20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

އަހުމަދު އަދީބު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

 • އަދީބްގެ 33 ވަނަ އުފަންދުވަސް ފާހަގަކުރެއްވީ ސަރުކާރުގެ އިސްވެރިންނާއި އެކު
 • އަދީބްގެ 33 ވަނަ އުފަންދުވަހު ސަފްރައިސް ޕާޓީގެ މަންަޒަރުތައް
 • ސަރުކާރުންގެ އިސްވެރިންނާއި މިނިސްޓަރުން ވެސް ވަނީ އަދީބުގެ އަތްޕުޅުން ދޫކޮށްލާފަ
މުހަންމަދު ވިސާމް | sampathmasiw

| 11 އޭޕުރިލް 2018 | ބުދަ 03:34 | |

މަގުބޫލް

 1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
 2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
 3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
 4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
 5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
 6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
 7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
 8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އަދީބްގެ 36 ވަނަ އުފައްދުވަހު އަދީބުގެ އަނިބިކަނބަލުން ނަޝްވާ އާންމުކުރެއްވި ފޮޓޯ -- ފޭސްބުކް

އެއީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހެއެވެ. މީގެ ތިން އަހަރު ކުރިއެވެ. "ދި ޓީވީ" އަޅުގަނޑު ހުޅުވާލީމެވެ. އޭރު އެ ސްޓޭޝަނުން ގެނެސްދެމުން ދިޔަ ލަވައެކެވެ. އެ ލަވަ ހާއްސަ ކޮށްފައި ވަނީ އޭރު ގައުމުގެ ނައިބް ރައީސް އަހުމަދު އަދީބަށެވެ. ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ މިނިސްޓަރުނާއި ރައްޔިތުންގެ މަޖިލީޖުގެ ރައީސް ވެސް އެ ލަވައިގެ މަންޒަރުތަކުން ފެނެއެވެ. އެހެންކަމުން ޓީވީގެ އަޑު ބާރުކޮށްލީމެއެވެ. "މިރޭމީ ފުރޭ ތެއްތިރީސް އަހަރު އުމުރުން އަދީބުގެ ޒުވާން" އެލަވަ ކިޔާފައިވާ ލަވަކިޔުންތެރިޔާ ކިޔަމުންދެއެވެ. އޭރުގެ ނައިބް ރައީސް އަދީބްގެ 33 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ގެނެސްދެމުން ދިޔަ ލަވައެއްކަން އިނގުމުން އެ ލަވަ ބަލާލުމަށް މާ ބޮޑަށް ޝައުގުވެރިކަން އުފެދުނެވެ. ލަވައިން ފެނިގެން ދަނީ ސަރުކާރުގެ އިސްވެރިން އަދީބްގެ އަތްފުޅުގައި ހިތްޕަވާއިގެން އަދީބްގެ އުފަން ދުވަހުގެ ކޭކު ފަޅުއްވާ މަންޒަރެއެވެ. ތިން އަހަރު ފަހުން މިވާހާކަ ހަނދާނަށް އައީ ސަބަބެއް ނެތިގެނެން ނޫނެވެ. އޭޕްރިލް މަހުގެ 11 ވަނަ ދުވަހަކީ އަދީބުގެ 36 ވަނަ އުފަން ދުވަހަށް ވުމުންނެވެ. މިއަދު މިވަނީ އެ ލަވައިގެ މަންޒަރުތަށް ބަދަލުވެފައެވެ. މިއަދު، އެލަވަ އޭރު ކިޔަމުން އައި މީހުން އެ ރާގަކަށް އެލަވައެއް ނުކިޔާނެވެ. އެހެންކަމުން އެހަދާންތަށް އާކޮށްލުމުގެ ގޮތުން އަނެންކާވެސް އެލަވާއިގެން މަންޒަރުތަކުގެ ވާހަކަތަށް ދައްކާލާނެވެ.

ފެނިގެންދަނީ އޭރުގެ ނައިބް ރައީސް އަހުމަދު އަދީބް ދޮރުހުޅުވާލެއްވުމަށް ފަހު ވަދެވަޑައިގަންނަވާ މަންޒަރެއެވެ. ވަދެވަޑައިގަންނަވަނީ ދިޓީވީ ހިންގި އިމާރާތުގައި ހުންނަ މަޝްހޫރު ވިޔަފާރި ވެރިޔާ ޗަންޕާ މުހައްމަދު މޫސާ ( އުއްޗު) ކެންޓީނަށެވެ. މުޅި ކެންޓީން ވަނީ އޭރު އެކީ އެކައްޗަށް ފުއްޕާހަމުން އަދީބްގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ޖަރީކޮށްފައެވެ. އޭރު މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗުއާއި އެކު އެ ކެންޓީނުގައި އަދީބްގެ މަންމާފުޅާއި ބައްޕާފުޅުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ އިތުރުން ދައުލަތުގެ ބަންޑާރ ނައިބް މުހައްމަދު އަނިލް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ތިއްބަވައެވެ. ބެލެވޭ ގޮތުގައި އެބޭފުޅުން އަދީބަށް ދެއްވި ސަޕްރައިސް ޕާޓީއެކެވެ.

 

އަދީބް ދޮރުހުޅުވާލެއްވުމަށް ފަހު ކެންޓީނަން ވަދެވަޑައިގަންނަވަނީ

"ގޮވައިގެން އެކީގައި ޒުވާން ކެބިނެޓާއެކު، ބިރެއް ނެތި ކުރީ ސަފުގައި ހުރެގެން އެދާއިރު، ނުވޭ ޖެހިލުމެއްވެސް، ގޮވާއެއްޗަކަށް ވެސް، ޒުވާނުން ގޮވައިހެން އެހަރެގެން ދަނީއޭ، މިރޭމީ ފުރޭ 33 އަހަރު އުމުރުން އަދީބުގެ ޒުވާން" އަދީބް ކެންޓީނަން ވަޑައިގަތުމާއި އެކު ސަރުކާރުގެ އިސްވެރިން އެމަނިކުފާންގެ އަތްޕުޅުގައި ހިއްޕަވާއިގެން ކޭކު ފަޅުއްވާއިރު އެ ލަވައިން ކިޔަމުންދެވެ.

 

ސަރުކާރުގެ އިސްވެރިން އެމަނިކުފާންގެ އަތްޕުޅުގައި ހިއްޕަވާއިގެން ކޭކު ފަޅުއްވަނީ

މިއަދު އަދީބަށް 36 އަހަރު ފުރުނުއިރު 33 އަހަރަށް ވުރެ ދިގު ޖަލުހުކުމެއް ވަނީ އިއްވާފައެވެ. އެ ލަވައިން އެބުނާ ޒުވާން ކެބިނެޓް މެންބަރުން ތިއްބެވީ އެ ބާރުވެރިކަމުގައި ކެބިނެޓް މެމްބަރުންގެ ގޮތުގައެވެ. އިދިކޮޅު ފަރާތްތަށް "ގޮވާ އެއްޗެއް" ނުބަލާއި ޒުވާން ކެބިނެޓާއި އެކު ކުރިއަށްދާ ވާހަކަ ލަވައިގައި ބުނެފައިވާއިރު، ފިނިފެންމާ ލޯންޗް ގޮއްވާލީ އަދީބް އިސްވެ ހުރެކަމަށް ބުނެ އަދީބް ހައްޔަރު ކުރެއްވި އިރުވެސް ސައީދާ، ސައިނީ، ތޯރިގް ތިއްބެވީ މިނިސްޓަރުންގެ ގޮތުގައެވެ. އޭރު ގާތް އެކުވެރިން މިއަދު ދުޝްމަނުންނަށް މިވަނީ ބަދަލުވެފައެވެ.

 

އަދީބްގެ 33 ވަނަ އުފަންދުވަސް ފާހަގަކުރުން

ދައްކަވަން ހުރިތަނެން ދައްކަވާނެއޭ އުމުރުން ދުވަސްވީ މީހުން ބުނެއެވެ. އަދީބް ކުށެއް ނުކުރެއޭ ނުބުނަމެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގަވާފައިވާ ކޮރަޕްޝަނާއި ޖަރީމާތަކުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ބޭފުޅަކީ އަދީބްކަމަށް ސަރުކާރުގެ އިސްވެރިން ބުނެ، ހުކުމަކަށް ފަހު ހުކުމެއް އެ ދަނީ ކުރަމުނެވެ. އިންސާފުން ބޭރުނެވެ. މިއަދު 36 އަހަރު އަދީބުއަށް ފުރުމުން، މި ލަވަ މަތިން ހަދާން ވީ އަދީބުގެ އަނބިކަބަލުން ނަޝްވާ ކުރެއްވި ޓްވީޓަކުންވެ. ނަޝްވާގެ ޓްވީޓުގައި ބުނެފައި ވަނީ އަދީބަށް އިންސާފް ހޯދަދޭން އޭނާ ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެކަމަށެވެ.

ލަވައިން ފެންނަ އަދީބްގެ މަންމާއި ބައްޕަ މިއަދު ކަންބޮޑުވުން ފާޅުކުރަނީ އަދީބަށް އިންސާފްވެރި ޝަރީއަތެއް ނުލިބުނުތާގައި، ގާނޫނުން ދޭންޖެހޭ އާއިލީ ބައްދަލުވުން ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނުދޭތީއެވެ. ރައީސް އަބްދުﷲ ޔާމީންގެ އަދީބްގެ އަތްޕުޅުން ދޫކޮށްލެއްވުމުން ، ލަވައިން ފެންނަ ސަރުކާރުންގެ އިސްވެރިންނާއި މިނިސްޓަރުން ވެސް ވަނީ އަދީންގެ އަތްޕުޅުން ދޫކޮށްލާފައެވެ. އެ އަދީބްގެ 36 ވަނަ އުފަންދުވު އެބޭބޭ ފުޅުން މި ލަވަ ކިޔުއްވާނީ ކޮން ރާގަކަށް ކަން އަޅުގަނޑަށް ނުވިސްނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް