22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

މައުމޫން

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

މުހަންމަދު ވިސާމް | sampathmasiw

| 7 ޖެނުއަރީ 2017 | ހޮނިހިރު 02:17 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  7. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


އެމްޑީޕީން ބ.އަތޮޅު ތުޅާދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ނިމިގެންދިޔަ 2016 ވަނަ އަހަރު ގޮންޖެހުންތަކާ އެކު ލިބެންހުރި ވަސީލަތްތަށް ބޭނުންކޮށްގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ޒިންމާދާރު ކުރެވުނު ކަމަށް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.

 

ރާއްޖެޓީވީއަށް މައުލޫމާތު ދެމުން އެމްޑީޕީގެ ސެކްރެޓަރީ އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުމަށް ސިޔާސީ ޕާޓީއަކުން މަސައްކަތް ކުރެވޭނީ ދެ ގޮތަކަށް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަގުމަތިން ކަމަށެވެ.

 

ގޮންޖެހުންތަކާ އެކު އެމްޑީޕީގެ 22 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތް ކޮށްފައިވައިވާ ކަމަށާއި އެއާ އެކު ހިޔާލުފާޅު ކުރުމާއި އެއްވެއުޅުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން ގާނޫނު ފާސްކުރުމުން ލިބެން ހުރި ވަސީލަތްތަށް ބޭނުންކޮށްގެން މަގުމަތީ ހަރަކާތަށް ކުރިއަށް ގެންދެވުނު ކަމަށް ގަބޫލުކުރާ ކަމަށް އަނަސް ވިދާޅުވި އެވެ.

 

އަނަސް ވިދާޅުވީ އެއްވެއުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިފައިވާ މިނިވަންކަމަށް ވާއިރު 2016 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި "ހިޔާލުފާޅު ކުރުމާއި އަބުރު ރައްކާ ކުރުމުގެ ބިލް" ސަބަބުން އެމްޑީޕީން މަގުމަތީ ހަރަކާތް ކުރިއަށް ގެންދާން ބޭނުންވާ ގޮތަށް ނުގެންދެވުނު ކަމަށެވެ. ސަރުކާރުންގެ އަމާޒަކަށް މިއަދު ވެފައި ވަނީ ރައްޔިތުންގެ އަޑު އުފުލުމަށް ޙައްގުތަކަށް ކަށަވަރުކޮށްދިނުމަށް މަގުމައްޗަށް ނުކުތުމަކީ ކުށްވެރިވާ ކަމަކަށް ހެދުން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

 

ނިމިގެން ދިޔަ އަހަރު ގިނަ ސިޔާސީ ލީޑަރުންނަން ނުހައްގުން ދައުވާކޮށް ބޭއިންސާފް ހުކުމްކޮށް ސިޔާސީ ލީޑަރުންނަން އެކި ގޮތްގޮތުން ގޯނާ ކުރުން އިތުރުވުމުން ދޭހަ ވަނީ ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ނިޒާމް ފުނޑާލުމަށް މަސައްކަތް ކުރާ ކަމަށް އަނަސް ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުގެ ދިފާއުގައި ދައުލަތުގެ މިނިވަން މުވައްސަސާތަކުން ހާއްސަކޮށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރުމަށް ނުކުޅެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

 

އަނަސް ވިދާޅުވީ ޕާޓީ ހިންގުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުންމަކީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ އިލެކްޝަން ކޮމިޝަނުން ހިފެހެއްޓުން ކަމަށާއި ނިމިގެންދިޔަ އަހަރު އެ ޕާޓީގެ ހަރަކާތަތަށް ހިންގުމަށް ޙަރަދުކޮށްފައިވާނީ ޕާޓީއަށް ހެޔޮއެދޭ ފަރާތަކާއި އާންމު މެންބަރުން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އެމްޑީޕީ އުފެއްދުމަށްޓަކައި އަގުރުހި މަސައްކަތްތަކެއް ކުރެއްވި މެންބަރުންނާއި އެތަށް ހާއްސް މެބަރުންނެން ޕާޓީގެ ދަފްތަރުން އުނިކޮށްފައިވަތީ ކޮބޮޑުވާ ކަމަށް އަނަސް ވިދާޅުވި އެވެ.

 

އެހެންކަމުން 2017 ވަނަ އަހަރު ކާމިޔާބުލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވެފައި ވާއިރު އަންނަ ފެބްރުއަރީ މަހު އަންޔަން ކުރެވޭ އެޕާޓީގެ އާ ޗެއާޕާޝަނާ އެކު ސަރުކާރު ޒިންމާދާރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަގުމަތިން 2016 ވަނަ އަހަރު ކުރެވުނު މަސައްކަތަށް ބަލާ އިބްރަތް ހާސިލްކޮށް 2017 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އަނަސް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް