21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

މައުމޫން

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

މުހަންމަދު ވިސާމް | sampathmasiw

| 7 ޖެނުއަރީ 2017 | ހޮނިހިރު 05:36 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


އިލެކްޝަން ކޮމިޝަން -- ގޫގުލް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާނެ ދުވަހެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބަލައި ނިންމުމަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލް އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވަނިކޮށް، ސިވިލް ކޯޓުން ވަނީ ދެ މަސް ދުވަހަށް އިންތިހާބު ފަސްކުރުމަށް އަމުރުކޮށް ހުކުމެއް ނެރެފަ އެވެ. ސިވިލް ކޯޓުގެ ހުކުމް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ފަހުން ކޮމިޝަނުން ވަނީ މައްސަލަ އަނބުރާ ނަގާފަ އެވެ.
 

އިންތިހާބު ފަސްކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރީ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ފެކްޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ޕާޓީގެ މެންބަރުންގެ ޑޭޓާ ބޭހާއި މައުލޫމާތުތައް ނެތުމުގެ ސަބަބުން އިންތިހާބަށް ތައްޔާރުވެވޭނެ ގޮތެއް ނުވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ޕީޕީއެމަށް ބައިވެރިނުވެވޭ ގޮތަށް އިންތިހާބު ބޭއްވުމަކީ ދައުލަތުގެ އާއްމު މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށެވެ. އަދި އެހެންކަމުން ޕީޕީއެމަށް ތައްޔާރުވުމަށް ދެ މަސް ލިބޭނެ ފަދަ ތާރީޚެއްގައި އިންތިހާބު ބޭއްވުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

 

ސިވިލް ކޯޓުގެ ހުކުމާއެކު ގާނޫނު ބުނާ މުއްދަތުގައި އިންތިހާބު ބޭއްވުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފަ އެވެ.

 

އިންތިހާބު ބާއްވާނެ ދުވަހެއް އިލެކްޝަންސް ކޮމިޝަނުން އިއުލާނުނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން އިންތިހާބީ ނިޒާމު ގަނޑުބަނޑު ކޮށްލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު މުހައްމަދު ޝަކީލު ބުރާސްފަތި ދުވަހު ވިދާޅުވީ ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން ގާނޫނީ ގޮތުން ސާފުކުރަންޖެހޭ ކަންތައްތައް ސާފުކުރުމަށް ފަހު އިންތިހާބު ބާއްވާނެ ދުވަހެއް އިއުލާނު ކުރާނެ ކަމަށެވެ.

 

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި، ސިވިލް ކޯޓުގެ ހުކުމުގައި ހުރި ބައެއް ކަންކަން ސާފުކުރުމަށް އެ ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. ކޮމިޝަނުން އެގޮތަށް ބުނީ، ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އަނބުރާ ނެގުމަށް ފަހު، ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ކުރިއަށްދާން ނިންމައި ނެރުނު ބަޔާނުގަ އެވެ.

 

ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ގާނޫނުގައި ލާޒިމްކުރާ މުއްދަތަށް ވުރެ ފަހުން އިންތިޚާބު ބާއްވަން އަންގައި، ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ފެބްރުއަރީ މަހު ހަމަވިޔަސް އާ ކައުންސިލަރުން އިންތިޚާބު ކުރެވެން ދެން އެ ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް