16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:16
ފަތިސް 05:01

ވެލިގާ ހާޑްވެއަރ

ވެލިގާ ހާޑްވެއަރ އިން ދިހައެއްވީގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

 • 25 ޕަސަންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ
 • ޕްރޮމޯޝަން ކުރިއަށްދާނީ މެއި މަހުގެ ނިޔަލަށް
 • ސަތޭކަ ރުފިޔާ އަށްވުރެން މަތިން ކުރާ ކޮންމެ ވިޔާފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ
ސިމާހާ ނަސީމް | sim_kamana

| 12 އޭޕުރިލް 2018 | ބުރާސްފަތި 18:01 | |

މަގުބޫލް

 1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
 2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
 3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
 4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
 5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
 6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
 7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
 8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ވެލިގާ ހާޑްވެއަރ -- ފޮޓޯ : ސިމާހާ ނަސީމް

ވެލިގާ ހާޑްވެއަރ އަށް ދިހަ އަހަރު ފުރުމާއި ދިމާކޮށް އަދި ރޯދަ މަހަށް ހާއްސަކޮށްގެން "ދިހައެއްވީ ޕްރޮމޯޝަން" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

ވެލިގާ ހާޑްވެއަރ އިން ބުނީ 100،000 ރުފިޔާގެ އަގުހުރި އިނާމާއި، ތަފާތު ޕްރޮޑަކްޓްތަކުން 25 ޕަސަންޓާއި ހަމައަށް ޑިސްކައުންޓް ކަނޑައެޅިފައިވާ ކަމަށާއި ޕްރޮމޯޝަން ކުރިއަށްދާނީ މެއި މަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަންގައި ވެލިގާ ހާޑްވެއަރގެ ކޮންމެ ފިހާރައަކުން ވިޔަފާރި ކުރިއަސް ކޫޕަނެއް ލިބޭނެއެވެ. މީގެ އިތުރުން ސަތޭކަ ރުފިޔާއަށް ވުރެން މަތިން ކުރާ ކޮންމެ ވިޔާފާރީއަކަށް އިތުރު ކޫޕަނެއް ލިބޭނެއެވެ.

ވެލިގާ ހާޑްވެއަރގެ މާކެޓިންގ މެނޭޖަރ އިރުފާއު އަބްދުﷲ ވިދާޅުވީ ކިތަންމެ ކުޑަ ވިޔަފާރީއަކަށް ވެސް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި ޕްރޮމޯޝަން ނިމޭތާ ހަފްތާއެއްގެ ތެރޭގައި ގުރު ނެގުން އޮންނާނެ ތާރީހެއް އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

ވެލިގާ ހާޑްވެއަރ އިން އިތުރަށް ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ކޮންމެ ފިހާރައަކުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ އަގުހުރި ވައުޗަރއެއް ދެވިގެންދާނެ ކަމަށާއި ޕްރޮމޯޝަންގައި ނަސީބުވެރި ތިން ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 1 ވަނަ ފަރާތަކަށް 25,000 ރުފިޔާގެ ވައުޗަރ އެއް، 2 ވަނަ ފަރާތަކަށް 10,000 ރުފިޔާގެ ވައުޗަރ އެއް އަދި 3 ވަނަ ފަރާތަކަށް 5,000 ރުފިޔާގެ ވައުޗަރ އެއް ލިބިގެންދާނެ ކަމަށެވެ.

މި ވައުޗަރ ބޭނުން ކޮށްގެން ވެލިގާ ހާޑުވެއަރގެ ހުރިހައި ފިހާރައަކުން އަދި  ބްލަންކް އިންވެސް ވައުޗަރގެ ބޭނުންކޮށްގެން ތަކެތި ލިބޭނެ ކަމަށް ވެލިގާ ހާޑްވެއަރ އިން މައުލޫމާތުދެއެވެ.

ވެލިގާ އަކީ މިހާރު ރާއްޖޭގެ ހާޑްވެއަރ ވިޔަފާރީގައި މަތީފަންތީގައި ގުނާލެވޭ، އަދި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑްތަކެއް ގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ ކުންފުންޏެކެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބްރޭންޑުތަކުގެ ތެރޭގައި  ސެލީސް، މެޓާބޯ، ނިޕެކްސް، ވެރާ، ވީއާރުއެޗް، މެޑްކާ ފަދަ ބްރޭންޑްތައް ހިމެނެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގެތެރޭގައި ވެލިގާ ހާޑްވެއަރ އިން ދެމުންގެންދިޔަ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން މާލެ، ހުޅުމާލެ އެކުލެވޭ ގޮތަށް މިހާތަނަށް ވަނީ 5 ފިހާރައެއް ހުޅުވާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް