22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ޕީއެފްއޭ އެވޯޑްސް

ޕީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާނު ކޮށްފި

 • މެންޗެސްޓާ ސިޓީގެ ތިން ކުޅުންތެރިން ނޮމިނޭޓްވި
 • ކޭން އަދި ސަލާހު ވެސް ނޮމިނޭޓްވި
 • މި އެވޯޑަށް ނޮމިނޭޓްވި ހަމައެކަނި ކީޕަރަކީ ޔުނައިޓެޑްގެ ކީޕަރު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 14 އޭޕުރިލް 2018 | ހޮނިހިރު 16:42 | |

މަގުބޫލް

 1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
 2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
 3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
 5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
 6. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
 7. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
 8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


މި މަގާމަށް ނޮމިނޭޓްވި ބައެއް ކުޅުންތެރިން -- އޭޕީ

އިނގިރޭސިވިލާތާއި ވޭލްސްގެ ފުޓްބޯޅަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ފުޓްބޯލްސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ކޮންމެ ސީޒަނެއްގައި ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓު އާންމު ކޮށްފިއެވެ.

މި އަހަރުގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މެންޗެސްޓާ ސިޓީގެ ތިން ކުޅުންތެރިން ކަމަށްވާ ލެރޯއީ ސާނޭ އާއި ކެވިން ޑެބްރައިން އާއި ޑޭވިޑް ސިލްވާ އާއި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހޭއާގެ އިތުރުން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހުއެވެ.

މި ކުޅުންތެރިންގެ ތެރެއިން މި މަގާމަށް އެންމެ ބޮޑަށް ވާދަކުރާ އެއް ކުޅުންތެރިޔަކީ ސިޓީގެ މިޑްފީލްޑަރު ޑެބްރައިންއެވެ. ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ސިޓީ އޮތްއިރު އެ ޓީމުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި 11 ލަނޑު ޖަހައި 15 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ހަމައެހެންމެ އޭނާވަނީ ހަމަލާ އުފެއްދުމަށް ސިޓީގެ ފޯވާޑުންނަށް 102 ފުރުސަތު ތަނަވަސްކޮށްދީފައެވެ. ސިޓީއާ ޑެބްރައިން ގުޅުނީ 2015 ވަނަ އަހަރު ޖަރުމަނުގެ ވޮލްފްސްބާގް ދޫކޮށްލުމަށްފަހު 55 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

މި އެވޯޑު އެންމެ ހައްގުކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ލިވަޕޫލްގެ ފޯވާޑް ސަލާހުއަށެވެ. ލިވަޕޫލްގެ ފޯވާޑް ލައިންގެ އެންމެ މުހިންމު ރޯލު އަދާކުރަމުން އަންނަ ސަލާހު ވަނީ އެ ޓީމަށް ކުޅުނު 33 މެޗުގައި 29 ލަނޑު ޖަހާފައެވެ. އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ލިވަޕޫލްއަށް އޭނާގެ ލަނޑުތަކުން 15 ޕޮއިންޓް ހޯދައިދީފައެވެ. ހަމައެހެންމެ ޕްރިމިއާ ލީގުގައި ލިވަޕޫލްއިން ޖެހި 71 ލަނޑުގައި އޭނާގެ 51 އިންސައްތަ ހިއްސާއެއް އެބައޮތެވެ.

މި ދެ ކުޅުންތެރިން ފަހަތުން މި އެވޯޑު ގެންދާނެ ކަމަށް އެންމެ ބެލެވޭ ކުޅުންތެރިޔަކީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއެވެ. މި ސީޒަނުގެ މިހާތަނަށް ކޭން 25 ލަނޑު ޖަހާފައިވާއިރު މިއީ ޖެހިޖެހިގެން ހަތަރު ސީޒަނުގައި ކޭން މި އެވޯޑަށް ނޮމިނޭޓްވި ފަހަރެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރެއިން ހަތަރު އަހަރު ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ޓީމުގައި ހިމެނުނު މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރ ޑެހޭއާ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރެއެވެ. އުމުރުން 27 އަހަރުގެ ކީޕަރުގެ ފަރާތުން މޮޅު ކުޅުމެއް މި ސީޒަނުގައި ވެސް ފެންނަމުންދާއިރު އޭނާ ވަނީ އެ ޓީމު ކުޅުނު 32 މެޗުގެ ތެރެއިން 16 މެޗުގައި އިދިކޮޅު ޓީމަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ޑެހޭއާ ވަނީ އޭނާއާ އަމާޒުވި 80 އިންސައްތަ ހަމަލާ ދިފާއުކޮށްފައެވެ.

މި މަގާމަށް ދެން ވާދަކުރާ ޑޭވިޑް ސިލްވާ އަދި ސާނޭ ވެސް އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ސާނޭ ވަނީ 13 ލަނޑު ޖަހާ 16 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އުމުރުން 32 އަހަރުގެ ސިލްވާ ވަނީ މި ސީޒަނުގެ މިހާތަނަށް ނުވަ ލަނޑު ޖަހާ 14 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މިދިޔަ އަހަރު މި އެވޯޑު ހޯދީ މިދިޔަ ސީޒަނުގައި ޗެލްސީއަށް ޕްރިމިއާ ލީގު ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކުރި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އެޑަމް

11 މަސް ކުރިން

މިފަހަރު ޔޫރަޕްގެ އެއްވެސް ލީގެއްގަ ހަމަ ޞަލާޙުއާ އެއްފެންވަރުގެ މީހެއް ހަމަ ނެތް

0
0