12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

މައުމޫން

ބްރެޑް ޕިޓް ހުރީ ވަރަށް ބިރުން، ޢާއްމުންނަށް އަދި ޙަޤީޤަތް އެނގޭނެ: އެންޖެލީނާ ޖޯލީ

އާލާ އިބުރާހިމް | aalu_aala

| 7 ޖެނުއަރީ 2017 | ހޮނިހިރު 05:42 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


ބްރެޑް ޕިޓްއާއި އެންޖެލީނާ ޖޯލީ -- ގޫގުލް

ހޮލީވުޑްގެ އެންމެ މަޝްހޫރު އެއް ސެލެބްރިޓީ ކަޕްލް އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ވަރީގެ ކަންތައް ފެށުނީއްސުރެ މިއަދާ ހަމައަށް އެދެމީހުން އެކަކު އަނެކަކަށް ރައްދުކުރާ ބަހުގެ ޙަމަލާތަކަށް ހުއްޓުމެއް ނާދެއެވެ. އެއްދުވަހުން އަނެއް ދުވަހަށް ހޫނުވަމުން އަންނަ ބަހުގެ ޙަމަލާތައް މިފަހަރު އަމާޒުވީ އެންޖެލީނާގެ ފަރާތުން ބްރެޑް ޕިޓްއަށެވެ.

ދާދި ފަހުން އޮތް ކޯޓު އަޑުއެހުމަކަށް ފަހު ކޯޓުން ހުށަހެޅި ލިޔެކިޔުންތަކާ ޙަވާލާދީ ޓީއެމްޒީން ބުނެފައިވަނީ ބްރެޑް ޕިޓް ހުރީ ޢާއްމުންނަށް ޙަޤީޤަތް އެނގިދާނެތީ ވަރަށް ބިރުން ކަމަށާއި ވަރީގެ މައްސަލަ އާއި ދަރިންގެ ކަސްޓަޑީ މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތައް "ސީލް" ކޮށްދިނުމަށް ބްރެޑް ޕިޓް ތަކުރާރުކޮށް އެދިފައިވާ ކަމަށެވެ.

މިޚަބަރު ފެތުރިފައި މިވަނީ ބްރެޑް ޕިޓް އޭނާގެ ވަކީލުން މެދުވެރިކޮށް އެ ލިޔެކިޔުންތައް "ސީލް" ކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ. "ސީލް" ކޮށްދިނުމަށް އެދިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި އެންޖެލީނާ ފައިލްކޮށްފައިވާ ހަ ކުދިންގެ ވަގުތީ ކަސްޓަޑީ އެއްބަސްވުން ހިމެނެއެވެ. ދަރިންގެ ކަސްޓަޑީގެ އެއްބަސްވުން އެންޖެލީނާ ކޯޓަށް ހުށަހެޅުމުގެ ހަފްތާތަކެއް ކުރިންވެސް ބްރެޑް ޕިޓްގެ ޤާނޫނީ ޓީމުން ވަނީ ލިޔެކިޔުންތައް "ސީލް" ކޮށްދިނުމަށް އެދި ކުއްލި އަޑުއެހުމެއް ބޭއްވުމަށް އެދިފައެވެ. އެހެންނަމަވެސް، ކޯޓުގެ ޤާޒީ އެ އެދުމަށް އިންކާރުކުރީ، އެއީ އެހާ ބޮޑު އެމަޖެންސީއެއް ކަމަށް ޤާޒީއަށް ފެނިވަޑައިނުގަތީމަ ކަމަށް ޚަބަރުތައް ބުނެއެވެ.

ބްރެޑް ޕިޓްގެ ވަކީލުން ބުނާ ގޮތުން، އެ ލިޔެކިޔުންތައް ސީލް ކޮށްދިނުމަށް އެދިފައިވަނީ، އެންޖެލީނާ ހުށަހަޅާފައިވާ ލިޔެކިޔުންތައް މެދުވެރިކޮށް ދަރިންގެ މުހިއްމު މަޢުލޫމާތުތައް ޢާއްމުކޮށް ހާމަކޮށްފައިވާތީއެވެ. އެގޮތުން، ހުށަހަޅާފައިވާ ލިޔުންތައް މެދުވެރިކޮށް ދަރިންގެ ތެރަޕިސްޓުންގެ ނަމާއި، ނަފްސާނީ ޞިއްޚީ މާހިރުންގެ ނަންތައް ހާމަކޮށްފައިވާ ކަމަށް ބްރެޑް ޕިޓްގެ ވަކީލުން ތުހުމަތު ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް