11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

އެފްއޭއެމް

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

  • ބައްސާމްގެ ޓީމުގައި މެމްބަރު ހުސައިން އިސްދައުރެއް އަދާކުރެއްވި
ނާފިއު ރަޝީދު | NaphiuR

| 7 ޖެނުއަރީ 2017 | ހޮނިހިރު 05:33 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


އެފްއޭއެމްގެ އިންތިހާބުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް ކަމުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އިސްތިއުފާ ދެއްވައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އެ އެސޯސިއޭޝަންގެ އިންތިހާބު ކާމިޔާބުކުރެއްވި އިރު، ބައްސާމްގެ ޓީމުގައި އިސްދައުރެއް އަދާކުރެއްވި މެންބަރުންގެ ތެރޭގައި ހުސައިން ހިމެނިވަޑައިގެންނަވަ އެވެ.

އިންތިހާބުގެ ކުރިން ބައްސާމްގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބު ކާމިޔާބުވުމުން އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ މެންބަރުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ބައްސާމްގެ ޓީމުގައި ސިޔާސީ ފަރާތްތަކުގެ ގޮތުގައި ސިފަނުވަނީ އެންމެ ދެ ބޭފުޅުންނެވެ. އެއީ ބައްސާމާއި އޭނާގެ ނައިބު ރައީސާ އައިޝަތު ނާޒިމާ އެވެ.

ބައްސާމްގެ އެކްސްކޯގައި މެންބަރުންގެ ގޮތުގައި ތިއްބެވީ މޯލްޑިވްސް ގޭސް ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

ނޮވެމްބަރު މަހު ބޭއްވި އެފްއޭއެމްގެ އިންތިހާބު ބައްސާމް ކާމިޔާބު ކުރެއްވީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގް (ޓޮމް)އާ ވާދަކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް