13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

މައުމޫން

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

މުހަންމަދު ވިސާމް | sampathmasiw

| 7 ޖެނުއަރީ 2017 | ހޮނިހިރު 05:26 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ފްލެޓްތަކުގެ ބޮޑު ޑައުން ޕޭމެންޓަށް ލުއިއެއް ހޯދުމަށް ކުރި މުޒާހަރާގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ކުރީގެ އަރަބިއްޔާ ސްކޫލާ ގާކޮށި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ބޮޑު ޑައުން ޕޭމެންޓަށް ލުއިއެއް ހޯދުމުގެ ގޮތުން ފްލެޓް ލިބުނު 100 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައީސް އޮފީހަށް ހުށައެޅުމުން ހައުސިންގް މިނިސްޓްރީއަށް ގޮސްގެން މައްސަލަ ހައްލުކުރުމަށް ރައީސް އޮފީހުން ބުނެފިއެވެ.

 

ދެ މިލިއަން ރުފިޔާއަށް ފްލެޓް ވިއްކަން ނިންމުމާ ގުޅިގެން ފުލެޓް ލިބުނު 100 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ކަމާބެހޭ މުވައްސަސާތަކަށް ރައީސް އޮފީހަށް އަދި ހިއުމަން ރައިޓްސް ކޮމިޝަނަން ހުށައެޅި ޕެޓީޝަންގެ ޖަވާބު ރައީސް އޮފީހުން ބުރާސްފަތި ދުވަހު ފްލެޓް ލިބުނު މީހުންނަން ވަކިވަކިން ދެމުން އަންނަ ކަމަށް އެމީހުން ބުންޏެއެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ފްލެޓް ލިބުނު މީހަކު ބުނީ ރައީސް އޮފީހުގެ ޖަވާބުގައި  ބުނެފައި ވަނީ ފްލެޓްތަކުގެ މައްސަލަތަށް ބަލަމުން އަންނީ ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް ވާތީ އެ މިނިސްޓްރީއަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެ މައްސަލަ ހައުސިންގް މިނިސްޓްރީގެ ސަމާލު ކަމަށް ރައީސް އޮފީހުގެ ފަރާތުން ގެންނާނެ ކަމަށް ސިޓީގައި ބުނެފައިވާ ކަމަށެވެ.

 

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އާންމު މައްސަލަހަތަށް ފުށުއަރާފާނެތީ،  އާންމު ފަރާތްތަކަށް ރައީސް އޮފީހަށް ފޮނުވާ ސިޓީ އާއި ޕެޓިޝަންތަކުގެ ޖަވާބު އެ އޮފީހުގެ ފަރާތުން މީޑިއާތަކަށް ހިއްސާ ނުކުރާ ކަމަށެވެ.

 

ފްލެޓް ލިބުނު މީހުންނަން ފްލެޓް ދޭން ސަރުކާރުން ނިންމާފައި ވަނީ ފަސް އަހަރު ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވުމުންނެވެ. އަދި ޑައުންޕޭމެންޓެއްގެ ގޮތުގައި 400،000ރ. ދައްކަން ޖެއެވެ. ލޯނު ދެއްކުމަށް މަހެއްގެ މައްޗަށް 33،000ރ. ދައްކަންޖެހެއެވެ. ގެދޮރު ގަންނަން ބޭންކުތަކުން ލޯނު ދޭ އާންމު އުސޫލުން ލޯނަން ޝަރުތު ހަމަވާ އާމްދަނީއެއް ގިނަ މީހުންނަކަށް ނުލިބެއެވެ. ލޯނަން ޝަރުތު ހަމަވާ މީހުން ދެ މިލިއަން ރުފިޔާގެ ލޯނު އަބުރާ ދައްކައި ނިމޭއިރު ގާތްގަނޑަކަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަރައެވެ.

މިކަމާ ގުޅިގެން ފްލެޓް ލިބުނު ފަރާތަށް ހުށައެޅި ޕެޓިޝަނަން ރަސްމީކޮށް ޖަވާބު ދީފައި ވަނީ ރައީސް އޮފީހުން އެކަންޏެވެ.

 

އެމްޑީޕީ ސަރުކާރުން 2012 ވަނަ އަހަރު ފްލެޓެއްގެ އަގު ކަމަށް ނިންމާފައި ވަނީ 20 އަހަރުގެ ތެރޭގައި 1.7 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެއީ ގާތްގަޑަކަށް މަހެއްގެ މައްޗަށް 9،000ރ. އެވެ. ޑައުންޕޭމެންޓްގެ ގޮތުގައި ހަތަރު މަހުގެ ކުލި ދެއްކުމަށް ފަހު ބާކި ބައި 20 އަހަރަށް ބަހާއިގެން ދައްކާ ގޮތަށް އެމްޑީޕީގެ ސަރުކަރުން އޭރު ހަމަޖައްސާފައިވާ ކަމަށް އެ ޕާޓީން ބުންޏެއެވެ. އަދި ކުރިން ކަނޑައަޅާފައިވާ އުސޫލުން ފްލެޓްތައް ހެޔޮ އަގުގައި ދޫކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. ފްލެޓްތަކުގެ ފެންވަރު ދައްވެގެން ވެސް ވަނީ ޝަކުވާ ހުށަހަޅާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް