26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

މައުމޫން

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

އައިޝަތު ޝާނާ | Shaa_Na22

| 7 ޖެނުއަރީ 2017 | ހޮނިހިރު 05:41 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


2016ނިމިގެންދިޔަ ވަނަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

2016 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ސަރުކާރު އިސްވެ އޮވެ ގެނުވި އަހަރެއް ކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ، ދިވެހިރާއްޖޭގެ ހަޔާތުގައި 2016 ވަނަ އަހަރަކީ ސަރުކާރު އިސްވެއޮވެ އެތަކެއް ނޭދެވޭ ގާނޫނުތަކެއް ވުޖޫދަށްގެނެސް ރައްޔިތުން ނާއުންމީދު ކުރުވި އަހަރެއްކަމަށެވެ. އަދި ނިމިގެންދިޔަ އަހަރު ފެނިގެންދިޔައީ ރައްޔިތުންގެ އެތަކެއް ހައްގުތަކެއް ނިގުޅައިގަނެ، މިނިވަންކަމުގައި ތަޅުއަޅުވާފައިވާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބަލާލިކަމުގައިވީ ނަމަވެސް މިއަދު ފެނިގެންދަނީ ހަމަ ކޮންމެ ދާއިރާއެއް ފެއިލްވެފައިވާ މަންޒަރުކަމަށެވެ.

"ޖުމްލަކޮށް ބުނަންޏާ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަމަ އަނދިރި ބަނަ ދަތި އަހަރެއްގެ ގޮތުގަ 2016 ވަނަ އަހަރު ފާހަގަ ކުރެވިގެން ދިޔައީ،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކަށް ބަލާއިރު ވެސް އެ ކުންފުނިތަކުގެ ހާލަތު ދުވަހުން ދުވަހެއް ދަށަށްދާ ކަމަށާއި، އެކަމުގެ ހިތި ނަތީޖާއާ ވަރަށް އަވަހަށް ކުރިމަތިލާން ޖެހޭނެކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމަށް ތިން އަހަރު ފުރިފައިވާއިރު، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދިފައިނުވާކަމަށާއި، އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައިވެސް އެވައުދުތައް ފުއްދޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު މިތިއްބެވި ބޭފުޅުންގެ ބާރުވެރިކަމުގެ ދަށުގަ ރާއްޖޭގަ ހުރި ކުންފުނިތައް ނުހިފެއްޓިގެން ބަނގުރޫޓުވެގެންދިޔަތަން މީގެކުރިން ފެނިގެންދިޔަ، އަނެއްކާވެސް ރާއްޖެމިދަނީ އެދިމާލަށް،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް