19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

މަރުގެ އިންޒާރު

އަންހެނަކަށް މަރުގެ އިންޒާރުދިން ޓެކްސީ ޓްރައިވަރެއްގެ މައްސަލަ ބަލަނީ

  • އިންޒާރު ދިން ޑްރައިވަރު ހައްޔަރެއް ނުކުރޭ
  • އިންޒާރު ދިނީ ބުރުގާ ނާޅައި ނޫޅެވޭނެ ކަމަށް ބުނެ
ޙުސައިން ޙަސަން | hucenhassan

| 15 އޭޕުރިލް 2018 | އާދީއްތަ 08:53 | |

މަގުބޫލް

  1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
  2. ކްރައިސްޓްޗާޗް ހަމަލާ؛ މަރާލި މީހުންގެ ތެރޭގައި ނިއުޒިލޭންޑްގެ ގައުމީ ކީޕަރެއް
  3. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
  4. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  5. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
  6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  7. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


އިންޒާރު ދިން ކަމަށް ބުނާ ޓެކްސީ ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށުގައި -- ޓްވިޓަރ

އަންހެނަކަށް މަރުގެ އިންޒާރު ދިން ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުގެ އިންޒާރު ދިން ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. މަރުގެ އިންޒާރު ދިން ޑްރައިވަރު ހައްޔަރު ކުރި ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދިނެވެ.

މަރުގެ އިންޒާރު ދިން ކަމަށް ބުނާ ޑްރައިވަރު ބިޑި އަޅުވައިގެން ފުލުހުންގެ ހައްޔަރަށް ގެންދާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އޭނާ ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، އެ ޑްރައިވަރު ހައްޔަރެއް ނުކުރެއެވެ.

މަންޒަރު ދުއް މީހަކު ކިޔައިދިން ގޮތުގައި ސައިކަލެއްގައި އަންހެނަކު ދުއްވާފައި ދަނިކޮށް، ޓެކްސީގައި ދިޔަ ޑްރައިވަރަކު އެ އަންހެންމީހާއާ އަރާ ހަމަކުރުމަށް ފަހު މަރުގެ އިންޒާރުދިނެވެ. އޭނާ ކިޔައިދިން ގޮތުގައި މަރުގެ އިންޒާރު ދިނީ "ބުރުގާ ނާޅާ، ތިހެން މިގައުމުގައި ނޫޅެވޭނެ" ކަމަށް ބުނެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަލީ

11 މަސް ކުރިން

މި ދިވެހި ރާއްޖޭގައި މުސްލިމުން އުޅޭތާ އެތައް ހާސް އަހަރު ތަކެއް ވެއްޖެ. މަރުވެދިޔަ ކާބަފައިން ވާނީ ނަރަކައިގަ ބާ؟

0
0
އަލީ

11 މަސް ކުރިން

މި ދިވެހި ރާއްޖޭގައި މުސްލިމުން އުޅޭތާ އެތައް ހާސް އަހަރު ތަކެއް ވެއްޖެ. މަރުވެދިޔަ ކާބަފައިން ވާނީ ނަރަކައިގަ ބާ؟

0
0