23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

  • އޭނާ ބުނީ ފިލައިގެން ނޫޅޭ ކަމަށް
  • ގެއަށް ނުދަނީ އަމިއްލަ ޒާތީ ހިތްހަމަ ނުޖެހުމެއްގައި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 14 އޭޕުރިލް 2018 | ހޮނިހިރު 18:35 | |އާއިލާއިން ގެއްލިގެން ހޯދަމުންދިޔަ ހަލީލް ހެންވޭރުގެ ގެއެއްގައި -- ފޮޓޯ : މުރުޝިދް އަބްދުލް ހަކީީމް

ވިލިމާލެއިން އާއިލާއަށް ގެއްލިގެން ހޯދަމުންދިޔަ މީހާ މާލޭގައި އުޅެމުންދަނިކޮށް ފެނިއްޖެ އެވެ.  

ތ. ތިމަރަފުށީ ނައިންފަރުގޭ، އުމުރުން 41 އަހަރުގެ އިބްރާހިމް ހަލީލު ހޯދަމުންދާއިރު ހޮނިހިރު ދުވަހުގެ ހަވީރު މާލޭ ހެންވޭރުގެ ގެއެއްގައި އޭނާ އިންދާ ރާއްޖެޓީވީގެ ރިޕޯޓަރަކަށް ވަނީ އޭނާއާ ބައްދަލުވެފަ އެވެ. ހަލީލު ބުނީ އޭނާ އުޅޭނީ ފިލައިގެން ނޫން ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހު އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި އެއްވުމަށްވެސް ދިޔަ ކަމަށެވެ.

ނަމަވެސް އޭނާގެ ދަރިފުޅު، މަރިޔަމް އައްޒަ "ރާއްޖެއެމްވީ"އަށް ބުނީ އިއްޔެ ހުކުރު ނަމާދަށް ދިޔަ ގޮތަށް ބައްޕަގެ ޚަބަރެއް ނުވާ ކަމަށެވެ. ގެއަށް ނާދެވި ލަސްވާ ނަމަ، ބައްޕަ ގުޅާނެ ކަމަށްބުނެ އެމީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކަސްޓަމްސް ސަރަހައްދުގައި މަޖޫރީންގެ މަސައްކަތް ބަލަހައްޓާ ހަލީލު އޭނާގެ ރައްޓެއްސަކާ އެކު ހެންވޭރުގެ ގެއެއްގައި އިންދާ ފެނިގެން ރާއްޖެޓީވީގެ ރިޕޯޓަރު ސުވާލު ކުރުމުން އޭނާ ބުނީ ގެއިން އައީ އަމިއްލަ ކަމެއްގައި ހިތްހަމަ ނުޖެހުމުން ކަމަށެވެ. އެހެން ނަމަވެސް އެއީ ދަރިންނާމެދު އޮތް ހިތްހަމަނުޖެހުމެއް ނޫން ކަމަށާއި ގެއިން ހުކުރު ދުވަހު އައީ ގޭގެ ކަރަންޓްބިލާ އެހެނިހެން ހަރަދުތައް ކުރަން ފައިސާ ނަގާނެ ގޮތް ބުނެފައި ކަމަށްވެސް ބުންޏެވެ.

އަދި ދަރިންނަށް އޭނާގެ ނަމްބަރަށް ނުގުޅެނީ އެ ފޯނު ނިންވާލާފައި އޮތުމުން ކަމަށްވެސް ހަލީލު ބުންޏެވެ. އަދި އޭނާ މަސައްކަތްކަތައް ވެސް ނުކުންނަ ކަމަށާއި އޭނާ ހޯދަން ޖެހޭނެ ސަބަބެއް ނެތް ކަމަށްވެސް ހަލީލު ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް