20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މައުމޫން

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

އައިޝަތު ޝާނާ | Shaa_Na22

| 7 ޖެނުއަރީ 2017 | ހޮނިހިރު 05:46 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


އައިޖީއެމްއެޗް--ފޮޓޯ:މުހަންމަދު ޝަރުހާން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި ކުރާ އެއްވެސް ވިޔަފާރިއެއްގައި އެނާޖީ ޑްރިންކްސް ވިއްކުން މަނާކޮށްފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން އަދި ވިލިމާލެ ހޮސްޕިޓަލުން އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކެއް ވިއްކުމަކީ މަނާކަމެއް ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތަށް ހާއްސަ ކެމްޕެއިނެއް ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިހެން އެ ހޮސްޕިޓަލުން ފަށާފައިވާކަމަށެވެ. މިފަދަ ކެމްޕެއިނެއް ފަށާފައިވާއިރު އެނާޖީ ޑްރިންކް ފަދަ އެއްޗެހި ފެންނަން ހުރުމަކީ އެ ކެމްޕެއިނަށް ނުރަނގަޅު އަސަރެއް ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ހޮސްޕިޓަލްތަކުގެ ކެންޓީންތަކާއި ފިހާރަތަކާއި އަދި އެނޫން ވެސް ހޮސްޕިޓަލްތަކުގެ އިމުގެ ތެރޭގައިވާ ވިޔަފާރިކުރާ ތަނަކުން، 1 ޖެނުއަރީ 2017 އިން ފެށިގެން، ބޭހުގެ ގޮތުގައި ވިއްކާ ބާވަތްތައް ފިޔަވާ އެހެން އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކް ވިއްކުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީޑީއާ އޮފިޝަލް ވިދާޅުވީ، އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި ކުރާ އެއްވެސް ވިޔަފާރިއެއްގައި ބާވަތެއްގެ އެނާޖީ ޑްރިންކެއް ވިއްކާތޯ ބަލަމުގެން ގެންދާނެކަމަށާއި، އަދި އެނާޖީ ޑްރިން ވިއްކާ ފަރާތްތަކާއިމެދު އަޅާނެ ފިޔަވަޅާއިމެދު މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި ކުރާ އެއްވެސް ވިޔަފާރިއެއްގައި އެނާޖީ ޑްރިންކްސް ވިއްކުން މަނާކޮށްފައިވާއިރު، ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި އެނާޖީ ޑްރިންކް ގެންގުޅުމާއި ބޭނުންކުރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް