18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ބައި އިލެކްޝަން

އިއުލާނު ކުރި ބައި އިލެކްޝަންތައް ކޮބާ؟

  • އިލެކްޝަންސް ކޮމިޝަނުން ވަނީ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަން އިއުލާނުކޮށްފައި
  • ފައިސާ ނެތުމުން އޮކްޓޫބަރު މަހު 26 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރި
  • ގޮނޑިތައް ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ހުކުމެއް ނުކުރޭ
އަލީ ޔޫސުފް | AliYooosuf

| 9 އޭޕުރިލް 2018 | ހޯމަ 17:50 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މީޑިއާ އަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން

ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ވަނީ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންތައް އިއުލާނުކޮށްފައެވެ. އެކަމަށްޓަކައި ބަޖެޓުގައި ފައިސާ ނެތުމުން ސަޕްލިމެންޓަރީ ބަޖެޓެއްގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި 26 މިލިއަން ރުފިޔާ މަޖިލީހުން ފާސްކޮށްދީފައި ވެއެވެ. ބައި އިލެކްޝަން ބާއްވާނެކަން އިއުލާނުކުރިތާ އަދި ބަޖެޓް ފާސްކުރިތާ ވެސް ހައެއްކަ މަސް ފާއިތުވި އިރު އެ އިންތިޚާބުތަށް ކޮބައި ހެއްޔެވެ؟

މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ އެކު އެ މެންބަރުންނަށް މަޖިލީހުގައި އެ ދާއިރާތަކުގެ ރައްޔިތުންގެ އަޑު އުފުލުމަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. މަޖިލީހުގެ މެންބަރުންގެ އަދަދުން ބަލާ ނަމަ 14.1 ޕަސެންޓް މެންބަރުންގެ އަޑު، މަޖިލީހުގައި އިއްވުން އިލެކްޝަންސް ކޮމިޝަނުން މި ވަނީ ހުއްޓުވާފައެވެ. އެއީ ގާތްގަނޑަކަށް 60،000 އަށް ވުރެ ގިނަ ރައްޔިތުން ތަމްސީލްކުރާ މެންބަރުންނެވެ. ފާއިތުވި ހައެއްކަ މަސް ފާއިތުވެގެން ދިޔައީ އެއިން ރައްޔިތެއްގެ އެއްވެސް މުހުތާދެއް ރައްޔިތުންގެ މަޖިލީހާ ހަމައަށް ނުފޯރައެވެ. އެ ރައްޔިތުންގެ މަސްލަހަތު އޮތް ކަންކަން ނިންމުމުގައި އެ ރައްޔިތުން ތަމްސީލްކުރާ މެންބަރުންގެ ބައިވެރިވުމެއް ނެތެވެ. މިއީ ގާނޫނީ ހަމަތަކުން ބޭރުން ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.

ގާނޫނުތަކުގައި ހުރި މުއްދަތުތަކުގެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ބައި އިލެކްޝަނެއް ބާއްވަން އޮތް މުއްދަތުތައް ފަހަނަ އަޅައި ދިޔަތާ ވެސް އެތައް ދުވަހެކެވެ. އެ މެންބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނޭޅުމަކީ އެ 60،000 ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނަންޖެހޭ ސަބަބެއް ނޫނެވެ. އާބާދީގެ ގާތްގަނޑަކަށް ވިއްސަކަށް ޕަސެންޓް ރައްޔިތުންގެ އަޑު އެއްގޮތަކަށް ވެސް މަޖިލީހުގައި ނީވެ ހައެއްކަ މަސް ވޭތުވެގެން ދިޔުމުގެ ޒިންމާ ކޮންމެ ވެސް ބަޔަކު އެބަ ނަގަންޖެހެއެވެ. ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ފަހުގެ ނިންމުމެއް ނިންމުމަކީ އަދި އެ ރައްޔިތުންގެ ހައްގުތައް ގެއްލެންޖެހޭ ސަބަބެއް ނޫނެވެ. އެކަން ނުވެ ދިގުލައި ދާ ނަމަ އެކަން އަވަސްކުރުމަށް މަސައްކަތްކުރުމަކީ ވެސް ދައުލަތުގެ މައްޗަށް، ސަރުކާރުގެ މައްޗަށް ލާޒިމް ކަމެކެވެ.

އެއަށް ވުރެ ހެއްވާ އެހެން ކަމެއް އެބަ އޮތެވެ. އިއުލާންކުރި ބައި އިލެކްޝަންތައް މަތިން އިލެކްޝަންސް ކޮމިޝަން ހަނދާން ނެތުމެވެ. އަދި އެހެން އިންތިޚާބަކަށް ތައްޔާރުވެ، އެ ވާހަކަ މާ ގިނައިން ދެއްކުމަކީ ޖޯކެކެވެ. ބައި އިލެކްޝަންތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން މިހާރު ދައްކަނީ މި އަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބުގެ ވާހަކައެވެ. އެ އިންތިޚާބުގެ ތައްޔާރީތައް ވަނީ މެކުހަށް ޖަހާފައެވެ. ވޯޓާސް ލިސްޓް ކުރިއަށް އޮތް މޭ މަހު އާންމުކޮށް ޖޫން މަހު ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާނެއެވެ. އަދި ޖެހިގެން އަންނަ މަހު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޕާޓީތަކަށް މައުލޫމާތު ދިނުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭގެ ކުރިން ދައްކަންޖެހޭ އެހެން ވާހަކައެއް އެބަ އޮތެވެ. އެއީ ބައި އިލެކްޝަންތަކުގެ ވާހަކައެކެވެ.

އެ ވާހަކަ ނުދައްކައި ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކުމަކީ ޖޯކެކެވެ. ގޮނޑިތަކެއް ގެއްލިފައިވާ ކަމާއި ބައި އިލެކްޝަނެއް ބާއްވާނެ ކަމަށް ބުނެ އިއުލާނެއް ނެރުމަކުން ނުފުދެއެވެ. އެތައް ހާސް ރައްޔިތުން ތަމްސީލްކުރާ މެންބަރުންތަކަކަށް މަޖިލީހުގެ ތަޅުމަށް ވަނުމަށް އޮތް ހުރަސްތައް ނައްތާލައިގެން ނޫނީ އެހެން އިތުރު އެއްވެސް ކަމެއް ކުރުމަކީ އެ ރައްޔިތުންނަށް ދެވޭ އަނިޔާއެކެވެ. ގާނޫނުއަސާސީ އަށް ކުރެވޭ މަލާމާތެކެވެ. ރިޔާސީ އިންތިޚާބުގެ ކުރިން މަޖިލީހުގައި 12 ދާއިރާއެއް ތަމްސީލްކުރެވޭނެ ގޮތެއް ހޯދުމަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ޒިންމާއެކެވެ. އެއީ ބައި އިލެކްޝަންތަކެއް ބާއްވައިގެން އާ މެންބަރުންތަކެއް އިންތިޚާބު ކޮށްގެން ވިޔަސްމެއެވެ. އެކަން ކުރެވެން އޮތީ ސުޕްރީމް ކޯޓުން ހުކުމެއް ނެރެގެން ކަމަށްވާ ނަމަ އެކަން ކޮށްގެން ވިޔަސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދޯލިބު

7 މަސް ކުރިން

މުއައްސަސާތައް މިހިން ގަނީ "ކޯރޓާބެ" ބުނާ ގޮތަކައް. ތަންތަންއް ލާފަ މިތިބެނީ މުސާރަ ކައިގެން ތިބި ގޮޑިކޮއްކޮއިންތަކެއް މިހެން ހަމަ ގޭންގްވެސް ހިންގޭނީ. .

0
0