21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

މައުމޫން

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

އައިޝަތު ޝާނާ | Shaa_Na22

| 7 ޖެނުއަރީ 2017 | ހޮނިހިރު 04:47 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


އުރިދޫ މޯލްޑިވްސް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އުރީދޫ މޯލްޑިވްސްގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް، ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިފާ ލޭންޑިންގް ސްޓޭޝަނާއި ގުޅުވުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ރާއްޖޭގެ ދެކުނުން އުތުރަށް ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ.

އުރިދޫއިން ބުނީ، މަލްޓިމިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓް އުރީދޫ އިން ފަށައިފާވަނީ އެކުންފުންޏަށް ރާއްޖޭގައި އިންޓަނެޓްގެ ޙިދުމަތް ދިނުމުގެ ލައިސެންސް ލިބުމާއި އެކު، ވީހާ އަވަހަކަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށްވެސް އެއްފެންވަރެއްގައި ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ރާއްޖޭގެ ވިޔަފާރިތަކާއި މުޖުތަމައުއަށް ޒަމާނީ ޑިޖިޓަލް ފައިދާތައް ހޯދައިދިނުމުގެ މަގްސަދުގަ ކަމަށެވެ.

އުރީދޫއިން ބުނީ، ހުއާވޭ މެރިން އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ ބޭނުންކުރާ ސަބްމެރިން ކޭބަލް މެދުވެރިކޮށް، އުރީދޫގެ  4G+ނެޓްވާރކް މުޅި ރާއްޖެއަށް ފުޅާކުރެވި، ހައި ސްޕީޑް ބްރޯޑްބޭންޑް ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. މިގޮތުން، މުޅި ރާއްޖޭގައި އުރީދޫ ނެޓްވާރކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާއިރު، މުޅިން އަލަށް 40ރަށެއްގައި  4G+ގެ ހިދުމަތް މިދިޔަ ހަފްތާ ވަނީ ތަޢާރަފްކުރެވިފަކަމަށް އުރީދޫއިން ބުންޏެވެ.

މިކަމާ ގުޅިގެން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ، ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރަށް މުހިއްމު ދައުރެއް އަދާކުރޭ ކަމަށެވެ. ޑިޖިޓަލް ގައުމަކަށް ބޭނުންވާ ވަރުގަދަ ޒަމާނީ އިންފްރާސްޓްރަކްޗަރ އެއް ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރުން އަހަމިއްޔަތުކަން ދީފައިވާއިރު، މި ތަސައްވުރަށް އެއްބާރުލުން ދެވުމަކީ ލިބޭ ފަހުރެއްކަމަށް ސިންހާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް