19 މާރޗް 2019 | އަންގާރަ | 08 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30

ކްލޯއީ ކާޑޭޝިއަން

ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ

 • ކްލޯއީ ވަނީ އޭޕްރިލް 12ގައި އަންހެން ކުއްޖެއް ވިހާފައި
 • ދަރިފުޅުގެ ބައްޕަގެ 'ވީޑިއޯ'ތަކެއް ވަނީ މީޑިއާގައި ފެތުރިިފައި
 • މިއީ މަންމަ ކްރިސްގެ ރޭވުމެއްކަމަށް ބައެއް މީހުން ގަބޫލު ކުރޭ
އައިޝަތު ޝާނީ | Shaaknee

| 14 އޭޕުރިލް 2018 | ހޮނިހިރު 21:28 | |

މަގުބޫލް

 1. ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
 2. ކްރައިސްޓްޗާޗް ހަމަލާ؛ މަރާލި މީހުންގެ ތެރޭގައި ނިއުޒިލޭންޑްގެ ގައުމީ ކީޕަރެއް
 3. އަދާލަތުގެ ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން ނިންމައިފި
 4. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
 5. ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!
 6. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
 7. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
 8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ކްލޯއީ ކާޑޭޝިއަންއާއި މަންމަ ކްރިސް ޖެނަރ -- ގޫގުލް

ނިމިގެން ދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި، ކްލޯއީ ކާޑޭޝިއަން ވަނީ އަންހެން ކުއްޖަކަށް މަރުހަބާ ކިޔާފައެވެ.

ފުރަތަމަ ދަރިފުޅަށް ކްލޯއީ މަރުހަބާ ކީ އިރު، އޭގެ އެއް ދުވަސް ކުރިން އޭނާގެ ދިރިއުޅުން ވަނީ އެއްކޮޅުން އަނެއްކޮޅަށް ޖެހިފައެވެ.

ދަރިފުޅުގެ އިންތިޒާރުގައި ކްލޯއީ ކްލީވްލޭންޑްގައި ހުރިއިރު، ދަރިފުޅުގެ ބައްޕަ، ކްލީވްލެންޑަށް ކުޅޭ ޓްރިސްޓަން ތޮމްޕްސަން ކުރި ބައެއް 'ވިޔާނުދާ' ކަންތައްތަކެއް މީޑިއާގެ ޒަރިއްޔާއިން ވަނީ ހާމަވެފައެވެ.

ނިއު ޔޯކްގައި ހުރި ޓްރިސްޓަން އަންހެނެއް ގޮވައިގެން އޭނާގެ ހޮޓަލަށްދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

އޭގެ މާ ގިނައިރުތަކެއް ނުވަނީސް ޓީއެމްޒީން ވަނީ މިފަދަ އެހެން ވާހަކައެއް ރިޕޯޓް ކޮށްފައެވެ. ނިމިގެން ދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ކްލޯއީގެ ބަންޑަށް އެންމެ ތިން މަހުގައި، ޓްރިސްޓަން ދެ އަންހެނުންނާއެކު 'ހުކާ ލައުންޖެއް'ގައި ފެންނަ ވީޑިއޯ އެއް ޓީއެމްޒީން ވަނީ އާންމުކޮށްފައެވެ.

މި ވާހަކަ ފެތުރުނުތާ މާ ގިނަ އިރުތަކެއް ނުވެ، އާއިލާގެ އެއްވެސް ފަރާތެއްގެ ބަހެއް ނުލިބެނީސް، ކްލޯއީ ބަނޑުގައި ރިއްސާ ވިހަންވެއްދި ވާހަކަ އިވުނެވެ. އަދި ލޮސް އެންޖެލެސްގައި ދިރިއުޅޭ އާއިލާގެ ގިނަ ފަރާތްތައް ކްލީވްލޭންޑަށް ފުރިއެވެ. ދެން ކްލޯއީ ވިހޭ ވާހަކަ އަޑު އިވުނެވެ. ވިހޭ ގަޑީގައި މަންމަ ކްރިސް ޖެނަރ އާއި ދައްތަތައް ކޯޓްނީއާއި ކިމް ކާޑޭޝިއަން ތިއްބެވެ. އަދި ދަރިފުޅުގެ ބައްޕަ ވެސް ހުއްޓެވެ.

ދެން މިހާރު މިކަމާ ގުޅޭ ގޮތުން އެކި ވާހަކަތައް މީޑިއާގައި ވަނީ ފެތުރިފައެވެ. ކްލޯއީގެ ގިނަ ފޭނުންތައް ދަނީ ޓްރިސްޓަންގެ އިންސްޓްގްރާމް ފޮޓޯތަކުގައި އެއްޗެހި ކިޔަމުން ކޮމެންޓް ކުރަމުންނެވެ. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ކްލޯއީ ވަނީ ޓްރިސްޓަންއަށް މާފުކޮށްފައެވެ. އަނެއްބައި ރިޕޯޓްތަކުގައި ބުނަނީ ކްލޯއީ ބޭނުންވަނީ ދަރިފުޅުގެ 'ސޯލް ކަސްޓަޑީ' ހޯދައިގެން އަނބުރާ އެލްއޭއަށް ދާށެވެ.

މީގެ އިތުރުން ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ މިއީ މަންމަ ކްރިސްގެ 'ޕްލޭން'އެއް ކަމާ ބުނާ ވާހަކަތަކެވެ. ސަބަބަކީ ދުވަސް ވަރަކީ 'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް'ގެ ޝޫޓިންހ ކުރިއަށްދާ ދުވަސް ވަރެވެ. ކްރިސް ޖެނަރއަކީ ހޮލީވުޑްގައި އެންމެ ނުފޫޒް ގަދަ މީހުންގެ ތެރޭގައި މިހާރު ހިމެނޭ ފަރާތްތަކެވެ. ޓީއެމްޒީއަށް 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު ވީޑިއޯއެއް މިހާތަނަށް ރިލީޒް ނުކޮށް ހުރި ސަބަބަކާ މެދު ގިނަ ފަރާތްތަކެއް ދަނީ ސުވާލު ކުރަމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި ކްރިސް ވަނީ ޓީއެމްޒީގެ ހާވީ ލެވިންއާ "ޑީލް"އެއް ހަދާފައެވެ.

ދަރިންގެ ދިރިއުޅުމުގައި ދިމާވާ މިފަދަ ގިނަ ކަންތައްތަކުގައި ކްރިސް ކުށްވެރި ކުރެއެވެ. ކިމް ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ކްރިސް ހަމްފްރީސްއާ ކައިވެނިކޮށް، 72 ދުވަސް ތެރޭ ވަރިވުމުން ވެސް މީހުން ކީ އެއީ ކްރިސްގެ ޕްލޭނެކޭއެވެ. ކުރީގެ ފިރިމީހާ، ބްރޫސް ޖެނަރގެ ދިރިއުޅުމަށް އައި ބަދަލުތަކުގައި ވެސް ގިނަ ފަރާތްތަކެއް ކުށްވެރި ކުރީ އޭނައެވެ.

މިއީ ކްރިސްގެ ރޭވުމަކަށް ވިއަސް ނުވިއަސް، މިކަމުގެ ވާހަކަ 'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަން'ގެ އަންނަ ސީޒަންގައި ހާމަވެގެން ދާނެ ކަމުގެ ޝައްކެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް