26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ވޯލްޑް ކަޕް 2022

ޤަތަރުގައި އޮންނަ ވޯލްޑް ކަޕަށް 48 ޓީމު ގެންދަން ފީފާއިން ވިސްނަނީ

  • މިހާރު ވޯލްޑް ކަޕްގެ ފޯމެޓް އޮންނަ ގޮތުން ކޮންމެ މުބާރާތެއްގައި ވެސް ބައިވެރިވެވެނީ 32 ޓީމަށް
  • 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން 48 ޓީމަށް މުބާރާތުގައި ބައިވެރިވެވޭނެ
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 13 އޭޕުރިލް 2018 | ހުކުރު 18:42 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  4. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  5. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު
  6. ކަސްޓަމްސްގެ އިސް މުވައްޒަފުންތަކެއް އިންތިޚާބީ ރައީސް އިބޫއާ ބައްދަލުކޮށްފި
  7. މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟
  8. ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ، ޝްރެޑް ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


ޤަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ލޯގޯ -- ގޫގުލް

ޤަތަރުގައި 2022 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގައި 48 ޓީމު ބައިވެރިކުރުމަށް ވިސްނަމުންދާ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނެފިއެވެ.

މިހާރު ވޯލްޑް ކަޕްގެ ފޯމެޓް އޮންނަ ގޮތުން ކޮންމެ މުބާރާތެއްގައި ވެސް ބައިވެރިވެވެނީ 32 ޓީމަށެވެ. އެހެން ނަމަވެސް މިދިޔަ ޖެނުއަރީ މަހު ފީފާއިން ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން 48 ޓީމަށް މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ފޯމެޓް ބަދަލުކުރުމަށް ނިންމާފައެވެ. ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅައިގެ މައި އިދާރާ ކޮމްބެލްއިން ވަނީ ޤަތަރުގައި އޮންނަ ވޯލްޑް ކަޕުން ފެށިގެން އެގޮތަށް އަމަލުކުރުމަށް ފީފާގައި އެދިފައެވެ.

ބީބީސީ ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޤަތަރުގައި ވޯލްޑް ކަޕް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކޮމިޓީއާއެކު ފީފާއިން ވަނީ ނުރަސްމީ ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފައެވެ. އިތުރު 16 ޓީމަށް އިންތިޒާމްތައް ހަމަޖެއްސުމަށް ޤަތަރު އޮތީ ތައްޔާރަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅޭގޮތުން ފީފާއިން ހާއްސަ ދިރާސާއެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ފީފާގެ ރައީސްކަން ކުރަމުން އަންނަ ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މިއީ ވަރަށް ތަފާތު ހިޔާލެއް ކަމަށާއި އެކަން ރަނގަޅަށް ދިރާސާ ކުރުމަށްފަހު އެގޮތަށް ގަވާއިދު އިސްލާހުކުރަން ޖެހިއްޖެނަމަ އެކަން ކުރަން ވެސް ތައްޔާރު ކަމަށެވެ. އޭނާ ވިދާޅުވީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު އިތުރުކުރުމަށް އޭނާ ތާއިދުކުރާ ކަމަށާއި އެއީ ފުޓްބޯޅައަށް ލިބޭ ކުރިއެރުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

2026 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކުރި ގައުމުތަކުން ވަނީ 12 ސްޓޭޑިއަމް ބިނާކުރާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ޤަތަރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބިނާކުރަމުންދަނީ އަށް ސްޓޭޑިއަމްއެވެ. ޤަތަރުގައި އޮންނަ ވޯލްޑް ކަޕް ކުރިޔަށްދާނީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައެވެ. މުބާރާތް ބާއްވާ ދުވަސްތައް ބަދަލުކުރީ ހޫނު ގަދަވާނެ ކަމަށް ބެލުމަށް ފަހު ކުޅުންތެރިންނާއި ސަޕޯޓަރުން އަދި އޮފިޝަލުންގެ ރައްކާތެރިކަމަށް ބެލުމަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް