13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ބީއެމްއެލް

މިދިޔަ އަހަރު ބީއެމްއެލްއަށް ބޮޑު ފައިދާއެއް!

  • ސާފު ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައި
  • މިއީ ކުރީ އަހަރާ އަޅާބަލާއިރު 4 ޕަސަންޓް އިތުރުވުމެއް
  • ހިއްސާދާރުންނަށް ހިއްސާއަކަށް 22ރ. ބަހަން ވަނީ ނިންމައިފައި
ސިމާހާ ނަސީމް | sim_kamana

| 12 އޭޕުރިލް 2018 | ބުރާސްފަތި 13:15 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް

ނިމިގެންދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 1.416 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެ ބޭންކުން މިއަދު އާންމުކުރި 2017 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާނާއި އަހަރީ ރިޕޯޓް ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާއެއް ބިލިއަނަށް އަރާފައިވާއިރު މިއީ ޖުމްލަކޮށް ކުރީ އަހަރާ އަޅާބަލާއިރު 4 ޕަސަންޓް އިތުރު އަދަދެކެވެ. އަދި އެއް މިންގަނޑަކުން ކުރީ އަހަރާ އަޅާބަލާއިރު 20 ޕަސަންޓްގެ ކުރިއެރުމެކެވެ.

ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ އަށް ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ އިތުރުން ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު ވެސް 15 ޕަސެންޓް އިތުރުވެފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 15 ބިލިއަން ރުފިޔާ ޑިޕޮސިޓް ކޮށްފައި ވެއެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް 2017 ވަނަ އަހަރު ލިބުނު ފައިދާ ރެކޯޑު މިންވަރަކަށް އިތުރުވެފައި ވާއިރު، އެ ބޭންކުގެ ހިއްސާދާރުންނަށް ހިއްސާއަކަށް 22ރ. ބަހަން ވަނީ ނިންމައިފައެވެ. ގައުމީ ބޭންކުން ބުނެފައިވާ ގޮތުން، މިއީ ކުންފުނީގެ ތާރީޚުގައި އެންމެ ބޮޑު ފައިދާއެއް ބަހާ ފަހަރެވެ.

ރާއްޖޭގެ ގައުމީ ބޭންކުން މިދިޔަ އަހަރު މާލީ ގޮތުން ރެކޯޑް ނަތީޖާއެއް ހޯދާފައިވާއިރު އެ ބޭންކުން މުޖުތަމައަށް ކުރާ އިންވެސްޓްމަންޓްތައް ވަނީ ދެގުނަ އިތުރުކޮށްފައެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް ފައިދާހުރި ތަފާތު ކަންކަމުގައި 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް