24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

އޫބަރ

އޫބަރ މެދުވެރިކޮށް ބައިސްކަލު ވެސް ވަރަށް އަވަހަށް ކުއްޔަށް ނެގޭނެ

  • އޫބަރ އިން ވަނީ ބައިސްކަލު ކުއްޔަށް ދޫކުރާ ކުންފުނި ޖަމްޕް ގަނެފައި
މިއުވާން މުހައްމަދު | Miuvaan

| 9 އޭޕުރިލް 2018 | ހޯމަ 19:20 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ބައިސްކަލު ކުއްޔަށް ދޫކުރާ ޖަމްޕް ކުންފުނިން މިހާރު ވެސް 40 ސިޓީގައި ޚިދުމަތް ދޭ -- ބީބީސީ

މަޝްހޫރު ރައިޑް ޝެއަރިން އެޕް އޫބަރ މެދުވެރިކޮށް ވަރަށް އަވަހަށް ބައިސްކަލު ވެސް ކުއްޔަށް ނެގޭނެ ކަމަށް އޫބަރ އިން ބުނެފިއެވެ.

އޫބަރ އިން ބައިސްކަލު ކުއްޔަށް ދިނުމުގެ ޚިދުމަތް މިފަށަނީ ބައިސްކަލު ކުއްޔަށްދޭ ކުންފުންޏެއް ކަމަށްވާ ޖަމްޕް ގަތުމަށް ފަހުއެވެ. ނިއުޔޯކްގައި މައި އޮފީސް ޤާއިމްވެފައިވާ ޖަމްޕްއާ އެކު އެމެރިކާގެ ސެންފްރެންސިސްކޯގައި އޫބަރއިން މަސައްކަތްކުރާތާ ވަނީ ދުވަސްކޮޅެއް ވެފައެވެ. އޫބަރއިން ބުނީ ބައިސްކަލު ކުއްޔަށް ދިނުމުގެ ޚިދުމަތް މުޅި ދުނިޔެއަށް ފުޅާކުރުމަށް އެކުންފުނިން މަސައްކަތް ފަށާނެ ކަމަށެވެ. 

އެކުންފުނީގެ ވެރިޔާ ޑާރާ ޚުސްރޫޝާހީ ވިދާޅުވީ ދަތުރުފަތުރުގެ އެކި ނިޒާމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަކީ އެކުންފުނީގެ އަމާޒު ކަމަށެވެ. 

ބައިސްކަލު ކުއްޔަށް ދިނުމުގެ ވިޔަފާރި އަހަރަކު 20 އިންސައްތަ ކުރިއަރަމުންދާއިރު، 2020 ވަނަ އަހާރާ ހަމަޔަށްދާއިރު މިވިޔަފާރީގެ ޖުމްލަ އަގު 3.6 ބިލިއަން ޔޫރޯއާއި 5.3 ބިލިއަން ޔޫރޯއާ ދެެމުދުގެ އަގަކަށް އަރާނެކަމަށް ލަފާކުރެވެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކުރިއަށް އޮތްތަނުގައި އޫބަރގެ މައި ވިޔަފާރިކަމަށްވާ ރައިޑް-ޝެއަރކުރުމުގެ ވިޔަފާރި ކުރިއަށް އޮތްތަނުގައި ދަށްވެދާނެ ކަމަށް ލަފާކުރެވޭތީ އެކުންފުނިން ދަނީ އެހެން ވިޔަފާރިތަކަށް ވެސް ލޯއަޅަމުންނެވެ. އަދި ޖަމްޕް ކުންފުނި ގަތުމަށް ނިންމި ނިންމުމަކީ އޭގެ ތެރެއިން ނިންމުމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

2008 ވަނަ އަހަރު އުފެދުނު ޖަމްޕް ކުންފުނިން ދުނިޔޭގެ 6 ޤައުމެއްގެ 40 ސިޓީއެއްގައި ބައިސްކަލު ކުއްޔަށް ދިނުމުގެ ޚިދުމަތްދެއެވެ. އެކުންފުނިން ބޭނުންކުރާ ބައިސްކަލުތަކަކީ އިލެކްޓްރިކް ބައިސްކަލުތަކެކެވެ. މި ބައިސްކަލުތައް ކުއްޔަށް ދެނީ ފުރަތަމަ ގަޑިއިރަށް 2 ޑޮލަރަށް އަދި އިތުރުވާ ކޮންމެ މިނެޓަކަށް 7 ސެންޓުގެ ރޭޓުންނެވެ. 

މި ބައިސްކަލުތައް ތަޅުލުން ފަދަ ކަންކަން ސްމާރޓް ފޯން މެދުވެރިކޮށް ކުރެވޭނެއެވެ. 

އޫބަރއިން ޖަމްޕް ގަނެފައި މިވަނީ ވާދަވެރި އެހެން ކުންފުނިތަކުގެ ސަބަބުން އެކުންފުނީގެ ވިޔަފާރިއަށް އަސަރުކޮށްފާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ. އޫބަރއިން ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި އެކުންފުނީގެ ދެކުނު އިރުމަތީ އޭޝިއާގެ އޮޕަރޭޝަންތައް ސިންގަޕޫރުގެ ގްރެބް ކުންފުންޏަށް ވިއްކާލާފައެވެ. ގްރެބްގެ 27.5 އިންސައްތަ ހިއްސާ ކޮންޓްރޯލްކުރަނީ މިހާރު އޫބަރ އިންނެވެ. 

އަނެއްކޮޅުން ޗައިނާގެ ޑީޑީ ކުންފުނިން ވަނީ މެކްސިކޯގައި އެކުންފުނީގެ ރައިޑް-ޝެއަރިންގ ޚިދުމަތް ފަށާނެކަން މިދިޔަ ހުކުރު ދުވަހު އިއުލާންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް