22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ކިޑްނީ ހަދިޔާ ކުރުން

ދެ ކިޑްނީ ފެއިލްވި މަންމައަކަށް އެހީވާން ދޮރުން ދޮރަށް!

  • މިހާތަނަށް 90 ހާހަށް ވުރެ ގިނަ ރުފިޔާ ވަނީ އެއްކޮށްފަ
  • ފަންޑް ރައިސިން އިވެންޓް ކުރިއަށް ގެންދިޔައީ "ދޮރުން ދޮރަށް"
  • ބަރިއްޔާ މަސައްކަތް ކުރަނީ ޓްރާންސްޕްލާންޓް ޓެސްޓު ހަދާނެ ފައިސާ ހޯދުމަށާއި ޑޯނަރެއް ލިބޭތޯ
މުހަންމަދު ވިސާމް | sampathmasiw

| 8 އޭޕުރިލް 2018 | އާދީއްތަ 14:47 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޒުވާންނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ -- ފޭސްބުކް

އޭނާގެ ދެ ކިޑްނީ ފެއިލްވެ، ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާތާ ތިން މަސްވެއްޖެއެވެ. ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ މިދިޔަ ޖެނުއަރީ މަހުއެވެ. އެއީ ތުއްތު ދެ ދަރިންގެ މަންމަ އެވެ. ކިޑްނީއަކަށް އެދި ތަހަންމަލް ދިރިއުޅުމެއް ބަރުދާސްކުރަމުން އެ ދަނީ އުމުރުން 31 އަހަރުގެ ލ. ގަން، ފާތުމަތު ބަރިއްޔާއެވެ. ބަރިއްޔާ އާއި އޭނާގެ ފިރިމީހާ މަސައްކަތް ކުރަނީ ޓްރާންސްޕްލާންޓް ޓެސްޓު ހަދާނެ ފައިސާ ހޯދުމަށާއި ޑޯނަރެއް ލިބޭތޯ އެވެ. ކިޑްނީ އޮޕަރޭޝަން އާސަންދައިން ކުރި ނަމަވެސް، ހަދިޔާ ކުރާ ކިޑްނީއަކީ ބަރިއްޔާއާ ގުޅޭތޯ ޓެސްޓު ކުރުމަށް އެހާމެ ގިނަ ފައިސާ ހަރަދުވާނެއެވެ. ހާއްސަކޮށް އޮޕަރޭޝަން ކުރުމަށް މަދުވެގެން ހަ މަސް ދުވަހު ރާއްޖެއިން ބޭރުގައި ހުންނަން ޖެހޭނެއެވެ. ކެއުމާއި ހުރުން ފަދަ ހުރިހާ ހަރަދެއް ކުރަން ޖެހެނީ އަމިއްލަ ޖީބުންނެވެ. ބަރިއްޔާއަށް އެހީތެރިވުމަށް ބަރިއްޔާގެ އުފަން ރަށްކަމަށް ލ. ގަމުގެ ޒުވާނުން ވަނީ ނަމޫނާ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ބަރިއްޔާގެ ފަރުވާއަށް ފައިސާ އެއްކުރުމަށް ހިންގި ހަރަކާތުން މިހާތަނަށް 90 ހާހަށް ވުރެ ގިނަ ރުފިޔާ ވަނީ އެއްކޮށްފައެވެ.

އެ ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަފްސަލް ޖައުފަރު "ރާއްޖެއެމްވީ"އަށް ބުނީ ބަރިއްޔާގެ ކިޑްނީ ފެއިލްވެ، ފުރާނައަށް ނުރައްކާވެފައިވުމުން،  މަތިމަރަދޫގެ ޒުވާނުންގެ މެދުގައި އޭނާއަށް އެހީތެރިވުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން މަޝްވަރާ ކުރުމަށް ފަހު މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހަރަކާތަށް އިތުރު ހިތްވަރަކަށްވީ ތުނޑީ އަވަށު ޒުވާން އަންހެނުންގެ ފަރާތުން ލިބުނު އެއްބާރުލުން ކަމަށާއި، އެ ހިތްވަރާ އެކު ގަން ފޮނަދޫގައި ހަރަކާތް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

 

ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ހެލްޕް ބަރިއްޔާ" ފަންޑް ރައިސިން އިވެންޓް

" ހަރަކާތް ކުރިއަށް ގެންދިޔައީ ދެ ދުވަހަށް، ހަފްތާއެއް ކުރިން ހުކުރު އަދި ހޮނިހިރު ދުވަހުގައި އިވެންޓް ކުރިއަށް ގެންދަން ވަނީ ނިންމާފަ، ގިނަ ޒުވާނުންގެ ފަރާތުން އަމަލީ ގޮތުން އެއްބާރުލުން ލިބުނު، އިވެންޓް ކާމިޔާބް ކަމާއެކު ކުރިއަށް ގޮންގޮސް، ދިވެހި ރުފިޔާ 96103 ރުފިޔާ އާއި، 117 ޔޫއެސް ޑޮލަރު ވަނީ ލިބިފައި. މިހާރު މި ފައިސާ ވަނީ ބަރިއްޔާއަށް ހަވާލުކޮށްފައި،" ހަރާކާތް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި އަފްސަލް ބުންޏެއެވެ.

ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ހެލްޕް ބަރިއްޔާ" ފަންޑް ރައިސިން އިވެންޓް

ޒުވާންނުން އިސްނަގައިގެން "ހެލްޕް ބަރިއްޔާ" ނަމުގައި ފަންޑް ރައިސިން އިވެންޓް ކުރިއަށް ގެންދިޔައީ "ދޮރުން ދޮރަށް" ގޮހެވެ. ފަންޑް ފޮއްޓާ އެކު އެ ޒުވާނުން ގަން ފޮނަދޫގެ ހުރިހާ ގެއަކަށް ކަހަލަ ގޮތަކަށް ދިޔައެވެ. ބަރިއްޔާގެ ބަލީގެ ހާލަތާ ގުޅޭ ގޮތުން ޑޮކްޓަރު ދީފައިވާ ލިޔެކިޔުންތަކާ އެކުގައެވެ. އެކަމާ ގުޅޭގޮތުން މީހަކު ސުވާލެއް ކޮށްފިނަމަ އެޒުވާނުން ދިޔައީ ބަލީގެ ހާލަތު ޑޮކްޓަރުންގެ ލިޔެކިޔުންތަކުން ދެއްކުމަށް ފަހު ބަރިއްޔާގެ ހާލަތު ކިޔާދެމުންނެވެ. މީއީ ހަގީގަތުގައި ވެސް އަގު ނުކުރެވޭނެ ބުރަ މަސައްކަތެކެވެ.

 

" މި ހަރަކާރުގައި ގާތްގަޑަކަށް 40 އަކަށް ޒުވާނުން ބައިވެރިވި، ގަމު ތުނޑީ ބައެއް ޒުވާނުން ވެސް ބައިވެރި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހަރަކާތް ކުރިއަށް ގެންދަން މި ދަނީ ރާވަމުން، " އަފްސަލް ބުންޏެވެ.

ފައިސާ ހަވާލުކުރުމަށް ފަހު، ބަރިއްޔާއާއި އެކު ބައެއް ޒުވާނުން

އެޒުވާނުން އެދެނީ ދެ ކުދިންގެ މި މަންމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ލޯބި ލޯބި ދެ ކުދިންގެ ޙައްގުގައެވެ. އޭބީ ޕޮޒިޓިވް ލޭ ހުންނަ ބަރިއްޔާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 7605545 ގުޅުމަށް އާއިލާއިން ވެސް އެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް