12 ޑިސެންބަރު 2018 | ބުދަ | 04 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

މައުމޫން

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 7 ޖެނުއަރީ 2017 | ހޮނިހިރު 01:41 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  7. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ރައީސް އަބްދުﷲ ޔާމީން ޤައުމާއި މުހާތަބުކުރައްވާ ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ފާއިތުވި 2016 ވަނަ އަހަރަކީ ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރުން ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކުރުމާއި، ފަސާދަހިންގުމާއި އަދި އެޖަރީމާތައް ފޮރުވުމަށާއި އެޖަރީމާތައް އިތުރަށް ހިންގުމަށްޓަކައި މުޅި ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލުމުގެ ގިނަގުނަ ޢަމަލުތަކެއް ހިންގައި ދިވެހިރައްޔިތުންނަށާއި ދައުލަތަށް ބޮޑެތި ގެއްލުންތައް ދިން އަހަރެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީން ސިފަކޮށްފި އެވެ.

 

ނިމުނު 2016 ވަނަ އަހަރާއި ގުޅޭގޮތުން އެމްޑީޕީން އާންމުކުރި ބަޔާނެއްގައި އެ ޕާޓީން ބުނެފައިވަނީ، ދިވެހި ރައްޔިތުންނަށާއި މުޅި ދައުލަތަށް ދީފާއިވާ ބޮޑެތި ގެއްލުންތަކުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ރައީސް ޢަބްދުﷲ ޔާމިންކަމަށެވެ. އަދި މި ޖަރީމާތަކުގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ހިންގަވައިފި ނަމަ އެމަނިކުފާނަށް އެކަމުން ރެކިވަޑައިގަނެވޭނޭ ގޮތެއް ނޯންނާނޭކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

 

ނިމި ދިޔަ 2016 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ރަށްތަކާއި، ފަޅުތަކާއި، ފަރުތައް، އެއްވެސް ބިޑުކުރުމެއް ނެތި ސަރުކާރުން ބޭނުންވި ބަޔަކަށް ނުއަގުގައި ވިއްކައި، ރައްޔިތުންގެ ނުރުހުމުގައި، ޤައުމުގެ ހަރުމުދަލަށް އެތަކެއް ގެއްލުންތަކެއް ދިން އަހަރެއް ކަމަށް އެމްޑީޕީ ބުނެ އެވެ. އަދި ރައްޔިތުން ޒިންމާވާން ޖެހޭ ގޮތަށް އެއްވެސް ހަރުދަނާ އުސޫލެއް ނެތި، އެކިއެކި ތަންތަނުން ބޮޑެތި ޢަދަދުތަކުން ލޯނު ނެގުމާއި، ބޮންޑު ވިއްކުމާއި، އެކިއެކި ފަރާތްތަކަށް ސަވްރިން ގެރެންޓީ ދިނުންފަދަ ގެއްލުން ބޮޑެތި ކަންތައްތަކެއް ހިންގައި ރައްޔިތުން ދަރަނިވެރިކުރުވި އަހަރެކަމަށްވެސް އެ ޕާޓީން ބުނެ އެވެ. އެމްޑީޕީން ބުނީ، އިޤްތިޞާދީ ގޮތުން ޤައުމު ދަށަށްގޮސް އަދި އެކިއެކި ޓެކްސްތަކާއި، އެކިގޮތްގޮތުން ރައްޔިތުންގެ އަތުން ފައިސާ ނެގުން އިތުރުކޮށް، އެހެން ނަމަވެސް ރައްޔިތުންގެ އާންމުދަނީއާއި ދިރިއުޅުމުގެ ހާލަތަކު އެތަށް ތަނަކުން ދަށަށް ދިއަ އަހަރެއް ކަމަށެވެ. އަދި އިންފްލޭޝަން 2 އިންސައްތައަށް އުފުލުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ރައްޔިތުންނަށް އިންތިހާއަށް ކުރަމުންދިޔަކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ. އޭގެއިތުރުން އެ ޕާޓީން ބުނީ، 2016 ވަނަ އަހަރަކީ ކަރަންޓާއި، ފެނާއި، އެނޫން ވެސް ޚިދުމަތްތަކުން ރައްޔިތުންގެ އަތުން ނަގާ ފައިސާ އިތުރުކޮށް ރައްޔިތުން ހާލުގައި ޖެއްސި އަހަރެއް ކަމަށެވެ. އަދި ހަނޑޫ ހަކުރު ފުށުން 100 ޕަސެންޓު އަގުބޮޑުކޮށް ރައްޔިތުންގެ ގޮހޮރަށް ސަރުކާރުން އަތްބޭނި އަހަރެއްކަން ކަންބޮޑުވުމާއެކު އެމްޑިޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

 

ދުނިޔެ ޤަބޫލުކުރާ ހަމަތަކާއި، އިންސާފާއި، ޑިމޮކްރެސީއާއި، މިނިވަންކަމުގެ ގޮތުން ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ރާއްޖެ ފަހަތަށް ޖެއްސުމުގެ ސަބަބުން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކުރިމަތީގައި ރާއްޖޭގެ ޢިއްޒަތާއި ޝަރަފު 2016 ވަނަ އަހަރުގައިވަނީ ބޮޑުތަނުން ގެއްލުވާލާފައިކަމަށް އެމްޑީޕީން ބުނެ އެވެ. އަދި ނާތަހުޒީބު ސަރުކާރުތަކުން ޢަމަލުކުރާގޮތަށް ކޮމަންވެލްތުން ދިވެރާއްޖެވަކިވެ، ބަވަނަވަންތަ ދުނިޔެއެއްގައި އުޅުމުން ލިބޭނޭ އެހީތަކުން ދިވެހިންވަނީ 2016 ވަނަ އަހަރު އިތުރަށް މަހުރޫމް ކޮށްފައިކަންވެސް އެމްޑީޕީގެ ބަޔާނުގައި އެ ޕާޓިން ފާހަގަކޮށްފައިވެއެވެ.  

 

އެމްޑީޕީން ބުނީ، ރާއްޖޭގެ ޝަރުޢީ ނިޒާމާއި، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން 2016 ވަނަ އަހަރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައި ކަމަށާއި، ޝަރުޢީ ނިޒާމުގެ ތެރެއިން އިންސާފު ލިބެނީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަމަށް މިއަދު ދިވެހިން ގަބޫލުކުރެވޭ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ނަމުގައި އުފައްދާފައިވާ މުއައްސަސާތަކުން ވެސް ކަންކަން ކުރަނީ ސަރުކާރުން ބޭނުންވާތޮތަށް ކަމާމެދަކު ދިވެހިން ޝައެއްކެއް ނުކުރާކަމަށާއި، އިލެކްޝަން ކޮމިޝަން މަސައްކަތްކުރާ ގޮތަށް އެކަނި ބަލައިލިޔަސް މިކަން ސާފުވާނެކަމަށް އެމްޑީޕީން ބުނެ އެވެ. އަދި ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، މިނިވަން ނޫސްވެރިކަންކުރުމާއި، ސުލްޙަވެރި ސިޔާސީ ހަރަކާތްތައް ހިންގުން ފަދަ ޑިމޮކްރެސީގެ އަސާސްތައް ނެތިކޮށްލައި، 2016 ވަނަ އަހަރު ރާއްޖޭގެ ޑިމޮކްރެސީއަށް ބޮޑެތި ގެއްލުންތައް ސަރުކާރުން ދީފައިވާކަމަށް އެމްޑީޕީން ބުނެ އެވެ. 

 

އޭގެއިތުރުން އެމްޑީޕީން ބުނީ، ފާއިތުވެ ދިއަ އަހަރުގެ ތެރޭގައި ހައްދުފަހަނާޅައި ދިއުމާއި ޓެރަރިޒަމަށް ރެކުރޫޓުކުރާ ޤައުމެއްގެ ގޮތުގައި ބެލެވޭ ޢަމަލުތައް ރާއްޖޭގައި ހިންގަމުންދިއަ އިރު، ސަރުކާރުން އެކަމާ ފިޔަވަޅު އެޅުމެއް ނެތި، ޓެރަރިޒަމުގެ ޤާނޫނުގެ ނަހަމަ ބޭނުން ހިފައިގެން ސިޔާސީ އިދިކޮޅު ލީޑަރުންގެ މައްޗަށް ނުޙައްޤު ދަޢުވާތައްކޮށް ދިގުމުއްދަތަކަށް ޖަލަށްލުމުގެ ސަބަބުން މުޅިދުނިޔެ އެކަމާ ފާޑުކިޔަމުންދާކަމަށެވެ. އަދި ސިޔާސީ ފަރާތްތައް މިގޮތަށް ބަންދުކުރެވިފައިވުމާއި ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަން ބާރުގެ ބޭނުންކޮށްގެން ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުން ދިއުމުގެ ސަބަބުން 2016 ވަނަ އަހަރު ވެގެންގޮސްފައިވަނީ ދިވެހި ރާއްޖޭގެ ޑިމޮކްރެސީގެ ހުޅުކޮޅު ވަރަށް ބޮޑަށް ހަނިވި އަހަރެއްގެ ގޮތުގައިކަމަށް އެ ޕާޓީން ބުނެ އެވެ. އަދި 2016 ވަނަ އަހަރަކީ، ޑިމޮކްރެސީގެ އުންމީދުގައި ތިބި ދިވެހި ރައްޔިތުންނަށް ހިތްދަތިކަން ލިބުނު އަހަރެއްކަމަށްވެސް އެމްޑީޕީން ބުނެއެވެ.

 

2016 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން ދިވެހިރައްޔިތުންނަށާއި މުޅި ދައުލަތަށް ބޮޑެތި ގެއްލުންތަކެއްދީ، ނުތަނަވަސްކަމާއި ބިރުވެރިކަން އުފެއްދި އަހަރެއްގެ ގޮތުގައި އެމްޑީޕީ ވަނީ ސިފަކޮށްފަ އެވެ. އަދި ރާއްޖޭގެ ކުރިއެރުމާއި. ފާގަތިކަމާއި. ދުރުމުސްތަގުބަލުގެ ސަލާމަތަށް ނުރައްކާ ވާފަދަ އެތައް ޖަރީމާތަކެއް ސަރުކާރުން ހިންގި އަހަރެއްކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ. ބަޔާން ނިންމާލަމުން އެމްޑިޕީން ބުނެފައިވަނީ، އެ ޕާޓީން އުންމީދުކުރަނީ އިދިކޮޅު ހުރިހާ ފަރާތެއްގެ އެއްބާރުލުމާއި ހިތްވަރާއެކު 2017 ވަނަ އަހަރު ކުރެވޭ ޑިމޮކްރެޓިކް މަސައްކަތުން މިހާރު އޮތްގޮތް ބަދަލުކުރެވި ދިވެހިރާއްޖެ ނުރައްކަލުން ސަލާމަތް ކުރެވޭނެކަމަށް ކަމަށެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް