23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

ސިޔާދު ޤާސިމަށް ދައުވާކުރުން ރަނގަޅެއް ނޫން، އެއީ ހުތުރުކަމެއް: ރައީސް ނަޝީދު

  • ސިޔާދުގެ މައްޗަށް ދައުވާކުރުމަކީ ވަރަށް ހުތުރުކަމެއް
  • އަޅުގަނޑުމެންގެ ތަފާތުތައް ދަރިންނާއި ހަމަޔަށް ގެންދިޔުން ބުއްދިވެރިއެއް ނޫން
  • ސިޔާދު ވަގުތުން ދޫކޮށްލުމަށްވެސް ގޮވާލެއްވި
މިއުވާން މުހައްމަދު | Miuvaan

| 14 އޭޕުރިލް 2018 | ހޮނިހިރު 17:41 | |



ސިޔާދު ޤާސިމް ކޯޓަށް ގެނައުމަށް ދޫނިދޫއިން މާލެ ގެންނަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ސިޔާދު ޤާސިމްގެ މައްޗަށް ދައުވާކުރުމަކީ އެއް ގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ހޮނިހިރު ދުވަހުގެ ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާދަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި، އޭނާގެ މައްޗަށް ދައުވާ ކުރުމަކީ ވަރަށް ހުތުރުކަމެއް ކަމަށް ރައީސް ޔާމީނަށް ދަންނަވާ ކަމަށެވެ. 

"އަޅުގަނޑުމެންގެ ދަރިންގެ ހިތްވަރު ހުންނާނެ، އެކަމަކު އަޅުގަނޑުމެންގެ ތަފާތުތައް ދަރިންނާއި ހަމަޔަށް ގެންދިޔުން ބުއްދިވެރިއެއް ނޫން،"ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވަނީ ސިޔާދު ވަގުތުން ދޫކޮށްލުމަށް ވެސް ގޮވާލައްވާފައެވެ. ރައީސް ނަޝީދު ވަނީ ސިޔާދު ހައްޔަރުކުރުމާއި އެކު ފެބްރުއަރީ 7 ވަނަ ދުވަހު ވެސް އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. ސިޔާދުގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އެގޮތުން ވިލާ ކުންފުނި މެދުވެރިކޮށް ވެރިކަން ބަދަލުކުރުމަށް އެކި ފަރާތްތަކަށް ރިޝްވަތު ދިން ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ ކޮޓަރިތެރެެއިން ފެނުނު ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގެ ލެޓަރ ހެޑްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ސޮއި ކޮށްފައިވާ ސިޓީއެއް ފެނިފައިވާ ކަމަށާއި، އެ ސޮޔަކީ ސިޔާދުގެ ސޮއިކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުވާ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Fathun

1 ހަފްތާކުރިން

Muvahzafun nah musaara nudhy mahuge 15ah dhiyairuvx muvahzafunah midhey aniyaage badhalu siyaadhaa gasim h dhoonukhleeyaa muvahzafu nag rangalhee

0
0