24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ގުޅިފައިވާ ޕާޓީތައް

ތުހުމަތުތަކާއެކު އީސީ ބައްދަލުވުން ގުޅިފައިވާ ޕާޓީތަކުން ބޮއިކޮޓްކޮށްފި

  • އީސީން އުޅެނީ ޕީޕީއެމަށް މައުލޫމާތު ހޯދައިދޭން: ޕާޓީތައް
  • ބޮއިކޮޓް ކުރިކަން ރަސްމީކޮށް ނާންގާ: އީސީ
ޙުސައިން ޙަސަން | hucenhassan

| 10 އޭޕުރިލް 2018 | އަންގާރަ 12:17 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  8. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި


އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން -- ފޮޓޯ : މުހައްމަދު ޝަރުހާން

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު، ވަކިވަކިން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުތައް ގުޅިފައިވާ ޕާޓީތަކުން ބޮއިކޮޓްކޮށްފިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭ މައުލުމާތުތަކެއް ޕާޓީތަކަށް ހިއްސާކުރުމަށް ކަމަށް ބުނެ، ވަކިވަކިން ޕާޓީތަކާއެކު ބައްދަލުވުންތައް ފަށާ ގޮތަށް އޮތީ މިއަދެވެ. އެ ބައްދަލުވުންތައް ގުޅިފައިވާ ޕާޓީތަކުން ބޮއިކޮޓްކޮށްފައިވާއިރު، އެކަން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަކަށް އަދި ނާންގައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން، ޖޭޕީގެ ސެކަރެޓަރީ ޖެނަރަލް އަހުމަދު ސަމީރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކާ ބައްދަލު ކުރަން އުޅެނީ ޕީޕީއެމަށް މައުލޫމާތުތަކެއް ހޯދައި ދިނުމަށް ކަމަށެވެ. އެގޮތުން ޕާޓީތަކުގެ ގޮފިތަކުގެ މައުލުމާތާއި ގޮފިތަކާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ މައުލުމާތު ހޯދުމަށް އިލެކްޝަސް ކޮމިޝަނުން ޕާޓީތަކަށް ސިޓީ ފޮނުވާފައިވާ ކަމަށާއި އެ ކޮމިޝަނުން އެ މައުލޫމާތު ހޯދަނީ ރިޔާސީ އިންތިހާބަށް ޕީޕީއެމަށް ބޭނުންވާ މައުލުމާތު އެއްކުރުމަށް ކަމަށް ސަމީރު ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީތަކުގެ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަންގައި

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އިލެކްޝަނަސް ކޮމިޝަންގައި ތިއްބެވީ ޕީޕީއެމަށް ވާގިވެރިވާ ބައެކެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުންނާއެކު އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުން އިންތިހާބަކަށް ދަނީ އިލެކްޝަންސް ކޮމިޝަން މިނިވަން ކުރުމަށްފަހުގައި ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ކުރެއްވި ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ބައްދަލު ނުކުރަން ނިންމިކަން ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. މިހާރު ވެސް ޝެޑިއުލްކޮށްފައިވާ ގޮތަށް ޕާޓީތަކާއެކު ބާއްވާ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް މައުލޫމާތުތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރާ ކަމަށް ސަމީރު ކުރެއްވި ތުހުމަތާ ގުޅިގެން، އަކްރަމް ވިދާޅުވީ ޕާޓީތަކުން މައުލޫމާތެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބޭނުންވަނީ ޕާޓީތަކަށް މައުލޫމާތު ދޭން ކަމަށާއި އެގޮތުން ޕާޓީތައް ރެގިއުލޭޓް ކުރުމާއި ރިޔާސީ އިންތިޚާބާ ގުޅޭ މައުލޫމާތު ޕާޓީތަކާ ހިއްސާ ކުރުމަށް ބޭނުންވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕާޓީތަކާ ބައްދަލު ކުރަން ކުރިން ނިންމާފައި އޮތީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެ ބައްދަލުވުން ކެންސަލް ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ނިންމީ، ވަކިވަކިން ޕާޓީތަކާ ބައްދަލު ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް