24 އޭޕުރިލް 2019 | ބުދަ | 03 ބުރުނު
17 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވ

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން ދަނީ ޤައުމުތައް ދަރަނީގައި ބަނދެލަމުން: އައި.އެމް.އެފް

  • ރާއްޖެއަކީ ބެލްޓް އެންޑް ރޯޑްގެ ބައިވެރިއެއް
  • ރާއްޖޭގެ ބޭރު ދަރަނީގެ ބޮޑު ބައި މިހާރުވެސް ދަރާ އޮތީ ޗައިނާއަށް
މިއުވާން މުހައްމަދު | Miuvaan

| 14 އޭޕުރިލް 2018 | ހޮނިހިރު 16:54 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  4. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  5. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  7. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  8. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު


މާލެ-ހުޅުލެ ބްރިޖަކީވެސް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބައެއް -- ފޮޓޯ : ރާއްޖެ އެމްވީ

ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްގެ 'ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް'ގެ ސަބަބުން ޤައުމުތައް ދަރަނިން ބަނދެވެމުންދާ ކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާ އައި.އެމް.އެފްގެ ވެރިޔާ ކްރިސްޓީން ލަގާޑް ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި އޮތް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއާއި ބެހޭ ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެވެ. 1 ޓްރިލިއަން ޑޮލަރުގެ އަގު ބޮޑު މި ޕްރޮޖެކްޓްގެ ދަށުން ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގައި އުމްރާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަށް ޗައިނާއިން ދަނީ ބޮޑެތި ލޯނުތަކެއް ދެމުންނެވެ. އަދި ބޮޑެތި ލޯނުތައް ނަގާ ޤައުމުތަކަށް ކުދި ކުދި މާލީ އެހީދީގެން 'ޑީލް' ރީތިކުރުމަށް ޗައިނާއިން މަސައްކަތް ކުރާކަމަށް ތަޖުރިބާކާރުން ދަނީ ތުހުމަތު ކުރަމުންނެވެ.

ލަގާޑް ވިދާޅުވީ ޤައުމުތަކުގެ ބޮލުގައި ޗައިނާއިން ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެޤައުމުތަކުގެ ދަރަނި ބޮޑުވެ، ދައުލަތުން ކުރަން ހުންނަ ޚަރަދުތައް ނުކޮށް ލޯނު އަނބުރާ ދެއްކުމަށް ފައިސާ ޚަރަދުކުރަން ޖެހުމާއި، ބެލެންސް އޮފް ޕޭމަންޓްސްގެ މައްސަލަ ކުރިމަތިވަމުންދާ ކަމަށެވެ. އަދި ބޭރުގެ ދަރަނި ބޮޑު ބައެއް ޤައުމުތަކުގައި މިމައްސަލަ ބޮޑުވެފައިވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް އެޤައުމުތަކަށް ލޯނު ދޫކުރަނީ ޗައިނާގެ ސަރުކާރުގެ ބޭންކްތަކުންނެވެ. އަދި ދަރަނި އަދާނުކުރެވުމުގެ ސަބަބުން އެންމެ ފަހު ވަގުތު ޤައުމުތައް ދަރާ އޮންނަނީ ޗައިނާގެ ސަރުކާރަށެވެ.

ޝީ ޖިންގްޕިންގްގެ އިސްނެންގެވުމަކަށް ޗައިނާއިން ކުރިއަށްގެންދާ މިމަސައްކަތުގައި މިހާރު ވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަނީ މައްސަލަތައް ކުރިމަތިވަމުންނެވެ. އެގޮތުން ޕާކިސްތާނުގައި މިދިޔަ ނޮވެމްބަރު މަހު މައްސަލަ ޖެހުނު ޑިއާމާ-ބާޝާ ޑޭމްއަކީ މީގެ އެއް މިސާލެވެ. 14 ބިލިއަން ޑޮލަރުގެ އަގުހުރި މި ޕްރޮޖެކްޓް ހުއްޓާލަން ޖެހުނީ އެ ޑޭމްގެ ހިއްސާ ޗައިނާއިން ބޭނުންވެގެން އުޅޭކަމަށް ޕާކިސްތާނުގެ ފެނާއި ބެހޭ އިދާރާގެ ވެރިޔާ ވިދާޅުވި ހިސާބުންނެވެ. އޭނާ ވިދާޅުވީ އެއީ ޕާކިސްތާނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ.

ސްރީލަންކާގެ ހަންބަންތޯޓާ ބަނދަރަކީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ސަބަބުން ޤައުމުތައް ދަރަނިވެރިވެ، ޗައިނާއަށް ފައިދާވުމުގެ އެންމެ މަޝްހޫރު އެއް މިސާލެވެ. ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކިގެން ސްރީލަންކާގެ ދެކުނުގައި ޗައިނާއިން ޤާއިމްކުރި ހަންބަންތޯޓާ ބަނދަރު ޖެހުނީ 99 އަހަރަށް ޗައިނާއަށް ކުއްޔަށް ދޭށެވެ.

މީގެ އިތުރުންވެސް އޭޝިއާ، އެފްރިކާ އަދި އިރުމަތީ ޔޫރަޕްގައި ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހުނު ބައެއް ޕްރޮޖެކްޓްތައް އެޤައުމުތަކުން ބޭނުންވެގެން ވަނީ ކެންސަލް ކޮށްފައެވެ. އަދި އަނެއް ބައި ޕްރޮޖެކްޓްތައް ވަނީ މަޑުޖައްސާލާފައެވެ. ޕާކިސްތާން ފަދަ ޗައިނާގެ އެހީއަށް ބަރޯސާވެފައިވާ ޤައުމަކުން ވެސް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބައެއްގެ ގޮތުގައި ހިމެނޭ ޕްރޮޖެކްޓެއް ކެންސަލް ކުރުމުން، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި މައްސަލަތައް އުޅޭކަން ހާމަވާ ކަމަށް މުހައްލިލުން ބުނެއެވެ.

ޤައުމުތައް ދަރަނިވެރިވުން ހުއްޓުވުމަށް ބެލްޓް އެންޑް ރޯޑްގެ މަސައްކަތްތައް، ޚާއްސަކޮށް ޤައުމުތަކާއި ގުޅިގެން ކުރާ މަސައްކަތްތައް، ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް އައި.އެމް.އެފްގެ ވެރިޔާ ލަގާޑް ވަނީ ގޮވާލައްވާފައެވެ. އަދި މީގެ އިތުރުން ބެލްޓް އެންޑް ރޯޑްގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގައި ބައެއް ޤައުމުތަކުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިމެނޭކަން ކްރިސްޓީން ލަގާޑް ވަނީ ފާހަގަ ކުރައްވާފައެވެ.

ޤައުމުތައް ދަރަނިވެރިވެދާނެކަމުގެ އިންޒާރު އައި.އެމް.އެފް އިން ދީފައި މިވަނީ ޗައިނާއަށް ދަރާ އޮތް ދަރަނީގެ ސަބަބުން މާލީ ބޮޑު ވަޅުގަނޑަކަށް ވެއްޓިދާނެކަމުގެ ބިރު ހީވެފައިވާ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނޭ ގޮތަށް 8 ޤައުމެއް، އެމެރިކާގެ ތިންކް ޓޭންކަކުން ލިސްޓްކޮށްފައި ވަނިކޮށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް