23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

މައުމޫން

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ޖެނުއަރީ 2017 | ހޮނިހިރު 05:34 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ރާއްޖެ އެތެރެ ކޮށްފައިވާ ސްޓޯބެރީ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ނިމިގެންދިޔަ 2016  ވަނަ އަހަރު ރާއްޖެ އެތެރެކުރި ސްޓޯބެރީގެ އަދަދު އިތުރު ވެއްޖެ  އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގެ ތަފާސް ހިސާބު ތަކުން ދައްކަ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއަށް 73،111.38 ކިލޯގެ ސްޓޯބެރީ އެތެރެކޮށްފައިވެއެވެ.

މިއީ 2014 އަދި 2015 ވަނަ އަހަރާއި އަޅާ ބަލާއިރު އިތުރު އަދަދެއް ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްޓޯބެރީ ވަނީ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ސްޓޯބެރީ އެތެރެކޮށްފައިވަނީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސުންނެވެ. އެޤައުމުން ވަނީ 27،816.98 ކިލޯގެ ސްޓޯބެރީ އެތެރެކޮށްފައިވެއެވެ. މިއީ ރުފިޔާއިން ބަލާއިރު 4 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްޓޯބެރީއެވެ. ނަމަވެސް މިއީ ފާއިތުވެދިޔަ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ރާއްޖެއަށް އެތެރެކުރި ސްޓޯބެރީގެ ޢަދަދުގެ ނިސްބަތުން ދަށް ޢަދަދެކެވެ.

2 ވަނައަށް އެންމެގިނައިން ސްޓޯބެރީ އެތެރެކޮށްފައިވަނީ އޮސްޓްރޭލިއާއިންނެވެ. އެޤައުމުން ވަނީ ރާއްޖެއަށް 13،339.02 ކިލޯގެ ސްޓޯބެރީ އެތެރެކޮށްފައިވެއެވެ. މިއީ 2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްޓޯބެރީއެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ސްޓޯބެރީ އެތެރެކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޤައުމަކީ ފްރާންސެވެ. 2014 ވަނަ އަހަރު ފްރާންސުން ރާއްޖެއަށް އެތެރެކޮށްފައިވަނީ 894 ކިލޯގެ ސްޓޯބެރީއެވެ. އަދި 2015 ވަނަ އަހަރު އެތެރެކޮށްފައިވަނީ 1،070 ކިލޯގެ ސްޓޯބެރީއެވެ. މިޢަދަދު 2016 ވަނަ އަހަރު މިވަނީ 13،181.69 ކިލޯއަށް އިތުރުވެފައެވެ. އެހެންކަމުން ފްރާންސުން މިއަހަރުގެ ރާއްޖެއަށް އެތެރެކުރި ސްޓޯބެރީގެ ޢަދަދު މިވަނީ 12،000 ކިލޯ އިތުރުވެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް