24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ނޭމާއަށް އަނިޔާވުން

ނޭމާ ކުޅުމުގެ ތެރެއަށް އެނބުރި އައުން އެއް މަސް ފަސްވެއްޖެ

  • ނޭމާ ބުނީ އަދިވެސް މަހެއްހާ ދުވަސް އެނބުރި އައުމަށް އެބައޮތް ކަމަށާއި ހުރިހާ ކަމެއް ވެސް މިވަގުތު ދަނީ ރަނގަޅަށް ކަމަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 އޭޕުރިލް 2018 | ހޮނިހިރު 18:32 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  8. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި


ނޭމާއަށް އަނިޔާވެފައި -- ގެޓީ އިމޭޖާސް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައުމަށް ކުރިން ބުނި ތާރީހު އެއް މަސް ފަސްވެއްޖެއެވެ.

ނޭމާއަށް އަނިޔާވީ ފްރެންޗް ލީގުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭނާއަށް މި މެޗުގައި އަނިޔާވި ނަމަވެސް ޕީއެސްޖީއިން އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރިއެވެ. ނޭމާގެ ފަޔާއި ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ތިން މަހަށް ކުޅުމާއި ދުރަށް ދާންޖެހޭނެ ކަމަށް އޭރު ޕީއެސްޖީގެ މެޑިކަލް ޓީމުން ބުނެފައިވެއެވެ. ހަމައެހެންމެ މި އަނިޔާގެ ސަބަބުން އޭނާއަށް ރަޝިއާގައި އޮންނަ ވޯލްޑް ކަޕުން ބަޔެއް ގެއްލިދާނެ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެފައިވެއެވެ. އޭނާ މިވަގުތު ހުރީ އެ އަނިޔާއަށް ފަރުވާ ހޯދުމަށް އަމިއްލަ ގައުމުކަމަށްވާ ބްރެޒިލްގައެވެ.

ޕީއެސްޖީއިން ނެރުނު ބަޔާނެއްގައި ވަނީ ކުރިޔަށް އޮތް 10 ދުވަހުގެ ތެރޭގައި ނޭމާ ކުޅުމުގެ ތެރެއަށް އަންނާނެ ދުވަހެއް ޔަގީނުން ވެސް ބުނަން އެނގޭނެ ކަމަށާއި އޭނާގެ ރިކަވަރީ ކުރިޔަށްދަނީ ޓީމުން އުއްމީދުކުރި ގޮތަށް ކަމަށެވެ.

އެހެން ނަމަވެސް ނޭމާ ބުނީ އަދިވެސް މަހެއްހާ ދުވަސް އެނބުރި އައުމަށް އެބައޮތް ކަމަށާއި ހުރިހާ ކަމެއް ވެސް މިވަގުތު ދަނީ ރަނގަޅަށް ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ބުނެފައިވަނީ ތިން ހަފްތާތެރޭ ނޭމާ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ކަމަށެވެ.

އެޕްރީލް މަހުގެ 18 ވަނަ ދުވަހު ފްރެންޗް ކަޕްގެ ސެމީގައި ސިއެންއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓު ނުވެދާނެ ކަމަށާއި އެހެން ނަމަވެސް އެ މުބާރާތުގެ ފައިނަލުން ޖާގަ ލިބިއްޖެނަމަ މޭ މަހުގެ އަށްވަނަ ދުވަހު އޮންނަ ފައިނަލްގައި އޭނާ ފެންނާނެ ކަމަށް އެމެރީ ބުނެފައިވެއެވެ. ވޯލްޑް ކަޕް ހުޅުވުމުގެ ކުރިން ކްރޮއޭޝިއާ އަދި އޮސްޓްރީއާ ދެކޮޅަށް ބްރެޒިލް އެކުވެރި ކަމުގެ މެޗުތަކެއް ވެސް ކުޅެނޭއެވެ. އެންމެފަހުން ޖަރުމަނު އަދި ރަޝިއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުތަކުގައި ނޭމާ ކުޅެފައެއް ނުވެއެވެ.

ބްރެޒިލްގެ ގައުމީ ޓީމުން އަންނަނީ ޕީއެސްޖީގެ ޑޮކްޓަރުންނާއެކު ނޭމާގެ ރިކަވަރީގެ ކަންކަން ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ.

ނޭމާއަށް އަނިޔާވެ، ކުޅުމާއި ދުރުގައި ހުރި ދުވަސްވަރު ޕީއެސްޖީ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުން ކަޓާފައެވެ. ރެއާލް އަތުން ބަލިވެ އެ ޓީމު ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް އަދިވެސް ދެ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.ޕީއެސްޖީ މިވަގުތު އޮތީ ފްރެންޗް ލީގުގެ އެއްވަނައިގައެވެ. ނޭމާ ނެތި އެ ޓީމު ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް