20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

މައުމޫން

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

މުހަންމަދު ވިސާމް | sampathmasiw

| 7 ޖެނުއަރީ 2017 | ހޮނިހިރު 05:15 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ކުރީގެ އަރަބިއްޔާ ސްކޫލާ ގާކޮށި ބިމުގައި އެމްޑީޕީ ސަރުކާރުން ބިންގާ އަޅާ އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރި ފްލެޓްތަކުގެ ފެންވަރު ބަލާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނޫން ކަމަށާއި ފެންވަރު ދަންވުމުގެ ޒިންމާ އުފުލަން ޖެހޭނީ ހައުސިން މިނިސްޓަރު ކަމަށް އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

 

ފްލެޓްތަކުގެ ފެންވަރު ދަށްވުމުގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެން ބުރާސްފަތި ދުވަހު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ ރައްޔިތުންނަން ހޮޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 2011 ވަނަ އަހަރު ބިންގާ އެޅާ ފުލެޓްތަށް އިމާރާތް ކުރަމުން ދަނިކޮށް 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ވައްޓާލިއިރު ފުލެޓްތަކުގެ ފެންވަރުބަލާ ހިސާބަށް މަސައްކަތް ގޮސްފައި ނުވާނެ ކަމަށެވެ. ރައީސް މުހައްމަދު ވަހީދު ސަރުކާރުގައި ހައުސިން މިނިސްޓަރު ކަމަށް މުޢިއްޒު ހަވާލުވެ ވަޑައިގެންނެވިއިރު ފުލެޓްތަކުގެ ކޮންކްރިޓް ހުރިހާ މަސައްކަތަކެއް ނިމިފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

 

އަސްލަމް ވިދާޅުވީ ކޮންކްރިޓް މަސައްކަތް ނިމުމަށް ފަހު އާދާއިގެ ސާމާނު ބޭނުންކޮށްގެން ޓާޓާ ކުންފުނިން ފްލެޓްތައް އިމާރާތްކުރި ނަމަވެސް އެމަސައްކަތް އެޕްރޫއުކުރަން ޖެހޭނީ މިނިސްޓަރު މުޢިއްޒު ކަމަށެވެ. ހައުސިން މިނިސްޓަރީން ކޮލެޓީ މެއިންޓޭން ކުރުމަށް ފަހު އެ މަސައްކަތް ބެއްލެވި ނަމަ މިއަދު ރައްޔިތުން ފެންވަރު ދައްކަމުގެ ވާހަކަ ނުދައްކަވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

 

އެހެންކަމުން ރައީސް ނަޝީދު ސަރުކާރުން ފުލެޓްތަކުގެ ފެންވަރު ދަށްވުމުގެ ޒިންމާ ނަގަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި އަބަދުވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތް ކުރަނީ އެމްޑީޕީ ސަރުކާރަށް ކަންކަން ނުކުރޭކަން އަންގާ ސަރުކާރުގެ އިސްވެރިން ބަދުނާމުކުރުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

 

މިނިސްޓަރު މުޢިއްޒު ވިދާޅުވީ އަރަބިއްޔާ އާއި ގާކޮށި މަޝްރޫއު ފަށައި، ފްލެޓްތަކުގެ ޑިޒައިން ހަދައި، އެގޮތަށް ފްލެޓް އަޅަން ހުއްދަ ދިނީ އެމްޑީޕީ ސަރުކާރުން ކަމަށެވެ. އަދި ފްލެޓްތައް އިމާރާތް ކުރުމަށް އެގްރިމެންޓެއް އެމްޑީޕީ ސަރުކާރުން ހަދާފައި އޮތުމުން މި ސަރުކާރުން އެކަންކަން ބަދަލުކުރުމަށް ފުރުސަތު ލިބިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

މިނިސްޓަރު މުއިއްޒުގެ ވާހަކަ އަށް އިސާރާތް ކުރައްވައި، އަސްލަމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ހެދި އެގްރިމެންޓްގައި ފްލެޓްތަކުގައި ބަހައްޓަން ޖެހޭނީ އާދައިގެ ފާހާނާ ތަށި ކަމަށާއި އެތާނގައި ހަރުކުރަން ޖެހޭނީ އަދައިގެ ލޯގަނޑު ކަމަށް ނޯންނާނެ ކަމަށެވެ.

 

އަސްލަމް ވިދާޅުވީ ކޮންމެ ފްލެޓެއް  އެޗްޑީސީން ގަނެފައި ވަނީ 75،500 ޑޮލަރު (1.1 މިލިއަން ރުފިޔާ ) ކަމަށްވާއިރު ފުލެޓްގެ އަގު ބޮޑުވާ ގޮތެއް އެއްގޮތަކުން ވެސް ނޭނގޭ ކަމަށެވެ. މިއަދު މައްސަލަ އަކީ ރައީސް ޔާމީންގެ ސަރުކާރުން ވިޔަފާރި އުސޫލުން ފްލެޓްތައް ދޫކުރާތީ ކަމަށާއި 1.1 މިލިއަން ރުފިޔާއަށް ގަތް ފުލެޓްތައް މިއަދު ވިއްކުމަށް ހަމަޖެހިފައި ވަނީ ދެ މިލިއަން ރުފިޔާއަށް ކަމަށް ވެސް ވިދާޅުވިއެވެ.

 

އެމްޑީޕީ ސަރުކާރުން 2012 ވަނަ އަހަރު ފްލެޓެއްގެ އަގު ކަމަށް ނިންމާފައި ވަނީ 20 އަހަރުގެ ތެރޭގައި 1.7 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެއީ ގާތްގަޑަކަށް މަހެއްގެ މައްޗަށް 9،000ރ. އެވެ. ޑައުންޕޭމެންޓްގެ ގޮތުގައި ހަތަރު މަހުގެ ކުލި ދެއްކުމަށް ފަހު ބާކި ބައި 20 އަހަރަށް ބަހާއިގެން ދައްކާ ގޮތަށް އެމްޑީޕީގެ ސަރުކަރުން އޭރު ހަމަޖައްސާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

 

އެހެންނަމަވެސް ރައީސް ޔާމީން ސަރުކާރުން ފްލެޓްގެ އަގު ކަމަށް ނިންމާފައި ވަނީ ދެ މިލިއަން ރުފިޔާއެވެ. ފްލެޓް ލިބުނު މީހުންނަން ފްލެޓް ދޭން ސަރުކާރުން ނިންމާފައި ވަނީ ފަސް އަހަރު ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމުންނެވެ. ޑައުންޕޭމެންޓެއްގެ ގޮތުގައި 400،000ރ. ދައްކަން ޖެއެވެ. އެއީ މަހަކަށް ބަލާ ނަމަ 33،000ރ. އެވެ. ގެދޮރު ގަންނަން ބޭންކުތަކުން ލޯނު ދޭ އާންމު އުސޫލުން ލޯނަން ޝަރުތު ހަމަވާ އާމްދަނީއެއް ގިނަ މީހުންނަކަށް ނުލިބެއެވެ. ލޯނަން ޝަރުތު ހަމަވާ މީހުން ދެ މިލިއަން ރުފިޔާގެ ލޯނު އަބުރާ ދައްކައި ނިމޭއިރު ގާތްގަނޑަކަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަރައެވެ.

 

ދެ މިލިއަން ރުފިޔާއަށް މި ސަރުކާރުން ފްލެޓްތައް ވިއްކަނީ އަށް ބޮޑު ފައިދާއެއް ލައިގެން ކަން ފާހަގަކުރައްވަމުން އަސްލަމް ވަނީ މި މައްސަލާގައި އޮޅުމެއް އަރާ ފަރާތެއް ވާ ނަމަ، އެޗްޑީސީން ގަނެފައި ވަނީ ކިހާވަރަކަށް ތޯ އަދި ޓާޓާ ކުންފުންޔަން ލިބުނީ ކިހާވަރެއްތޯ މިނިސްޓަރު މުޢުއްޒު ކުރެން ސުވާލުކޮށްލުމަށް އެދިފައެވެ.

 

ފްލެޓް ލިބުނު 100 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކަށް ރައީސް އޮފީހަށް އަދި ހިއުމަން ރައިޓްސް ކޮމިޝަނަން ވަނީ ބޮޑު ޑައުންޕޭމެންޓް ހައްލުކޮށްދިނުމަށް އެދި ޕެޓިޝަން ހުށައަޅާފައެވެ. ނުވިތާކަށް 100 މީހުން ވަކިވަކިން އަމިއްލަ ނަމުގައި ސިޓީ ވެސް ފޮނުވާފައި ވެއެވެ. އެހެންނަވެސް އެމީހުން ޕެޓިޝަން ހުށައެޅިތާ ހަފްތާއެއް ވެގެންދިޔައިރު ވެސް ޖަވާބެއް ނުލިބެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް