21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

އުރީދޫ މަސް ރޭސް

އުރީދޫ މަސް ރޭހުގެ ކޮލިފައިން ބުރު މިފަހަރު އަތޮޅު ތެރޭގައި!

 • މިފަހަރުގެ މަސް ރޭސް ހުޅުވާލާފައި ވަނީ ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިތުރުން ރިސޯޓުތަކަށް
 • މިފަހަރުގެ މަސް ރޭސް ވަރަށް ކުލަގަދަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވޭ
 • މިއީ އުރީދޫ އިން ބާއްވާ 8 ވަނަ މަސް ރޭސް
ސިމާހާ ނަސީމް | sim_kamana

| 10 އޭޕުރިލް 2018 | އަންގާރަ 22:22 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް ޙުސައިން ނިޔާޒް މީޑިއާތަކަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ : ސިމާހާ ނަސީމް

ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އުރީދޫގެ މަސް ރޭހުގެ ކޮލިފައިން ބުރު މިފަހަރު އަތޮޅު ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މި މަސް ރޭސް ލޯންޗުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޝާހް އިސްމާއިލެވެ.

މި ރަސްމިއްޔާތުގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް ޙުސައިން ނިޔާޒް ވިދާޅުވީ މިފަހަރުގެ މަސް ރޭސް ހުޅުވާލާފައި ވަނީ ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިތުރުން ރިސޯޓުތަކަށް ކަމަށެވެ. އަދި ކުންފުނިތަކުން ބައިވެރިވާ ޓީމުތަކުގައި އަންހެން ބޭފުޅުން ހިމެނުމަކީ މަޖުބޫރު ކަމެއް ކަމަށާއި ރިސޯޓުތަކުން ޓީމް އެކުލަވާލާއިރު ބިދޭސީންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ މަސް ރޭސް ވަރަށް ކުލަގަދަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަސް ރޭހުގައި ބައިވެރިވުމުގެ ޝަރުތުތަކާއި ވަނަ ވަނަ އަށްދާ ފަރާތްތަކަށް ލިބޭ އިނާމުތަކަކީ ކޮބައިކަން ވަރަށް އަވަހަށް އެ ކުންފުނިން ހިއްސާ ކުރާނެ ކަމަށް އޫރީދޫ އިން ވަނީ ބުނެފައެވެ.  

އަތޮޅު ތެރޭގައި ކޮލިފައިން ބުރު ބާއްވާއިރު އެ ރަށްތަކުގައި ކުޑަކުދިންގެ ހަވީރުތައް އުރީދޫގެ ފަރާތުން ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި ފަހަރުގެ ރޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބުރަށް ބަހާލައިގެންނެވެ.

މިއީ އުރީދޫ އިން ބާއްވާ އަށްވަނަ މަސް ރޭހެވެ. އުރީދޫ އިން މަސް ރޭސް ބާއްވަނީ ކޮންމެ ރޯދަމަހާ ދިމާކޮށެވެ. ނަމަވެސް ފާއިތުވި ދެ ރޯދަ މަހު މުބާރާތް ބާއްވާފައެއް ނުވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް