19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

މާގިރި ހޮޓެލް

މާގިރި ހޮޓެލް ރަސްމީކޮށް ހުޅުވައިފި

  • މިއީ ހަތަރު ތަރީގެ ތަނެއް
  • އޭޕްރިލް 13 ވަނަ ދުވަހު ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދޭ
ސިމާހާ ނަސީމް | sim_kamana

| 13 އޭޕުރިލް 2018 | ހުކުރު 04:33 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


މާގިރި ހޮޓެލް -- ފޮޓޯ : ސިމާހާ ނަސީމް

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތީގައި ހަދާފައިވާ މާގިރި ހޮޓެލް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ހޮޓަލަކީ ކްރައުން ކޮމްޕެނީ އާއި ލިލީ ހޮޓެލްސް ގުޅިގެން ތަރައްޤީކޮށްފައިވާ ތަނެކެވެ.

ނުވަ ބުރީގެ މި ހޮޓަލުގައި ހަތަރު ކެޓަގަރީއެއްގެ ޖުމްލަ 52 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި އެގްޒެކެޓިވް ހަ ކޮޓަރި އާއި ޖޫނިއާ ހަ ސުއިޓް އާއި ޕްރެމިއާ 20 ކޮޓަރީގެ އިތުރުން އޯޝަން ވިއު 20 ކޮޓަރި ހިމެނެއެވެ.

މާގިރި ހޮޓެލްގެ ފަރާތުން ބުނީ އެ ހޮޓެލްގައި 100 މީހުންގެ ޖާގައިގެ ރެސްޓޯރެންޓަކާއި 62 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެއް އަދި ކެފޭއަކާއި ކޮންފަރެންސް ހޯލަކާއި މީޓިން ރޫމެއްގެ އިތުރުން ފިޓްނަސް ސެންޓަރެއް ވެސް ހިމެނޭ ކަމަށެވެ.

ހަތަރު ތަރީގެ ހޮޓެލްގެ ކޮޓަރީގެ އަގު ފެށެނީ ރެއަކަށް 120 ޑޮލަރުގެ ރޭޓުންނެވެ.

މާގިރި ހޮޓެލް އިން އިތުރަށް ބުނީ އޭޕްރީލް 13 ވަނަ ދުވަހު އެ ހޮޓެލްގައި ދިވެހިންނަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދާނެ ކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން އެ ދުވަހުގެ ނާސްތާ އާއި މެންދުރު ކެއުން ހެޔޮ އަގެއްގައި ލިބިގެންދާނެ ކަމަށެވެ.

އެ ހޮޓަލްގެ ދެ މީޓިން ރޫމާއި ރެސްޓޯރެންޓްގެ އިތުރުން ޓެރަސް ވެސް އިވެންޓުތަކަށް ދޫކުރާނެ ކަމަށް މާގިރި ހޮޓެލް އިން ބުންޏެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހެޑްއޮފީހާ ވަށްތަރީ

5 މަސް ކުރިން

ސީއައި އޭ ގެ ހެޑްއޮފީހާ ވަށްތަރީ

0
0