25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

މައުމޫން

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

މުހަންމަދު ވިސާމް | sampathmasiw

| 7 ޖެނުއަރީ 2017 | ހޮނިހިރު 02:46 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  3. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  6. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  7. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


އެމްޑީޕީން ދަރަވަންދޫއަށް ކުރި ދަތުރުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެ ރޭ ބ. އަތޮޅު ދަރަވަންދޫގައި ބޭއްވުމަށް ނިންމާފިއެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތު ދެމުން އެމްޑީޕީގެ ޗެއާޕާޝަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޯޓު މެދުވެރިކޮށް ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައި ވާތީ އިންތިހާބުގެ ތާރީހް ހޯދުމަށް އިދިކޮޅު އިއްތިހާދުން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބ. އަތޮޅަށް ހާއްސަ ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުގައި މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ބ. އަތޮޅުގެ ރައްޔިތުންނަން ހާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

 

ނިޔާޒު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 9:00 ބ. އަތޮޅު ދަރަވަންދޫގައި ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމާއި ދެކޮޅަށް މިނިވަން އިންސާފްވެރި އިންތިހާބަކަށް ގޮވާލުން މި ޖަލްސާގައި އޮންނާނެ ކަމަށާއި މި ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިންނާއި އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.  އަދި ހުކުރު ދުވަހު ހަވީރު ބ. އަތޮޅުގެ ރައްޔިތުންގެ ބައިވެރިވުމާއި އެކު މިނިވަން މުވައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ދަރަވަންދޫގެ މަގުތަކުގައި އިޙްތިޖާޖް ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

 

އެހެންކަމުން  ދަރަވަންދޫގައި ބާއްވާ ޖަލްސާ އާއި އިޙްތިޖާޖުގައި އިސްލާހަށް މަސައްކަތްކުރާ ވީހާ ވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް އިދިކޮޅު އިއްތިހާދުން ވަނީ ގޮވާލާފައެވެ.

 

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބ. އަތޮޅުގެ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރާ ފަރާތަކަށް ހާއްސަކޮށް ހޮނިހިރު ދުވަހު ހާއްސަ ވޯކްޝަޕެއް ބޭއްވުމަށް ވަނި ނިންމާފައެވެ. މި ވޯކްޝަޕްގައި ބ. އަތޮޅުގައި ތިއްބެވި އިއްތިހާދަށް ތާއިދުކުރައްވާ ރައްޔިތުން ބައިވެރިވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

 

ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުނުވޭ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށައެޅި މައްސަލައާ ގުޅިގެން އިންތިޚާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. މިކަމާ ގުޅިގެން އިންތިޚާބުގެ ތާރީހް ހޯދުމަށް އިދކޮޅު އިއްތިހާދުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހަރަކާތްތައް ބާއްވަމުނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް