13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މައުމޫން

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 7 ޖެނުއަރީ 2017 | ހޮނިހިރު 01:44 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި އިބްރާހިމް އިސްމާއިލް ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ޤާނޫނު އަސާސީއެއް ނެތް ކަމަށާއި، ޤާނޫނު އަސާސީ އެކުލަވާލިއިރު ތަސައްވަރުކުރި އުފާވެރި ދިވެހިރާއްޖެއަށް ވާސިލްވުމަށް އޮތް ހުރިހާ މަގެއް ބަންދުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބުދަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން، ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރު، އިބްރާހިމް އިސްމާއީލް ވިދާޅުވީ ދިވެހިރާއްޖޭގައިވެސް ޤާނޫނު އަސާސީގެ ނަމުގައި ލިޔެފައިވާ ފޮތެއް އެބަ އޮތް ކަމަށާއި، ފޮތެއް އޮތް ނަމަވެސް ޤާނުނު އަސާސީއެއް އޮތްކަން އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި ޤާނޫނު އަސާސީ ނެތް ކަމަށް ވިދާޅުވަނީ، އެކިއެކި މާއްދާތައް ބޭނުންގޮތަކަށް މާނަކުރައްވައިގެން، އެއިރެއްގައި ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށް ދައުލަތުގެ އިދާރާތަކުން މަސައްކަތްކުރައްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އިބްރާހިމް އިސްމާއިލް ވިދާޅުވީ، ޤާނޫނު އަސާސީގެ އެންމެ ބޮޑު އަސާސަކަށްއޮތީ ރައްޔިތުންނަށް ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކޮށްދިނުން ކަމަށެވެ.

 

"ރައްޔިތުންގެ ހައްޤުތައް އޮތްތޯ، އެކަމާއި ގުޅޭގޮތުން އަޅުގަނޑު އެއްޗެކޭ ނުބުނާނަން. އަޅުގަނޑު ބުނަން އޮތް އެއްޗަކީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހައްޤަކީ އަޅުގަނޑުގެ އޮތް އެއްޗެއްކަންވެސް ނޭނގޭކަން. އަޅުގަނޑުގެ މުދާ ފޭރިއްޖެ. އަޅުގަނޑުގެ މަސައްކަތް ހުއްޓުވައިފި. އަޅުގަނޑަށް ބިރުދައްކައިފި. އިންސާފެއް ހޯދުމަށް އަޅުގަނަޑް ދެވޭނެ ތަނެއް ނެތް. މިއީ އަޅުގަނޑުގެ ހައްޤުތައް އޮތް މިންވަރަކީ" އިންސާނީ ހައްޤުތައް ކަށަވަރުވެފައިވާ މިންވަރު ސިފަކޮށްދެއްވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

 

އިބްރާހިމް އިސްމާއިލް ވިދާޅުވީ، އިންސާނީ ހައްޤުތަށް ކަށަވަރުކުރުމަށް މަސައްކަތްކުރަންޖެހޭ މުއައްސަސާއިން ހުރިހާ ކަމެއް ރަނގަޅު ކަމަށް ބުނާއިރު، ދެން އެ ހައްޤުތައް ހޯދުމަށް ދާނެ ތަނެއްވެސް މި ޤައުމުގައި ނެތް ކަމަށެވެ. ޤާނޫނު އަސާސީ އެކުލަވާލިއިރު ތަސައްވަރުކުރި އުފާވެރި ދިވެހިރާއްޖެއަށް ވާސިލްވުމަށް އޮތް ހުރިހާ މަގެއް ވަރަށް ބާރު ސްޕީޑުގައި ބަންދުކުރަމުންގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

"ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތީ ވަޅުލެވިފައި. އޭގައި އޮތް އެއްކަމެއްވެސް އެއްގޮތަކަށްވެސް މިތާނަކު ނުހިނގާ. ދެން އޭގެ ނަތީޖާއަކީ ކޮބައިކަން ދަންނަވާކަށް އަޅުގަނޑަކަށް ނޭނގޭ. ހަމައެކަނި ދަންނަވަން އެނގޭ އެއްޗަކީ އޭގެ ނަތީޖާ ރަނގަޅުނުވާނެކަން" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

 

ޤައުމުގެ ކަންކަން އިސްލާހުކުރުމުގެ ފުރުސަތު އޮތް ކަމަށް ދެކިވަޑައިގަންނަވަންތޯ ސުވާލުކުރުމުން އިބްރާހިމް އިސްމާއިލް ވިދާޅުވި ޤައުމުގެ ކަންކަން އިސްލާހުކުރުމަށް ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ފެނިގެންދަނީ ދިވެހިން ކޮންމެ ގޮތެއް ވަރިހަމަވެގެންތިބޭ މަންޒަރު ކަމަށެވެ. އެގޮތަށްވާނަމަ ކަންތައްތައް އިސްލާހުކުރުމަށް އޮތް ދޮރުތައް ބަންދުވެގެންދާނެ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް