19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

ރޯޔަލް ވެޑިން

ރޯޔަލް ވެޑިން: އެނގެނީ ކޯއްޗެއް؟

  • ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މެއި މަހުގެ 19 ވާ ހޮނިހިރު ދުވަހު
  • މޭގަން ބޭނުން ވަނީ ކައިވެނީގެ ހެދުން ވީހާ ވެސް އާދައިގެ ގޮތަކަށް ފަރުމާ ކުރަން
  • ކައިވެނީގެ ހަފްލާފައި މޭގަންއަށް ޝާހީ އާއިލާގެ ޚާއްސަ ލަގަބު އަރުވާނެ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 10 އޭޕުރިލް 2018 | އަންގާރަ 12:38 | |

މަގުބޫލް

  1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
  3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
  4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
  5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
  7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
  8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


މޭގަން އާއި ހެރީ -- ގެޓީ އިމޭޖާސް

ޝާހީ އާއިލާގެ ޕްރިންސް ހެރީ އާއި ކުރީގެ ފިލްމީ ތަރި މޭގަން މާކަލް ގެ ކައިވެނި ބޭއްވުމަށް ހަމަޖައްސާފައިވަނީ  އަންނަ މެއި މަހުގެ 19 ވަނަ ދުވަހުގައެވެ. ކައިވެނީގެ ދުވަސްތައް ކުޑަތަންވަމުން އަންނައިރު މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވަނީ މި ކައިވެންޏަށެވެ.

ބާއްވަނީ ކޮންތާކު؟

ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މެއި މަހުގެ 19 ވާ ހޮނިހިރު ދުވަހުގެ 12:00 އިން ފެށިގެން ވިންސާ ކާސްލްގެ ސެއިންޓް ޖޯޖް ޗަޕެލްގައެވެ. 

ޕާޓީގައި ލާންޖެހެނީ ކޮންކަހަލަ ހެދުމެއް؟

ރޯޔަލް ވެޑިންގެ ކާޑުގައި ވަނީ ލާންޖެހޭ ހެދުން ވެސް ކަނޑައަޅާފައެވެ. އެގޮތުން ފިރިހެނުން ކޯޓާއި ފަޓުލޫނު ނުވަތަ ގަމީހާއި އެކު ޓައި އަދި ކޯޓުލުމަށް ކަނޑައަޅާފައިވާއިރު އަންހެނުން ލާން ޖެހޭނީ ހެދުން އަދި ބޮލުގައި ތޮތްޕެއް އޮންނަން ވާނެކަމަށެވެ. ހެދުމުގެ ދިގުމިން ކަކުލަށް ވުރެ ދިގުވާންޖެހޭ ކަމަށާއި އަންހެނުން ބޮލުގައި އަޅާ ތޮފި އެޅުމާއި ނޭޅުން އެއީ "ޗޮއިސް" އެއްކަމަށްވެސް ވެއެވެ.

ވެޑިން ރިސެޕްޝަން

600 އެއްހާ މެހެމާނުން ކައިވެނި ކުރާ ތަން ކަމަށްވާ ވިންސާ ކާސްލްގެ ސެއިންޓް ޖޯޖް ޗަޕެލްއަށްއަށް ކައިވެނި ކުރާ ގަޑީގައި ހާޒިރުވާނެއެވެ.

ޚަބަރުތައް ބުނާގޮތުގައި މާކަލް ކައިވެނީގެ ހަފްލާގައި މެހެމާނުންނާއި މުޚާތަބުކޮށް އަމިއްލައަށް ލިޔެފައިވާ ތަގުރީރެއް ދިނުމަށް މޭގަން ވަނީ ނިންމާފައެވެ. މި ތަގުރީރުގައި އިނގިރޭސި ވިލާތުގެ ރާނީ އަދި ޕްރިންސް ހެރީގެ މާމާފުޅު ކަމަށްވާ އެލިޒަބަތުއަށާއި، ޝާހީ އާއިލާގެ މެމްބަރުންނަށް މޭގަން ޝުކުރު އަދާކުރާނެ އެވެ.

މޭގަން މި ހަފްލާގައި ތަގުރީރު ކޮށްފި ކަމުގައިވާނަމަ މިކަން ވާނީ ޝާހީ އާދަކާދަތައް މުގުރާލެވުން ކަމަށެވެ. ކައިވެނީގެ ހަފްލާފައި މޭގަންއަށް ޝާހީ އާއިލާގެ ޚާއްސަ ލަގަބު އަރުވާނެއެވެ.

ކައިވެނީގެ ކޭކު

މޭގަން އާއި ހެރީގެ ކައިވެނީގެ ކޭކަށް ހަމަޖައްސާފައިވަނީ "ލެމަން އެންޑް އެލްޑާ ފްލާވާ ކޭކް" އެވެ. އެދެމީހުންގެ ކައިވެނީގެ ކޭކު ތައްޔާރު ކުރާނީ އެމެރިކާގެ ކެލެފޯނިއާގެ ޕޭސްޓްރީ ޝެފް އެންޑް ފުޑް ރައިޓަރ ކްލެއާ ޕީޓަކްއެވެ.

ޑެކަރޭޝަން

 

ފިލިޕާ ކްރެޑޮކް

ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ތަރި މޭގަން މާކެލްގެ ކައިވެނީގެ ހަފްލާ ޑިޒައިން ކުރާނީ އިނގިރޭސިވިލާތުގެ މަލުގެ ވިޔަފާރީގައި އެންމެ މަޝްހޫރު އެކަކު ކަމަށްވާ ފިލިޕާ ކްރެޑޮކްއެވެ. މި ކައިވެނީގެ ހަފްލާ ޒީނަތްތެރި ކުރާނީ ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއަށް އެންމެ ކަމުދާ މާ ކަމަށްވާ "ވައިޓް ގާޑެން ރޯސެސް" އަދި މޭގަން އަށް އެންމެ ކަމުދާ މާ ކަމަށްވާ "ޕިއޯނީ" އިންނެވެ.

ހެދުން ފަރުމާކުރަނީ ކާކު؟

ޝާހީ ހަބަރުތައް ރިޕޯޓް ކުރާ އޮމިޑް ސްކޯބީ ގުޑް މޯނިން އެމެރިކާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މޭގަން ބޭނުން ވަނީ ކައިވެނީގެ ހެދުން ވީހާ ވެސް އާދައިގެ ގޮތަކަށް ފަރުމާ ކުރާށެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މޭގަން ކައިވެނީގެ ހެދުން ފަރުމާ ކުރާނީ މޭގަންގެ ސްޓައިލިސްޓެއްގެ ގޮތުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކެނެޑާގެ މަޝްހޫރު ބްރައިޑަލް ސްޓައިލިސްޓް ކަމަށްވާ ޖެސިކާ މުލްރޯނީ އެވެ.

ޕާޓީއަށް ދައުވަތު ދީފައިވަނީ ކޮން ބަޔަކަށް؟

މިރަސްމިއްޔާތުގައި 800 އެއްހާ މެހެމާނުން ބައިވެރިވާނެ ކަމަށް ޚަބަރުތައް ބުނާއިރު 600 މެހެމާނުންނާއި 200 "ކަޕުލް" ބައިވެރިވާނެއެވެ. މި ރަސްމިއްޔާތުގައި މޭގަންގެ ބައްޕަ އަދި ހޮލީވުޑްގެ މަޝްހޫރު ލައިޓިން ޑިރެކްޓަރު ތޯމަލް މާކްލް ވެސް މިރަސްމިއްޔާތުގައި ބައިވެރިވާނެ އެވެ.އަދި މީގެ އިތުރުން އާންމުންގެ ތެރެއިން 1000އެއްހާ މީހުންނަށް ދައުވަތު އަރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިކައިވެނީގެ ކާޑުތައް ދައްކާލާފައިވަނީ މިދިޔަ މާޗް މަހުގެ ފަހުކޮޅުގައެވެ. .ކެސިންޓަން ޕެލަސް އިން ކުރި ޓްވީޓްތަކެއްގައި ކާޑުތައް ދައްކާލާފައިވާއިރު  މި ފަހަރު ވެސް ކާޑު ތައްޔާރުކޮށްފައި ވަނީ 1985 އިން ފެށިގެން އިނގިރޭސީ ޝާހީ އާއިލާގެ ހަފުލާތަކު ކާޑުތައް ތައްޔާރު ކުރަމުން އަންނަ ބާނާޑް ވެސްޓްވުޑުންނެވެ.

ވިންޑްސާ ކާސްލްގެ ސެއިންޓް ޖޯޖް ޝެޕްގައި ބާއްވާ ކައިވެނީގެ ހަފުލާގައި ބައިވެރިވާ މަޝްހޫރު ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަންހެނުން މިޝޭލް އޮބާމާ، ކެނެޑާގެ ބޮޑުވަޒީރު ކަސްޓިން ޓްރޫޑޯ އާއި އަނބިކަނބަލުން ސޯފީ ހިމެނިވަޑައިގަންނަވައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕްއަށް މި ކައިވެނީގެ ހަފްލާއަށް ދައުވަތު ނުދޭން ނިންމާފައިވާކަމަށްވެސް ޚަބަރުތައް ވަނީ ބުނެފައެވެ. ޑޮނަލްޑް ޓްރަމްޕަކީ މޭގަން މާ ހިތްހަމަ ޖެހޭ ރައީސެއް ނޫންކަމަށާއި އެމެރިކާ ބައިބައިވުން އުފައްދާ ރައީސެއްކަމަށް މޭގަން މީގެ ކުރިން ބުނެފައިވާކަމަށްވެއެވެ.

ކައިވެނީގެ ހަފުލާގައި ބައިވެރިވާ ތަރިންގެ ތެރޭގައި ގާތް ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން ޓެނިސް ތަރި ސެރީނާ ވިލިއަމްސް ވެސް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ. ހަފުލާގައި ޕަފޯމް ކުރާ ފަންނާނުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ޒުވާން ލަވަކިޔުންތެރިޔާ އެޑް ޝީރަން ހިމެނޭކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

 

ރޯޔަލް ވެޑިން ކާޑު

ޕްރިންސް ހެރީ މޭގަން އާއި ކައިވެނި ވެގެންދާނީ އެޑްވާޑް ސިމްޕްސަން އަށް ފަހު އެމެރިކާ ރައްޔިތަކާ ކައިވެނިކުރާ އިގިރޭސި ޝާހީ އާއިލާގެ ފުރަތަމަ މެންބަރަށެވެ.  ސިމްޕްސަން ވަނީ  އޭނާގެ އަންހެނުން ވޭލިސް ސިމްޕްސަންއާ ކައިވެނި ކުރުމަށް އިގިރޭސި ތަޚުތު ދޫކޮށްލާފަ އެވެ. ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް