16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރާއްޖޭގެ މަސްވެރިކަން

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

 • ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އުކާލި
 • ކަނޑައަށް އަޅާނީ ބޮޑެތި ގޮދާ
 • ކަނޑަށް މަސް އެޅީ ލ. ގަމު ދޯންޏަކުން
ޙުސައިން ޙަސަން | hucenhassan

| 10 އޭޕުރިލް 2018 | އަންގާރަ 01:53 | |

މަގުބޫލް

 1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
 6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
 7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
 8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


މަސް ނުކިރުވިގެން ކަނޑަށް މަސް އުކާލަނީ -- ޓްވިޓަރ

ރާއްޖޭގެ ދެކުނުން މަސްވެރިކަން ކުރި ދޯންޏަކުން، މިފްކޯއަށް މަސް ނުކިރި ދިމާވި މައްސަލަތަކާ ގުޅިގެން، ބޭނި މަސްކޮޅު ކަނޑަށް އުކާލައިފިއެވެ.

ކަނޑަށް މަސް އުކާލީ ރާއްޖޭގެ ދެކުނުގައި ހޯމަ ދުވަހު މަސްވެރިކަން ކުރި ލ. ގަމު މަސް ދޯންޏަކުންނެވެ. އެ ދޯނިން ޓަނަކަށް ވުރެ ގިނަ މަސް ކަނޑަށް އުކާލާފައިވެއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެ ދޯނިން ވާހަކަ ދެއްކި މަސްވެރިޔަކު ރާއްޖެއެމްވީއަށް ބުނީ ކަނޑަށް މަސް އަޅަން މަޖުބޫރުވީ މިފްކޯއިން މަސްވެރިންނަށް ކުރިމަތިކޮށްފައިވާ ހަރުކަށި އުސޫލުތަކާ ގުޅިގެން ކަމަށެވެ. އެގޮތުން މަސް ކިރުމުގައްޔާއި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގައި މިފްކޯއިން ދަތިތަކެއް ކުރިމަތިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ގއ. ކުއްޑޫއަށް މަސް ކިރުމުން، ވަގުތުން ފައިސާ ނުލިބޭ ކަމަށެވެ. ފައިސާ ނުލިބުމުގެ ސަބަބުން އައިސް ގަތުމުގައި ދައްޗާ ކުރިމަތިވެ، ދުވަހުން ދުވަކަށް ކުރަންޖެހޭ ހަރަދުތައް ނުކުރެވި މަސްވެރިންނަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މިފްކޯއަށް މަސް ކިރުވުމަށް މަޖުބޫރު ކުރަމުންދާ ކަމަށާއި މަސް ކިރުވުމުން ނޫނީ އެ ކުންފުނިން އައިސް ދޫނުކުރާ ކަމަށް އޭނާ ބުންޏެވެ.

މިފްކޯއިން އައިސް ދޫކުރަނީ ހަމައެކަނި މަސް ކިރުވާ ދޯނިތަކަށް ކަމަށް އޭނާ ބުންޏެވެ.

މިފްކޯއަށް މަސް ނުކުރުވިގެން، ކަނޑަށް މަސް އުކާލި ވީޑިއޯ ވަނީ އާންމުވެފައެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ބޮޑެތި ގޮދާތަކެއް މަސްވެރިއަކު ކަނޑަށް އުކާލާ މަންޒަރުފެނެވެ. ގޮދާއަކީ ކަނޑު މަސްވެރިކަމުގައި އެންމެ އަގުހުރި މަހުގެ އެއް ބާވަތެވެ. މާލޭގެ ބާޒާރުގައި ގޮދައެއްގެ އަގު 300 ރުފިޔާއަށް އަރައެވެ.

މިފްކޯއަށް މަސް ނުކިރުވިގެން، މަސް އުކާލަން މަޖުބޫރުވެފައި ވަނީ މިފަހަރު އެފަދަ މައްސަލައެއް ކުރިމަތިނުވާނެ ގޮތަށް ކުންފުނީގެ މަސައްކަތް އިންތިޒާމުކޮށްފައިވާ ކަމަށް ބުނިތާ އެއް ދުވަސް ވެސް ނުވަނީސްއެވެ. 

މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކު ރާއްޖެއެމްވީއަށް ހޯމަ ދުވަހު ވިދާޅުވީ މަސް ނުކިރުވުގެން މިދިޔަ އަހަރު ކަނޑަށް މަސް އަޅަން ޖެހުނު ނަމަވެސް މިފަހަރު އެފަދަ މައްސަލައެއް ކުރިމަތިނުވާނެ ކަމަށެވެ. 

ރާއްޖޭގެ ދެކުނަށް ވަނީ މަސްވެރިކަން ރަނގަޅުވެ، ރެކޯޑު އަދަދަކަށް ދަނީ މަސް ބާނަމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ 700 ޓަނުގެ މަސް މިފްކޯއަށް ކިރުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޮލަމާފުށި ބޭބެ

7 މަސް ކުރިން

ދޮގު ހަދައިގެން ޚަބަރު ތިޖަހަނީ ކޮންކަމެއް ޙާސިލްކުރަން. ތިޔަ ދޯ ތިކުރާ ނޫސްވެރިކަމަކީ؟

0
0
ދާދު

7 މަސް ކުރިން

ﷲދެއްވާ ނިޢުމަތަށް ޝުކުރުނުރުމަކީ ޔަހޫދީންގެ ސިފައެކެވެ. މިކަންނުވެގެންއުޅޭމީހުންނަށް އެހީތެރިވުން އެއީ ގޯހެއް.

0
0
އައްބެ

7 މަސް ކުރިން

ކަނޑުގައި މަސްހުއްޓޭކިޔާފައި ނުކިރޭވަރަށް ނުވަތަ ނުކެއްކޭވަރަށް އެ ބާނާކަށް ނުޖެހޭ. އުކާލުމުގެ ބަދަލުގައި ރަށަށް ގެނެސް ބަހާލިނަމަ އެކައްކާނެ ދިވެހިންތިބޭނެ. މިފްކޯއެއް ނުގަތޭ ކިޔާފައި އުކާލުމަކީ އިސްރާފުކުރުން. ތިއީ ރޯދިބަރަކާތް ކެނޑިދާނެކަމެއް. ހއ،.ދިއްދޫމީހުން އަޮފީސްތެރެއަށް މަސްތައް . އުކާލުމުން އެރަށުގެ މަސްވެރިކަމަށް އަސަރުކުރިކަން ހަދާންކުރޭ

0
0
މީ ތަހުޒީބީ ކުދިން

7 މަސް ކުރިން

keehve ehen hedhy. eyah vureh maa rangalhuvaane rashakah bahailiyas. allah dhehvi niumatheh ebeynun hifaane gothakaamedhu imthihaanu kurevunu iru kaleymen thi v fail. أعوذ بالله أن أكون من الجاهلين

0
0
amir

7 މަސް ކުރިން

kandah elhibayaku thaubaave Allah ah biruvetivaasheve , thimas ukaanulaa jeheyne rahrasha bahasheve thiyakee masverkngen mudalehnooneve

0
0