22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ފޭސްބުކް

ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކެނެޑާގެ ކުންފުންޏެއް ފޭސްބުކްއިން ސަސްޕެންޑްކޮށްފި

  • ފޭސްބުކްގެ ތުހުމަތުތައް އެގްރިގޭޓް އައިކިއު އިން ދޮގުކުރޭ
މިއުވާން މުހައްމަދު | Miuvaan

| 8 އޭޕުރިލް 2018 | އާދީއްތަ 18:51 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އެގްރިގޭޓް އައިކިއު އާއި ކެމްބްރިޖް އެނަލިޓިކާ ކުންފުންޏާއި ގުޅުން އެބައޮތް ކަމަށް ފޭސްބުކްއިން ތުހުމަތުކުރޭ -- ބީބީސީ

ފޭސްބުކް ބޭނުން ކުރާ ބައެއް ފަރާތްތަކުގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ކެނެޑާގެ ޑޭޓާ ކުންފުންޏެއް ފޭސްބުކް ޕްލެޓްފޯމުން ސަސްޕެންޑް ކޮށްފިއެވެ.

ސަސްޕެންޑް ކުރި ކުންފުންޏަކީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމަށް ނެގި ވޯޓުގައި، އީޔޫއިން ވަކިވުމަށް ކެމްޕޭން ކުރި ޓީމަށް މަސައްކަތް ކޮށްދިން ކެނެޑާގެ ޑޭޓާ އެނަލިޓިކްސް ކުންފުންޏެއް ކަމަށްވާ އެގްރިގޭޓް އައިކިއު ކިޔާ ކުންފުންޏެކެވެ. އެކުންފުންޏާއި ކޭމްބްރިޖް އެނަލިޓިކާ ކުންފުންޏާއި ގުޅުމެއް އޮތް ކަމަށް ފޭސްބުކްއިން ތުހުމަތުކުރެއެވެ.

ކޭމްބްރިޖް އެނަލިޓިކާ ކުންފުންޏަކީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރިކަން ދާދިފަހުން ފަޅާ އަރައި، ހޫނު ފެނަށް ވެއްޓިފައިވާ ކުންފުންޏެކެވެ. އެމައްސަލައިގައި ފޭސްބުކް ކުންފުނިން ދަނީ މިހާރު ވެސް އެމެރިކާގެ ކޮންގްރެސްއަށާއި އިނގިރޭސި ޕާލަމެންޓަށް ޖަވާބުދާރީވަމުންނެވެ.

އިނގިރޭސިވިވިލާތުގެ އިއްތިޙާދުން ވަކިވުމަށް ހިންގި ކެމްޕޭންގެ މައި ހަރަކާތް ކަމަށްވާ ވޯޓް ލީވް އިން އެގްރިގޭޓް އައިކިއު އަށް 3.8 މިލިއަން ޑޮލަރު ދިންކަމަށްވެއެވެ. އަދި އެހަރަކާތާއި ގުޅިފައިވާ އެހެން ބައެއް ފަރާތްތަކުން ވެސް އެތައް ލައްކަ ޑޮލަރެއް އެކުންފުންޏަށް ދިންކަން ވަނީ ހާމަވެފައެވެ. 

އެގްރިގޭޓް އައިކިއު އިން ކެމްބްރިޖް އެނަލިޓިކާ މެދުވެރިކޮށް އިނގިރޭސި ގިނަ ރައްޔިތުންތަކެއްގެ މައުލޫމާތު ނަހަގޮތުގައި ހޯދާފައިވާކަމަށް ފޭސްބުކް އިން ތުހުމަތުކުރިނަމަވެސް، އެގްރިގޭޓް އައިކިއު އިން އެކަން ދޮގުކުރެެއެވެ. އަދި އެކުންފުންޏަކީ 100 އިންސައްތަ ކެނެޑާ ކުންފުންޏެއް ކަމަށާއި، އެކުންފުނި އޮޕަރޭޓް ކުރަނީ ކެނެޑާގައި ކަމަށް އެގްރިގޭޓް އައިކިއުއިން ބުންޏެވެ. ފޭސްބުކްއިން ބުނީ އެކުންފުނީގެ އެތެރޭގައި އެމައްސަލަ އަދިވެސް ބަލަމުންދާ ކަމަށާއި، މައްސަލައިގައި ކަމާއި ގުޅުން ހުރި އިދާރާތަކުން ބޭނުންވާ އެއްބާރުލުން އެކުންފުނިން ދޭނެ ކަމަށެވެ. 

ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލައިގައި އެކުންފުނީގެ ހިއްސާގެ އަގުތައްވެސް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ބިތުފަންގި ނެގެނީ

1 އަހަރު ކުރި

ބިތުފަންގި ނެގެނީ

0
0