19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ބަލިނުވުމުގެ ރެކޯޑު ބާސާއިން މުގުރާލައިފި

 • ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން
 • ބާސާ އެންމެ ފަހުން ލަލީގާގައި ކުޅުނު 39 މެޗުން ބަލިވެފައެއް ނުވޭ
 • ކުޅުނު 32 މެޗުން ލިބުނު 82 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބާސާ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 އޭޕުރިލް 2018 | ހޮނިހިރު 22:02 | |

މަގުބޫލް

 1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
 2. ކްރައިސްޓްޗާޗް ހަމަލާ؛ މަރާލި މީހުންގެ ތެރޭގައި ނިއުޒިލޭންޑްގެ ގައުމީ ކީޕަރެއް
 3. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
 4. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
 5. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
 6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
 7. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
 8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ބާސާ އަދި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން -- ގެޓީ އިމޭޖާސް

ސްޕެނިޝް ލަލީގާގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ބާސެލޯނާއިން ރެއާލް ސޮސިއެޑާޑްގެ ރެކޯޑު މުގުރާލައިފިއެވެ.

އަމިއްލަ ދަނޑުގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި ރޯމާ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓި ބާސެލޯނާގެ ޓީމުން ދެ ބަދަލެއް ފެނިގެންދިޔައިރު އަނިޔާގެ ސަބަބުން އިވާން ރަކިޓިޗް މި މެޗުގައި ކުޅެފައެއް ނުވެއެވެ. ހަމައެހެންމެ ނެލްސަން ސެމޭޑޯވެސް މި މެޗުގައި ފެނިގެންނުދިޔައިރު އެ ކުޅުންތެރިންގެ ބަދަލުގައި މި މެޗުގައި ފެނިގެންދިޔައީ ފިލިޕޭ ކުޓީނިއޯ އަދި ޕައުލީނިއޯއެވެ. ހަމައެހެންމެ ވެލެންސިއާގެ ޓީމުން ވެސް ވަނީ ދެ ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ފިލިޕޭ ކުޓީނިއޯ ދިން ބޯޅައަކުން އެ ޓީމަށް ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒްއެވެ. މި ލަނޑަށްފަހު ބާސާއިން އެ ޓީމުގެ ކުޅުން ވަރުގަދަކުރިއިރު ވެލެންސިއާއިން ވަނީ ފަހަތަށް ޖެހި ޑިފެންސް ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބާސާއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ 51 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ކުޓީނިއޯ ނަގައިދިން ކޯނަރަކުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީއެވެ. މި ލަނޑަށްފަހު ވެލެންސިއާއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމަށް ވަނީ މެޗުގެ 85 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފައެވެ. ޑެނީ ޕަރޭހޯ ވަނީ މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ވެލެންސިއާއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗާއެކު ބާސާއިން ވަނީ ބަލިނުވެ 39 މެޗު ސްޕެނިޝް ލަލީގާގައި ހަމަކޮށްފައެވެ. އެ ޓީމާ އެއް އަދަދަކަށް އެހެން އެއްވެސް ޓީމަކަށް މި އަދަދަށް މެޗު ހަމަކުރެވިފައެއް ނުވެއެވެ. ހަމައެހެންމެ މި ސީޒަނުގައި ލަލީގާގައި ކުޅުނު އެއްވެސް މެޗަކުން ބާސާ ބަލިވެފައިނުވާއިރު އެ ޓީމުން ވަނީ 1980 ވަނަ އަހަރު ރެއާލް ސޮސިއެޑާޑްއިން ގާއިމުކޮށްފައިވާ ރެކޯޑާއި އަރާހަމަކޮށްފައެވެ.

ސްޕެނިޝް ލަލީގާގައި ކުޅުނު 32 މެޗުން ލިބުނު 82 ޕޮއިންޓާއެކު އެއްވަނައިގައި ބާސާ އޮތްއިރު 65 ޕޮއިންޓާއެކު ވެލެންސިއާ އޮތީ ތިންވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް