21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:52
ފަތިސް 04:37

މަގޭ ރިޕޯޓް

މިރައީސް ލާދީނީ ވާހަކައެއް ނުދައްކަވަނީތޯ އެވެ؟

 • ތައިލޭންޑަށް ގޮސް ފިރިހެނުން އަންހެނުން ހޯދަނީ "ހިލޭ ނޫން" ކަމަށް މިރައީސް ވިދާޅުވެފައިވޭ
 • "އަޅުގަނޑުމެންނަކީ ﷲ ގެ ދެވަނަ ދަރިން" ނޫންކަމަށްވެސް މިރައީސް ވިދާޅުވެފައިވޭ
 • ގެޔަށް ވަންނަނީ "ހަލާލު ނޫން" ފައިސާކަމަށްވެސް މިރައީސް ވިދާޅުވެފައިވޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 12 އޭޕުރިލް 2018 | ބުރާސްފަތި 03:56 | |

މަގުބޫލް

 1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
 2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
 3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
 4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
 5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
 6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
 7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
 8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން -- ރައީސް އޮފީސް

2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނިކުންނައިރު، މެނިފެސްޓޯގައި ހިމެނެންވާނެ ބައެއް ކަންތައްތައް ހާމަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އޯޑިއޯ މެސެޖެއް އާންމުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިރާއްޖެ އަކީ ހުރިހާ ދިވެހިން ވެސް އެކުވެރިކަމާއި އުފާވެރިކަމާ އެކު ދިރިއުޅޭ، އަމާން މާހައުލަކަށް ހެދުމަކީ ކުރި އަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ހުށަހަޅާ މެނިފެސްޓޯގެ އެއް އަމާޒު އެވެ. މަޖާކުރުމާއި މުނިފޫހިފިލުވުމާއި އުފަލުގައި އުޅުމުގެ ފުރުސަތުތައް ހޯދައިދިނުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި މަސައްކަތަކަށް ވެގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް މުހައްމަދު ނަޝީދުގެ އެ ވާހަކަފުޅާއެކު، ބައެއް ފަރާތްތައް، އެއީ މާ ބޮޑު ލާދީނީ ވާހަކައެއްކަމަށް ބުނެ އެ ވާހަކަ ކުށްވެރިކުރި އެވެ. ވެރިކަންކުރާ ޕީޕީއެމްއާއި، ޕީޕީއެމް މަޖިލީސް މެމްބަރުންނާއި، މިނިސްޓަރުންވެސް ދެއިރު ދެ ދަޅަޔަށް ޕްރެސް ކޮންފަރެންސްތައް ބާއްވައި، އެ ވާހަކަތައް ކުށްވެރިކުރުމުގައި ތެޅިފޮޅިގަތެވެ.

ކޮންމެއަކަސް އުފެދޭ ސުވާލަކީ އެހާ ބޮޑަށް ދީނުގެ ދިފާއުގައި މަސައްކަތްކުރާ ބަޔަކަށް، ލާދިނީ ވާހަކައަކަށްވަނީ ވަކި މީހަކު އެކަނި ދައްކާ ވާހަކައެއްތޯ އެވެ. އަދި ކުށްވެރިކޮށް ބަޔާންތަކާއި، ޕްރެސް ކޮންފަރެންސްތައްވެސް ބާއްވަން އެނގެނީ ވަކި މީހަނު ނުވަތަ ބަޔަކު ދައްކާ ވާހަކަ ކުށްވެރިކޮށްތޯ އެވެ. 

މަޖާކުރުމާއި މުނިފޫހިފިލުވުމާއި އުފަލުގައި އުޅުމުގެ ފުރުސަތުތައް ޒުވާނުންނަށް ހޯދައިދޭންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެއީ މާބޮޑު ލާދީނީ ވާހަކައަކަށްވެގެން، ތެޅި ފޮޅޭއިރު، ތައިލޭންޑަށް ގޮސް ފިރިހެނުން އަންހެނުން ހޯދަނީ "ހިލޭ ނޫން" ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެ ވާހަކަ ކުށްވެރިކޮށް ބޮޑެތި ބަޔާންތަކާއި ޕްރެސްކޮންފަރެންސްތައް ނުބޭއްވީ އެއީ ދީނީ ވާހަކައަށްވާތީ ތޯ އެވެ. 

"އަޅުގަނޑުމެންނަކީ ﷲ ގެ ދެވަނަ ދަރިން" ނޫން ކަމާއި، ގެޔަށް ވަންނަ ފައިސާއަކީ ހަލާލު ނޫން ފައިސާކަމާއި، ފައިސާ ލިބުނީމާ އޭގައި ނުހިފާނީ ކާކުތޯއއާއި، އެ ފައިސާއަކީ ހާލާލު ފައިސާތޯ ނުވަތަ ހަރާމް ފައިސާތޯ ބަލަންނުޖެހޭކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ކުށްވެރިކޮށް ބަޔާނެއް ނުނެރުނުތާގައި، ޓުވީޓެއްވެސް ނުކޮށްލީ އެއީ ދީނީ ވާހަކައަށްވުމުންތޯ އެވެ. އެހާބޮޑަށް ދީނުގެ ދިފާއުގައި، ދީން ހިމާޔަތްކުރަން އުޅޭއިރު، އެ ވާހަކަތައް ކުށްމިނުން ކުށްވެރިވެސް ނުކޮށްލީ ކީއްވެތޯ އެވެ. 

ދެން އޮތީ އަނެއް ވާހަކައެވެ. ޑިސްކޯއާއި މިއުޒިކްގެ ވާހަކަދައްކާއިރު، ދެ ޖިންސުގެ މީހުން އެއްކޮށް، ކޮންމެ އަހަރަކު ބޮޑެތި ޝޯވްތައް ބާއްވަނީ ކޮން ސަރުކާރަކުންތޯ އެވެ. އަދި ކިޔެއްތަ ނިވާކަން ކުޑަ ހެދުން އަޅައިގެން ނަށާ ހަދާއިރު، ކުރީ ސަފުގައި ތިބެ އަތް ޖައްސަވަނީވެސް އެއީ ހަމަ ލާދީނީ ކަމަކަށް ނުވާތީތޯ އެވެ. 

މަޖާކުރުމާއި މުނިފޫހިފިލުވުމާއި އުފަލުގައި އުޅުމުގެ ފުރުސަތުތައް ޒުވާނުންނަށް ހޯދައިދޭންޖެހޭކަމަށް ވަކި ސިޔާސީ ބޭފުޅަކު ވިދާޅުވުމުން އެއީ މާބޮޑު ލާދީނީ ވާހަކައަކަށްވެގެން ލޮލަށް ނިދިނައިސްގެން އުޅޭއިރު، މިނިވަން ފަންސާސްއަށް ކަނޑައެޅި ބަޖެޓުގެ ތިންބައިކުޅެ ދެބައި މިއުޒިކާއި، މަޖަލާއި ސަކަރާތަށް ހަރަދުކުރީ އެއީވެސް ހަމަ ދީނީ ކަމަކަށްވީމަތޯ އެވެ.

ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ހަދިޔާގައި ހިފުމާއި ހިޔާނާތުގެ ފައިސާ ބޭނުންކުރުމާއި ހަލާލު ނޫސް ފައިސާ ގެއަށް ވެއްދުމާއި އެ ފައިސާއިން ވިޔަފާރި ކުރުމާއި ގެދޮރު ގަތުމަކީ އިސްލާމީ އުސޫލުތޯ އެވެ. އިންސާފު ގާއިމުކުރަން އޮތް އުސޫލުތައް ބަންދުކޮށް، އަސްކަރިއްޔާ މެދުވެރުކޮށް ރައްޔިތުންގެ ހައްގުތައް ހިފެހެއްޓުމަކީ އިސްލާމީ އުސޫލެއްތޯ އެވެ. 

ދަންނަވަންތޯ އެވެ. ދީނުގެ ދިފާއުގައި މަސައްކަތްކުރާ ބައެއް ނަމަ، ނަޝީދަކަސް، ޔާމީނަކަސް، ފާތުމައަކަސް، ގާސިމަކަސް އަދި އެހެންމީހަކަސް، އެ މީހަކު ދެއްކެވި ވާހަކައަކުން ކުރެއްވި އަމަލެއްގެ ސަބަބުން ދީނަށް ނުވަތަ ދީނީ އުސޫލުތަކަށް ފުރައްސާރަ ވާނަމަ، ނުވަތަ ހިލާފު ވާނަމަ އެކަމާ ދެކޮޅު ހަދަންޖެހެ އެވެ. ދެކޮޅަށް ބަސް ބުނަންކެރެންވާނެ އެވެ. ދެކޮޅަށް ތެދުވަން ކެރޭނެ އެވެ. އަދި ކިޔެއްތަ، ޤައުމުގެ ވަލިއުލްއަމުރު އެފަދަ ވާހަކައެއް ދައްކަވާނަމަ އެ ވާހަކައާއި ދެކޮޅަށް ތެދުވެ، ހައްޤު މަގު އެމަނިކުފާނަށް ދެއްކުން މާބޮޑަށްވެސް މުހިންމުވާނެ އެވެ. 

ދަންނަވަންތޯ އެވެ. ދީނުގެ ނަމުގައި މިއަދު ތިޔަ ޖައްސަވަނީ ކޮން ސަކަރާތެއްކަން ދިވެހިންނަށް އެނގެ އެވެ.. 

ފުރަތަމަ ރައީސް ޔާމީނާއި، އަމިއްލަފުޅަށް ތިއްބަވާ ކުރައްވާ ވައްކަންތައް ހުޓާލާށެވެ. ދައްކާ ލާދީނީ ވާހަކަތައް ހުއްޓާލާށެވެ. އެހެންނުންކަމުގައިވާނަމަ ކިތައްމެ ދީނީވެގެން އުޅުނަސް ރައްޔިތުން، ތިޔަ ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ލާދިނީ ވާހަކައަކަށްވަނީ

7 މަސް ކުރިން

ރާއްޖޭގެ ޒުވާނުން މިއަދު ވަނީ "ޑިސްކޯ" ފަދަ މަޖާކުރުން ތަކުން މަހުރޫމުވެފައި އަދި ވިދާޅުވީ އެ މީހަކު އެދޭ ގޮތަށް އެ މީހެއްގެ އާއިލާއާއެކު ރާއްޖޭގައި ދިރިއުޅެވެން ޖެހޭނެ ކަމަށާއި ބުރުގާ އެޅި ކުދިންނަށް ވެސް އަދި ބުރުގާ ނާޅާ ކުދިންނަށް ވެސް އުފަލާއި ރައްކާތެރިކަމާއެކު ރާއްޖޭގައި އުޅެވެންޖެހޭނެ ކަމަށެވެ. ކޮންމެއަކަސް އުފެދޭ ސުވާލަކީ އެހާ ބޮޑަށް ދީނުގެ ދިފާއުގައި މަސައްކަތްކުރާ ބަޔަކަށް، ލާދިނީ ވާހަކަ؟

1
1
ހ މ ޒ

7 މަސް ކުރިން

އިދިކޮޅުން ފާޓީތަކުން އިލެކްޝަން ކޮމިޝަނަށް އެއްބާރުލުން ނުދެއްވަނީ އިންތިހާބުގައި ބަލިވާނެކަން ޔަގީން ވާތީތޯ!؟

2
1