23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ގުރު ނަގައިފި

  • ޖުމްލަ 10 ޓީމު ފައިނަލް ބުރަށް ކޮލިފައިވެފައިވޭ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 އޭޕުރިލް 2018 | ހޮނިހިރު 19:07 | |މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން -- އެފްއޭއެމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިޔަށްގެންދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ގުރު ނަގައިފިއެވެ.

ޖުމްލަ 10 ޓީމު ފައިނަލް ބުރަށް ކޮލިފައިވެފައިވާއިރު ފައިނަލް ބުރު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި ބުރުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ ފ. ނިލަންދޫ އަދި ށ.ފޯކައިދޫގައެވެ.

މި ބުރުގައި ވާދަކުރާނީ އަށް ޒޯނުގެ ޗެމްޕިއަނުންނާއެކު މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރެއްގައި ހިމެނުނު ދ.ކުޑަހުވަދޫ އަދި އއ.މާޅޮހެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރެއްގައި ހިމެނުނު ޓީމުތަކުގެ ތެރެއިން ށ.މިލަންދޫ އަދި ގދ.ތިނަދޫ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.

ދެ ގްރޫޕަށް ބަހާލައިގެން މެޗުތައް ކުޅޭއިރު ށ. ފޯކައިދޫ ގައި ކުރިޔަށްދާ ގްރޫޕުގައި ހިމެނޭ ޓީމުތަކަކީ ހއ.މުރައިދޫ އާއި ށ.ފޯކައިދޫ އާއި ބ.ފެހެންދޫ އަދި އދ.ފެންފުށިގެ އިތުރުން އއ.މާޅޮހެވެ. ހަމައެހެންމެ ފ.ނިލަންދޫގައި ކުރިއަށްދާ ގްރޫޕްގައި ހިމެނޭ ޓީމުތަކަކީ ފ.ނިލަންދޫ އާއި ތ.ތިމަރަފުށި އާއި ގދ .ހޯޑެއްދޫ އަދި ސ.ހިތަދޫގެ އިތުރުން ދ.ކުޑަހުވަދޫއެވެ.

ފައިނަލް ބުރުގައި ލީގު އުސޫލުން މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ. ފައިނަލް ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ދެ ގްރޫޕުން ވެސް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ގްރޫޕުގެ ފުރަތަމަ މެޗުގައި ފ. ނިލަންދޫ ނުކުންނާނީ ތ.ތިމަރަފުއްޓާއި ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުގައި ށ.ފޯކައިދޫ ނުކުންނާނީ އދ.ފެންފުއްޓާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް