ސެންޓަރ ފޮރ ޑިސީޒް ކޮންޓްރޯލް އިން ވަނީ ދުފުމާއި ދެކޮޅަށް ސިއްހީ އިންޒާރެއްވެސް ނެރެފައެވެ. އެ އިންޒާރުގައިވަނީ، ދުފުމުން އަނގައިގެ ކެންސަރު ޖެހުމާއި، އަނގައިގެ ހަން ބޯވެ، ހަރުވާގޮތްވުމާއި، އެއަށް ދެވިހިފުމާއި އަދި ދަރިމައިވުމުގެ ނިޒާމަށް އެކި ގެއްލުންތައް ވުމަށް މަގުފަހި ކުރާ ކަމަށެވެ. އަނގައާއި ކާއެއްޗެހި ދަތުރުކުރާ ހޮޅި ނުވަތަ އީސޯފޭގަސްއަށް ޖެހޭ ކެންސަރު ޖެހުމަށްވެސް މަގުފަހިކުރާ އެއް ކަމެއްގެ ގޮތުގައި ދުފުން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން މާބޮޑަށް ފަލަވުމާއި، ހިތުގެ ބަލިތައް ޖެހުމާއި، ހަކުރު ބަލި ޖެހުމާއި، އަނގަ، ކަރު، ފުރަމޭ، ފިތް އަދި ރަހިމުގެ ކެންސަރު ޖެހުމަކީވެސް ދުފުމުގެ ސަބަބުން މެދުވެރިވެދާނެ ކަންކަން ކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނެއެވެ.

ދިގު މުއްދަތެއްގައި ގިނައިން ދުފުމުގެ ސަބަބުން ފިރިހެނުންގެ ދަރިފަނި އުފެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނުވައެވެ. މި ބަދަލުތަކުގެ ތެރޭގައި ދަރިފަނި އުފައްދާ ނިޒާމުގައި ހިމެނޭ އެކިއެކި މާއްދާތައް ހަށިގަނޑުގައި ހުންނަ މިންވަރަށް އަސަރުކުރުވައި، ދަރިފަނީގެ އުމުރު ކުރުކުރެއެވެ. އަދި ހަމަ މިއާއިއެކު މިގޮތަށް ދުފުމުގެ ސަބަބުން ދަރިފަނި އުފެދޭ މިންވަރު މަދުވެ، އުފެދޭ ދަރިފަނީގައި އައިބު ހުރުމަށް މެދުވެރިވެއެވެ. މި މައްސަލަތަށް އިތުރަށް ގޯސްވެގެން ދިއުމުން، ދަރިފަނީގެ ބާރުކެނޑި، ދަރިން ލިބުން ހުއްޓެން މެދުވެއެވެ.

މާބަނޑު ދުވަސްވަރު ދުފުމާއި، އަދި ދުފުމުގައި ބިލެތާއި ހީރާޕަންނާ ފަދަ ތަކެތި ބޭނުންކުރުމަކީ ބަނޑުގައި އޮންނަ ދަރިފުޅަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރުވާ ކަމެކެވެ. އެގޮތުން، ދަރިފުޅު ވިހާއިރު ކުއްޖާގެ ބަރުދަން އިންތިހާއަށް ލުއިވުމާއި، ދުވަސްނުފުރައި ވިހެއުން ފަދަ ކަންކަން ކުރިމަތިވެއެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު މައިމީހާ ދުފުމަކީ، ބަނޑުގައި އޮންނަ ދަރިފުޅު އެކި ވައްތަރުތަކުގެ ކެންސަރަށް ހުށަހެޅުމަށްވެސް މެދުވެރިވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް