23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

މައުމޫން

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

އައިޝަތު ޝާނާ | Shaa_Na22

| 7 ޖެނުއަރީ 2017 | ހޮނިހިރު 05:37 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ޕެންޝަން އޮފީސް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި އެވެ.

 

ފެންޝަން އޮފީހުން ބުނީ، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ގާއިމް ކޮށްފައިވާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އަކީ މި ސްކީމުގެ ބައިވެރިންގެ އަތުން މެނޭޖްމަންޓް ފީއެއް ނަގައިގެން ހިންގާ ގޮތަށް ހަމަޖެހިފައިވާ ސްކީމެއް ކަމަށެވެ. ޕެންޝަނާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) އިން ބާރު ލިބިގެން އެމްއާރްޕީއެސް ހިންގުމަށްޓަކައި ސްކީމުގެ ބައިވެރިންގެ އަތުން ނެގޭ އެޑްމިނިސްޓްރޭޓިވް ފީ އެއްގެ ގޮތުގައި 31 ޑިސެންބަރު 2014 ގެ ނިޔަލަށް ނަގާފައި ވަނީ ކޮންމެ އަހަރަކު އެބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ޖުމްލަ ޢަދަދުގެ %1 ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

 

ފެންޝަން އޮފީހުން ބުނީ މި ޢަދަދު 01 ޖެނުއަރީ 2015 އިން ފެށިގެން %0.9 އަށް ކުޑަކުރުމަށް ފަހު، 01 ޖެނުއަރީ 2017 އިން ފެށިގެން %0.8 އަށް ކުޑަކުރުމަށް އެ އޮފީހުގެ ބޯޑުން މިހާރުވަނީ ނިންމާފަ ކަމަށެވެ.

 

އެމްއާރްޕީއެސް ގެ ބައިވެރިންގެ އަތުން ނެގޭ މިފީއަކީ ޕެންޝަން އޮފީސް ހިންގުމަށާއި، ކަސްޓޯޑިއަންގެ ފީ އަށާއި، އަދި މި ސްކީމް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ތަރައްޤީ ގެނައުމަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް ނެގޭ ފީއެއް ކަމަށް އެ އޮފީހުން ބުންޏެވެ. މިފީއަކީ އަހަރަކު އެއްފަހަރު މުރާޖަޢާ ކުރަމުން އަންނަ ފީއަކަށް ވުމާއިއެކު، ކުރިއަށްއޮތް ތަނުގައިވެސް މިފީއަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި ބަދަލު ގެނެވޭނެ ކަމަށްވެސް ޕެންޝަން އޮފީހުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް