19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

ޗައިނާއިން ނަގާ ލޯނު

ތަަރައްގީގެ މަޝްރޫއު ތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކަށް ސަމާލުވޭ: ވޯލްޑް ބޭންކް

  • ޗައިނާގެ (ބީއާރުއައި) މަޝްރޫއުގެ ދަށުން، އޭޝިޔާއާއި ޕެސިފިކްގެ ގައުމުތަކަށް އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ދީފައިވޭ
  • ލޯން ލިބޭ ގައުމުތަކުގައި ޗައިނާގެ ނުފޫޒު ގަދަ
އަމިނަތް ނުޒުހާ | nuzu8121

| 15 އޭޕުރިލް 2018 | އާދީއްތަ 10:25 | |

މަގުބޫލް

  1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
  3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
  4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
  5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
  7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
  8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ- މީ ޗައިނާގެ ލޯން އަދި ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެއް -- ހާރިޖީ ވުޒާރާ

ތަަރައްގީގެ މަޝްރޫއު ތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކަށް ސަމާލުވުމަށް ވޯލްޑް ބޭންކްގެ އިރުމަތީ އޭޝިޔާ އާއި ޕެސިފިކް ސަރަހައްދުގެ ޗީފް އިކޮނޮމިސްޓް ސުދީރު ޝެޓީ ގޮވާލައްވައިފިއެވެ.

ޗައިނާއިން ކުރިއަށް ގެންދާ ރޯޑް އެންޑް ބެލްޓް އިނިޝިއޭޓިވް (ބީއާރުއައި) މަޝްރޫއުގެ ދަށުން، އެގައުމުން ވަނީ އޭޝިޔާއާއި ޕެސިފިކްގެ ގައުމުތަކަށް އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ދޫކޮށްފައެވެ.

ރާއްޖެއަަކީ ވެސް ޗައިނާ ސަރުކާރުން ލޯނު ނަގައިގެން ބްރިޖް ފަދަ ބޮޑެތި މަޝްރޫއުތަކާއި އަދި މިނޫންވެސް ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ގައުމެކެވެ.

ޗައިނާގެ މައިގަނޑު ގޮތެއްގައި މިލޯނުތައް ދޫކޮށްފައި ވަނީ ޗައިނާ ދެކުނު އިރުމަތީ އޭޝިއާ އާއި، އެފްރިކާއާއި، ޔޫރަޕާ ގުޅުގުވައިދޭ މަގުގައި ހިމެނޭ ގައުމު ތަކުގެ އާބާތުރަ ފިލުވުމަށެވެ. މީގެ ބޭނުމަކީ ޗައިނާގެ ވިޔަފާރިއަށް މަގު ފަސޭހަކޮށްދިނުމާއި ލޯން ލިބޭ ގައުމުތަކުގައި ޗައިނާގެ ނުފޫޒު ގަދަކުރުމެވެ.
އޭޝިއާ ޕެސިފިކް ޤައުމުތަކުން މިކަމަށް ސަމާލުވުމަށް ގޮވާލައްވަމުން އޭނާ ވިދާޅުވީ ބީއާރުއައި މަޝްރޫއަކީ ބޮޑު އުއްމީދެއް އެއާމެދު ކުރެވޭ މަޝްރޫއަކަށް ވިޔަސް، މިމަޝްރޫއުގެ ދަށުން ހިންގޭ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުން ފައިދާ ހޯދޭނެ އެހެން ވަސީލަތްތައް ވެސް ގާއިމްކުރަން ޖެހޭ ކަމަށެެވެ. ވޯލްޑް ބޭންކުން ފާހަގަ ކުރާގޮތުގައި އެންމެ ކަންބޮޑުވާ އަނެއް ކަމަކީ ބައެއް ގައުމުތަކުން ނަގަމުންދާ ލޯނުތައް ބޮޑުވުމެވެ.
ޝެޓީ ވިދާޅުވިގޮތުގައި، ޗައިނާއިން ލޯނު ނަގައިގެން ގައުމުތަކުން ހިންގާ ހުރިހާ މަޝްރޫއުއަކީ ރަނގަޅު މަޝްރޫއުތަކެއް ނޫނެވެ.

"މި މަޝްރޫއުތައް ހިންގަން މިލިބޭ ލޯނުތަކަށް ކިހާ ހޭދައެއް ކުރަން ޖެހޭބާ؟ މި ލޯނުތައް މިދޫކުރެވެނީ ކިހާވަރަކަށް ހާމަކަން ބޮޑު ޝަރުޠުތަކަކާއެކުބާ؟ ޝެޓީ ސުވާލު އުފައްދަވައެވެ.

ޗައިނާއިން ވަނީ އޭޝިޔާއާއި، އެފްރިކާއާއި، ޔޫރަޕުގައި ހިންގޭ ބީއާރުއައިއާ ގުޅުން ހުރި މަޝްރޫއުތަކަށް 300 ބިލިއަން ޔޫއެސް ޑޮލަރު ޚަރަދުކޮށްފައެވެ. މިއަދަދު 1 ޓްރިލިއަން ޑޮލަރަށް އަރައިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

"ދަތުރު ފަތުރާ ގުޅުން ހުރި ހުރިހާ މަޝްރޫއުތަކަކީ ރަނގަޅު މަޝްރޫއުތަކެއް ނޫން. ހުރިހާ ގުޅުންތަކަކުން ލިބޭ އެއްޗަކީ އީޖާބީ އެއްޗަކަށް ނުވެދާނެ"

 އޭނާ އިތުރަށް ވިދާޅުވިއެވެ.

މިފަދަ ލޯނުތަކުގެ ނޭދެވޭ ނަތީޖާގެ އެއް މިސާލަކީ ސްރީލަންކާގެ ހަންބަންތޯޓާ ބަނދަރެވެ. މި ބަނދަރަކީ ޗައިނާގެ ބޮޑު މާސިންގާ ލޯނު މަޝްރޫއެކެވެ. ޤައުމުތައް ދަރަނިވެރިވެ، ޗައިނާއަށް ފައިދާވުމުގެ އެންމެ މަޝްހޫރު އެއް މިސާލެވެ. ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކިގެން ސްރީލަންކާގެ ދެކުނުގައި ޗައިނާއިން ޤާއިމްކުރި ހަންބަންތޯޓާ ބަނދަރު ޖެހުނީ 99 އަހަރަށް ޗައިނާއަށް ކުއްޔަށް ދޭށެވެ.

މީގެ އިތުރުން ވެސް އޭޝިއާ، އެފްރިކާ އަދި އިރުމަތީ ޔޫރަޕްގައި ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހުނު ބައެއް ޕްރޮޖެކްޓްތައް އެޤައުމުތަކުން ބޭނުންވެގެން ވަނީ ކެންސަލް ކޮށްފައެވެ. އަދި އަނެއް ބައި ޕްރޮޖެކްޓްތައް ވަނީ މަޑުޖައްސާލާފައެވެ. ޕާކިސްތާން ފަދަ ޗައިނާގެ އެހީއަށް ބަރޯސާވެފައިވާ ޤައުމަކުން ވެސް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބައެއްގެ ގޮތުގައި ހިމެނޭ ޕްރޮޖެކްޓެއް ކެންސަލް ކުރުމުން، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި މައްސަލަތައް އުޅޭކަން ހާމަވާ ކަމަށް މުހައްލިލުން ބުނެއެވެ.

ހަންބަންތޯޓާ ބައިނަލްއަގުވާމީ ބަނދަރަކީ ޗައިނާގެ 1.3 ބިލިއަން އެމެރިކާ ޑޮަލަރުގެ ލޯނަކުން ހަަދާފައިވާ ބަނދަރެކެވެ. ޗައިނާގެ ދެ ކުންފުންޏަށް 99 އަހަރަށް އެ ބަނދަރު ދިނީ 1.1 ބިލިއަން ޑޮަލަރުގެ އެއްބަސްވުމެއްގެ ދަށުންެނެވެ. ސްރީލަންކާގެ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު 8 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ

ރާއްޖޭގައިވެސް ހަދަމުންއަންނަ އިންފްރާސްޓްރަކްޗާ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ ބްރިޖް މަޝްރޫއަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. އަދި މި ނޫނަސް ޗައިނާއިން ބޮޑެތި ބިޔަ ލޯނުތައް ނަގައިގެން ރާއްޖޭގައި މެގަ ޕްރޮޖެކްޓް ތައް ދަނީ ހިންގަމުންނެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް ޕްރޮޖެކްޓް އަކީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ޕްރޮޖެކްޓެވެ. އެތަން ތަރައްގީ ކުރަން ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ހޭދަ ކުރެ އެވެ. މުޅިން ލޯނު ނަގައިގެން ހިންގާ މި މަޝްރޫއަށް ޗައިނާ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނެވެ. އެ ލޯނު ފައިސާ އިން ހަދާ 3.2 ކިލޯމީޓަރުގެ އާ ރަންވޭ އާއި ފިއުލް ފާމް އަދި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ

ވޯލްޑް ބޭންކްގެ އިރުމަތީ އޭޝިޔާ އާއި ޕެސިފިކް ސަރަހައްދުގެ ޗީފް އިކޮނޮމިސްޓް ސުދީރު ޝެޓީ ވިދާޅުވީ އޭނާ އަބަދުވެސް އެދޭނީ އޭޝިއާއަށް ތަރައްގީ ކަމަށެވެ. އެހެން ނަމަވެސް ލޯނު ނަގައިގެން ހިންގާ ބިޔަ މަޝްރޫއުތައް ވިސްނުންތެރިކަމާއެކު ހިންގުމަށާއި، އަދި އެކަމުން ނުކުމެދާނެ ނަތީޖާއަކަށް ވިސްނުން ބެހެއްޓުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގާދިރު

3 މަސް ކުރިން

މިސަރުކާރުންސިފަކުރާނީ ބަގާވާތެއްކުރިކަމައް

0
0
R tv

3 މަސް ކުރިން

World bank in loan negiyas okey hahahaa

0
0