17 އޯގަސްޓު 2018 | ހުކުރު | 08 މާ
06 ޛުލްޙިއްޖާ 1439
އިޝާ 19:33
މަޣްރިބް 18:19
އަސްރު 15:28
މެންދުރު 12:14
އިރުއަރާ 06:01
ފަތިސް 04:48

ރާއްޖޭގެ މަސްވެރިކަން

މަސް ނުކިރުވި 11 ގަޑިއިރު، ކަންބޮޑުވުން އިންތިހާއަށް

 • ކިއުގައި ތިބި މަސްވެރިންނަށް އައިސްފޯރުކޮށް ދެނީ
 • އައިސް ދިނުމާއި، ކިރުމުގައި ތަފާތު ކުރޭ: މަސްވެރިން
 • ކުނިވެގެން މިފަހަރު މަސް އުކާލާކަށް ނުޖެހޭނެ: މިފްކޯ
ޙުސައިން ޙަސަން | hucenhassan

| 9 އޭޕުރިލް 2018 | ހޯމަ 12:51 | |

މަގުބޫލް

 1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
 2. ވިލުފުށީގައި އިތުރުފުޅު ހައްދަވާފައިވާތީ ރިޔާޒް ރަޝީދު ސިޔާސީ ދާއިރާއިން އެއްފަރާތްވެ، މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
 3. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
 4. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
 5. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
 6. މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ
 7. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
 8. ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި


ތައްޓުމަތީގައި އަތުރާފައިވާ މަސްތަކާއެކު، މަސްވެރިންތަކެއް ފޮޓޯއަކަށް ހުއްޓިގެން- -- ފޭސްބުކް

ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ބާނައިގެން މަސް ކިރަން ދިޔަ ދޯނިތައް މިފްކޯގެ މަސް ކާރުހާނާ، ކޫއްޑޫއަށް މަސް ނުކިރިގެން ބައެއް ދޯނިތައް 11 ގަޑިއިރު ކިއުގައި މަޑުކުރަން ޖެހިއްޖެ އެވެ.

ކޫއްޑޫއަށް މަސް ކިރަން ދިޔަ ދޯނިތަކުގެ މަސްވެރިންތަކެއް "ރާއްޖެއެމްވީ" އަށް ކިޔައިދިން ގޮތުގައި އާދީއްތަ ދުވަހު މަސް ކިރަން ދިޔަ ދޯނިތައް ހޯމަ ދުވަހު އިރުއެރިއިރު ވެސް ތިބެން ޖެހުނީ ކިއުގަ އެވެ. މަސްވެރިން ބުނީ 11 ގަޑިއިރު ކިއުގައި ހޭދަކުރި ކަމަށާއި އާދީއްތަ ދުވަހު މަސް ބާނައިގެން ކޫއްޑޫ އަށް ދިޔަ ދޯނިތަކުގެ ތެރެއިން 10 ދޯންޏެއް ހޯމަ ދުވަހު ހެނދުނު ވެސް ކިއުގައި ތިބި ކަމަށެވެ.

ގއ. ކޮލަމާފުށީ ގުރުވަ ދޯނީގެ ކެޔޮޅު އިސްމާއިލް ޝަރީފު "ރާއްޖެއެމްވީ"އަށް ބުނީ މަސް ކިރުވުމުގައި ކޫއްޑޫއިން ތަފާތުކުރުން ގެންގުޅޭ ކަމަށާއި ދޯނިތަކަށް އައިސް ފޯރުކޮށްދިނުމުގައި ސިޔާސީ ގޮތުން ވެސް ތަފާތުކުރުން ގެންގުޅޭ ކަމަށެވެ.

އޭނާ ބުނީ ފިނިކުރި މަހަށް ލިބެންޖެހޭ ފައިސާ ދިނުމުގެ ބަދަލުގައި ފިނި ނުކުރާ މަހުގެ ގޮތުގައި ވެސް ކޫއްޑުއަށް މަސް ކިރުވަމުން ގެންދާ ކަމަށެވެ. ފިނިކުރި ކުރި ކަނޑު މަސް މިފްކޯއިން ގަންނަނީ ކިލޯއެއް 20 ރުފިޔާއަށެވެ. ފިނި ނުކުރާ މަސް މިފްކޯއިން ގަންނަނީ 18 ރުފިޔާއަށެވެ.

"އާންމުކޮށް ކޮންމެ ދޯންޏަކަށް މި ދެނީ ދެ ޓަނު އައިސް. އެކަމަކު ބައެއް ދޯނިފަހަރަށް ހަތަރު ޓަނު، އަދި ހަ ޓަނު އައިސް ވެސް އެބަ ފޯރުކޮށްދޭ. އެކަން ކުރަނީ ސިޔާސީ ގޮތުން ބެލުމަށްފަހު،" އިސްމާއިލް ރަޝީދު ބުންޏެވެ.

މަސްވެރިން ބުނީ ކޫއްޑޫއަށް މަސް ނުކިރި ކިއުގައި ތިބި ދޯނިތަކުގެ މަސްވެރިން ނުނިދާ ހޭލާ ތިބެން ޖެހިފައިވާ ކަމަށާއި މަސްތައް ކުނިވެދާނެތީ މަސްތައް ފިނިކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަވަދިނެތި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މަސްތައް ކުނިނުވާނެ ގޮތް ހެދުމަށް ކިއުގައި ތިބި ދޯނިތަކަށް މިފްކޯއިން އައިސް ފޯރުކޮށްދީފައިވާ ކަމަށް މަސްވެރިން ބުންޏެވެ.

މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކުރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މަސް ނުކިރިގެން މަސް އުކާލަން ޖެހުނު ހާދިސާއެއް މިދިޔަ އަހަރު ހިނގި ކަމަށާއި ނަމަވެސް މިފަހަރު މަސް އުކާލަން ޖެހޭ ހާލަތަކަށް ނުދާނެ ކަމަށެވެ. މަސް ކިރުމަށް އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ އައިސް ލިބޭނީ މަސް ބާނައިގެން އަންނަ ދޯނިތަކަށް ކަމަށާއި އޭގެ ބޭނުމަކީ މަސްތައް ތާޒާކަމުގައި ބެހެއްޓުމަށް އިސްކަން ދިނުން ކަމަށް ރަމްޒީ ވިދާޅުވިއެވެ.

މަސްވެރިންނަށް އައިސް ލިބުނުމުގައި ދައްތިތަކާ ކުރިމަތިވަމުންދާތީ، ރަމްޒީ ވިދާޅުވީ އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވުމުން ކޮންމެ ބަޔަކު ވެސް، ގިނަ އަދަދަކަށް އައިސް ބޭނުންވާ ކަމަށެވެ. ނަމަވެސް އައިސް ލިބޭނީ ކިއުގައި މަޑުކޮށްގެން ކަމަށާއި މަސް ބާނައިގެން އަންނަ ދޯނިތަކަށް އިސްކަން ދީގެން އައިސް ފޯރުކޮށްދޭތީ، ކޮންމެ ވެސް ވަރެއްގެ ކަންބޮޑުވުންތަކެއް މަސްވެރިން ހުރި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި އަށް އައިސް ޕްލާން ހުންނާނެ ކަމަށާއި ދުވާލެއްގެ މައްޗަށް 200 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ހަތް އައިސް ޕްލާންޓަކުން 24 ގަޑިއިރު ހިދުމަތް ދެމުންދާ ކަމަށް ވެސް ރަމްޒީ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ވަނީ އަދާޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެފައެވެ. ގޮދާ ބޭނުން އިތުރުވެ، ރެކޯޑު މިންވަރަކަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ރާއްޖޭގެ ދެކުނަށް މަސް ބާނާފައެވެ. އެގޮތުން ހޮނިހިރު ދުވަހު އެކަނިވެސް ރާއްޖޭގެ ދެކުނުން 700 ޓަނުގެ މަސް، މިފްކޯއަށް ވަނީ ކިރުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޕްރައިވެޓް ކުންފުނިތައް

4 މަސް ކުރިން

މަސްކިރާ އެހެން ޕްރައިވެޓް ކުންފުނިތައް ވަރަށް މުހިންމު

1
0